ދިވެހިރާއްޖެއާއި ‏ސަޢޫދީ ޢަރަބިއްޔާ‏އާ ދެޤައުމުގެ ދެމެދުގައި ރަސްމީ ‏‏ވާހަކަފުޅުތައް ބާއްވަވައިފި ‏

yameen & salman

‏ދިވެހިރާއްޖެއާ ‏ސަޢޫދީ‏ ޢަރައްބިއްޔާއާ ދެޤައުމުގެ ދެމެދުގައި މިއަދު ރަސްމީ ‏‏ވާހަކަފުޅުތައް ބާއްވަވައިފިއެވެ. ރަސްމީ ވާހަކަފުޅުތައް އޮތީ، މިއަދު ހަވީރު ‏ސަޢޫދީ ރަސްގެފާނުގެ ‏‏ޝާހީ ގަނޑުވަރުގައެވެ‏. ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ދިވެހި ވަފުދުގެ އިސްވެރިޔަކަށް ‏‏ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ‏ސަޢޫދީ‏ ޢަރައްބިއްޔާގެ ވަފުދުގެ ‏‏އިސްވެރިޔަކަށް ހުންނެވީ، އެޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދެވެ.‏
ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓްގައި ވާގޮތުން ސައުދީގައި ކުރިއަށްދިޔަ ރަސްމީ ވާހަކަފުޅުތަކުގައި، ދެ ޤައުމު ދެމެދުގައި އޮންނަ ދުވަސްވީ ގާތް ގުޅުން ‏‏އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނާއި، ރާއްޖޭގެ ތަރައްޤީގައި ‏ސަޢޫދީ‏ ޢަރައްބިއްޔާގެ އެހީތެރިކަން ‏‏އިތުރުކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރަށް، ދިވެހިރާއްޖޭގެ އިޤްތިޞާދު ‏‏ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް، ރާއްޖޭގައި ‏ސަޢޫދީ‏ ‏‏އިންވެސްޓްމަންޓްތައް އިތުރުކުރުމާގުޅޭގޮތުންވެސް ދެޤައުމުން މަޝްވަރާކުރެއްވިއެވެ. އަދި އިސްލާމީ ‏‏ވަހުދަތު ހަރުދަނާކުރުމަށްޓަކައި، ސަޢޫދީ ޢަރަބިއްޔާއާއެކު މަސައްކަތްކުރެއްވުމުގެ މައްޗަށްވެސް ‏‏އަލިއަޅުއްވާލެއްވިއެވެ.‏
‏‏މިބައްދަލުކުރެއްވުމުގައި ސަޢޫދީ‏ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ‏‏ސަޢޫދީ‏ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ‏‏ސަޢޫދީ‏ ޢަރަބިއްޔާގެ އެމްބަސީއެއް ޤާއިމުކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށްވެސް ރައީސް އޮފީހުގެ ވެބްސައިޓްގައި ވެއެވެ. ‏
‏މި ބައްދަލުކުރެއްވުމުގައި ދިވެހި ވަފުދުގެ ފަރާތްޕުޅުން، ރައްޔިތުންގެ މަޖިލީހުގެ ‏‏މެންބަރު ‏‏އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު، އަޙްމަދު ސިޔާމް މުޙަންމަދާއި، ‏‏މިނިސްޓަރ ‏‏އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، މިނިސްޓަރ ‏‏އޮފް ‏‏އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.‏

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތި ކުރުވިޔަސް ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމްދީން – ރައީސް

ބޭރުގެ ފަރާތްތަކުން ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތި ކުރުވިޔަސް ރާއްޖޭގައި އޮންނާނީ ހަމައެކަނީ އިސްލާމްދީން ކަމަށާއި، ދިވެހިންގެ ދީނީ ޢަޤީދާ …

ޚިޔާލެއްދެއްވާ

avatar