ދީނީ ޓީވީ ޗެނެލެއް ހެދުމަށް އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް އެއްބަސްވުމެއްގައި ސޮއިކޮށްފި.

އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމްގެ އިތުރު ދީނީ ޗެނެލްއެއް ހެދުމަށް އިސްލާމިކް މިނިސްޓްރީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޕީއެސްއެމްގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޚަލީލްއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރުއެވެ.

މިއީ އިސްލާމްދީނަކީ ޢިލްމުގެ ދީނަކަށްވުމުން އެ ދީނުގެމަޢުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދެއްވުމަށާއި، އަދި އިސްލާމްދީނަކީ އުނގަންނައި ދިނުމާއި އަންގައިދިނުމުގެ ދީނަކަށްވުމުން ދީނާ ގުޅޭ ގޮތުން އާންމުނަށް ނޭނގޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާ ޗެނެލެއްކަމަށް ޕީއެސްއެމްއިން ވަނީ ބުނެފައެވެ.

ދީނީ ޗެނަލްއެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވެރިކަމަށް ވަޑައިގަތީ ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް ކަމަށާއި އަދި ވަކިވަކި ދާއިރާތަކަށް ޚާއްޞަ މީހުންނާ މަސްއޫލިއްޔަތުތައް ޙަވާލުކުރައްވައި އެ ދާއިރާތައް ހިންގެވުން ޙަވާލުކުރެއްވި ކަމަށެވެ. އެގޮތުގެ މަތިން އިސްލާމިކް މިނިސްޓްރީއާ ގުޅޭ ދާއިރާތަކުގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޒިޔާދު ވިދާޅުވީ ދީނީ ޗެނަލްއެއް އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ އެ މަސައްކަތުގެ ތެރެއިންކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ ޕީއެސްއެމްގެ ޤާނޫނުން ކުންފުނީގެ މައްޗަށް މަތިކޮށްފައިވާ އެންމެ ބޮޑު އެއް ވާޖިބަކީ ދިވެހި ދައުލަތް ދެމެހެއްޓުން ކަމަށާއި އެ މަސައްކަތް ކުރުމުގައި ފަސްޖެހުމެއް ނެތި ދެމި ތިއްބަވާނެ ކަމަށެވެ. އަދި ޤާނޫނުގައި މާތްވެގެންވާ އިސްލާމްދީން ދެމެހެއްޓުމަށް ޕީއެސްއެމްގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމަށް އިކްރާމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޕީއެސްއެމްއާއި، އިސްލާމިކް މިނިސްޓްރީ ގުޅިގެން ދީނީ ޓީވީ ޗެނެލެއް އުފެއްދުމަށް ތައްޔާރުވަމުންދާއިރު އަމިއްލަ ބައެއް ފަރާތްތަކުން މިފަދަ ބައެއް ޗެނެލްތައް މިހާރުވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. ނަމަވެސް މި ޗެނެލް ތަކުގެ ޚިދުމަތް އަދި ލިބެމުންދަނީ މާލެއާއި، މާލެ ކައިރިހިސާބުތަކަށެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އިސްލާމީ ފަތުވާދޭ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އޮފީހެއް ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ އިސްލާމީ ފަތުވާދޭ މަޖިލީހުގެ ނަމުގައި ވަކި އޮފީހެއް …

ޚިޔާލެއްދެއްވާ

avatar