ދިރިއުޅުން އިންޑިއާއަށް ބަދަލުކުރިޔަސް މާދުރީ ޑިކްޝިޓަށް ހިތްހަމަޖެހޭ ފިލްމެއް ނުލިބިފައި

ކައިވެންޏަށް ފަހު އެމެރިކާގައި އެތައް އަހަރެއް ހޭދަކުރުމަށްފަހު ފިލްމީ ބަތަލާ މާދުރީ ޑިކްޝިޓް ވަނީ މީގެ ދެތިން މަހެއް ކުރިން އިންޑިއާ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ފިރިމީހާ އާއި ދެ ކުދިންނާ އެކު މާދުރީ އިންޑިއާ އަށް ބަދަލުވީ ކުޅޭނެ ރަނގަޅު ފިލްމުތަކުގެ ލިބޭނެ ކަމުގެ އުންމީދުގައި ކަމަށް ވެއެވެ. ނަމަވެސް ފާއިތުވީ ދުވަސްތަކުގައި މާދުރީ ހިތްހަމަޖެހޭ ކަހަލަ ރޯލުތަކެއް އޭނާއަކަށް ލިބޭ ގޮތެއް ނުވެ އެވެ.

ނަމަވެސް މި ވާހަކަތައް މާދުރީގެ މެނޭޖަރު ރިއްކޫ ރާކޭޝް ނާތު ދޮގު ކުރެ އެވެ. އޭނާ ބުނި ގޮތުގައި ވަރަށް ގިނަ ފިލްމުތައް ކުޅުމާއި އެކި އިވެންޓްތަކުގައި ޕާފޯމްކުރުމުގެ ފުރުސަތު މާދުރީ އަށް ލިބެމުން ދެއެވެ. ނަމަވެސް އޭނާ ހިތްހަމަޖެހޭ ކަހަލަ ފުރުސަތެއް ނުލިބޭތީ އަދި މަޑުކޮށްލައިގެން ހުރީ އެވެ.

ސްޓާ އިން މިދިޔަ ހަފުތާގައި ލޯންޗްކުރި އާ ޗެނަލް “ލައިފް އޯކޭ” އިޝްތިހާރު ކުރުމުގެ ޒިންމާ އާ މާދުރީ ހަވާލުވެފައިވާ ކަމަށާއި މިހާރު ވަރަށް ބިޒީކޮށް އެކަމާ ގުޅޭ ޝޫޓިންތަކުގައި މާދުރީ އުޅެމުންދާ ކަމަށް ވެސް އޭނާގެ ސެކްރެޓަރީ ބުންޏެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަވީގެ ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ސާމާނު މާފަރަށް ގެނެސްފި.

މީހުން ދިރިއުޅޭ ކޮށްމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުން ކުރާ އިޔާދަ ކުރަނިވި ހަކަތަ ތިރީސް އިންސައްތަ އަށް ހެދުމަށްޓަކައި ސަރުކާރުން …

ޚިޔާލެއްދެއްވާ

avatar