ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކް ލ. އަތޮޅުގައި ޤާއިމްކޮށް ހިދުމަތް ދޭންފަށައިފި

ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކް ލ. އަތޮޅުގައި ޤާއިމްކޮށް ހިދުމަތް ދޭންފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކް ލ. އަތޮޅުގައި ޤާއިމްކޮށް ހިދުމަތް ދޭންފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްގެ ދަށުން، ލ. އަތޮޅުގައި މިއަދު ވަނީ ދިރާގުގެ އެންމެ ހަލުވި ބްރޯޑްބޭންޑް އިންޓަރނެޓް ގެ ޚިދުމަތް ކަމަށްވާ ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް ފަށާފައެވެ.

ފައިބަރ ބްރޯޑްބޭންޑް އަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ.

ދިރާގުން ހާމަކުރައްވާ ގޮތުގައި ލާމު އަތޮޅުގައި މި ނެޓްވޯކް ޤާއިމް ކުރެވިގެންދިޔުމާއިއެކު، ދިރާގުން ފޯރުކޮށްދެމުން ގެންދާ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ލ.ގަމަށް ލިބިގެންދާނެއެވެ. އަދި ވަރަށް ކައިރި މުސްތަޤްބަލެއްގައި ލ.ފޮނަދޫ އަށް މި ޚިދުމަތް ފުޅާ ކުރެވިގެންދާނެއެވެ.

ލާމު އަތޮޅުގައި މި ނެޓްވޯކް ޤާއިމް ކުރެވިގެންދިޔުމާއިއެކު، ދިރާގުން ފޯރުކޮށްދެމުން ގެންދާ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އެންމެ ފުރަތަމަ ގާއިމު ކުރެވިގެން ދިޔައީ އެ އަތޮޅު ގަމުގައި ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ދަނީ ވަރަށް ކައިރި މުސްތަގުބަލެއްގައި ލ.ފޮނަދޫ އަށް މި ޚިދުމަތް ފުޅާ ކޮށް އަދި އަތޮޅުގެ އިތުރު ރަށްތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ދިރާގުން ބުނީ މިހާރުވެސް ލ.ގަމުގެ ގިނަ ފަރާތްތަކަކުން މި ޚިދުމަތަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ބޮޑު ތަރުހީބެއް ލިބެމުންއަންނަ ކަމަށެވެ.

ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފު ކުރުމުގެ ގޮތުން މިއަދުން ފެށިގެން، ޚާއްޞަ ޕްރޮމޯޝަނަކާއިއެކު ލާމު އަތޮޅުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއްވައެވެ. މި ޕްރޮމޯޝަނުގައި މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ފައިބަރ ޚިދުމަތައް އެދިލައްވާ ހުރިހާ ފަރާތްތަކަށް ފައިބަރ ބޮރޯޑްބޭންޑް ކަނެކްޝަނެއް މުޅިން ހިލޭ ދިރާގުން ގުޅައިދެވޭނެއެވެ.

މިޚިދުމަތް ފެށުމަށް ބޭއްވި ހަފްލާގައިވާހަކަފުޅު ދައްކަވަމުން ދިރާގު ޑައިރެކްޓަރ ސޭލްސް ކަސްޓަމަރ ސާރވިސަސް އަލީ ރިޔާޒް މި ވިދާޅުވީ ދިރާގުގެ އަމާޒަކީ ރާއްޖޭގެ ހުރިހަ ހިސާބަކަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށް ކަމުގައެވެ. ދިރާގުގެ ބްރޯޑްބޭންޑުގެ ހިދުމަތް މުޅިރާއްޖެއަށް ވަނީ ފޯރުކޮށްދީފައެވެ. އަދި މިއަދު މިވަނީ މާލެ ސަރަހައްދުން ފޯރުކޮށްދެވޭ ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތްވެސް ލ އަތޮޅުން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. މިހާރު މިހިދުމަތް ގަމުގެ ރައއްޔިތުންނަށާއި ވިޔަފާރިތަކަށް ލިބިގެންދާނެއެވެ. ފޮނަދޫގައިވެސް ރޯލްއަޓުކުރުމުގެ މަސައްކަތް ފެށުމަށް މިހާރު މިވަނީ މަސައްކަތްފެށިފައެވެ.’  އޭނާ ވިދާޅުވިއެވެ.

ދިރާގުން މިހާރުވެސް ރާއްޖޭގައި ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސްއާއި ހަމަޔަށް، އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްތައް، މިހާރު ލ.ގަމުގެ ހުރިހާ ކަސްޓަމަރުންނަށް ފުރިހަމަޔަށް ލިބެމުންދާނެކަމަށް ދިރާގުންބުނެއެވެ.

ދިރާގުން ފައިބަރ ނެޓްވޯކް ޤާއިމްކޮށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ ލ.ގަން ފިޔަވައި، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ކ.މާފުށީގައި އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ހިލޭގުޅައިދިނުމާއެކު ދިރާގު ފައިބާ އިންޓަނެޓާއި، ޓީވީ ގއ. ވިލިނގިއްޔަށް ދީފި.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ހިދުމަތްދޭ ކުންފުނި، ދިރާގުން ހައިސްޕީޑް ފައިބާ އިންޓަނެޓް އާއި ދިރާގު ޓީވީގެ ހިދުމަތް ގއ. …

ޚިޔާލެއްދެއްވާ

avatar