ދިރާގުން ދިވެހި ޒުވާނުންނަށް އޮންލައިން ކޮށް އިންޓަނެޝަނަލް ކޯހެއް ހެދުމުގެ ފުރުސަތު މުޅިން ހިލޭ

ދިރާގުން  ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: ދިރާގު
ދިރާގުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: ދިރާގު

ދިރާގުން ރާއްޖޭގެ ކޮންމެ ޒުވާނަކަށްވެސް މުޅިން ހިލޭ އިންޓަނޭޝަނަލް ކޯހެއް ހެދުމުގެ ފުރުސަތު ތައާރަފް ކޮށްފިއެވެ. ޒުވާނުން ބިނާ ކުރުމާއި ޒުވާނުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ތަފާތު މަސައްކަތްތައް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދޭ ދެ ދާއިރާއެވެ. އެގޮތުގެ މަތިން ދިރާގުން ޒުވާނުން ބާރުވެރި ކުރުވާ އިތުރު ތަޢުލީމީ ފުރުސަތު ހޯދައި ދިނުމަށްޓަކައި ބައިނަލް އަގުއާމީ އެކަޑަމީއެއްކަމަށްވާ “ޝޯ އެކަޑަމީ” އާއި ގުޅިގެން ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް މުޅިން ހިލޭ އޮންލައިން ކޯހެއް ހެދޭނެ ގޮތް މަގު މިހާރު މިވަނީ ފަހި ކޮށްދީފައެވެ. އަދި އެއް ކޯހަށްވުރެން އިތުރު ކޯސްވެސް ހެދުމުގެ ފުރުސަތު އޮންނާނެއެވެ.

“ޝޯ އެކަޑަމީ” އަކީ ދުޔީގެ ފެންވަރުގެ ކާމިޔާބީ ހޯދަމުންދާ އޮންލައިން ކޯސް ހިންގާ ޕްލެޓްފޯމެކެވެ. މި ތަނުން ހިންގާ ކޯސްތަކުގެ ކްލާސް ތައް އިންޓަނެޓް މެދުވެރިކޮށް ލައިވް ކޮށް ލެޕްޓޮޕް، ފޯން އަދި އައިޕެޑް ފަދަ ކޮންމެ ސްމާޓް ޑިވައިސް އަކުން ބަލާލެވޭނެއެވެ.

މި ކޯސް ތަކަކީ އަވަދިނެތި ގޭތެރޭގެ މަސައްކަތުގައި އަދި ބުރަކޮށް ވަޒީފާގައި އަދާއްކުރައްވާ ބޭފުޅުންނަށް ވަރަށް ލުއި ފަސޭހަކަމާއި އެކު ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ޕްލެޓްފޯމެކެވެ. ސަބަބަކީ “ޝޯ އެކަޑަމީ” ގެ ކްލާސް ތައް ލައިވް ކޮށް އޮންނަށް ގަޑީގައި ވަގުތު ނުލިބިއްޖެ ނަމަ ކްލާހުގެ ރިކޯޑިންގ ބަލާލެވުމުގެ ލުއި ފަސޭހަ ވެސް ލިބިގެން ދާތީއެވެ. އެހެން ކަމުން އަމިއްލަ ގޭގައި ފަސޭހަ ކަމާއިއެކު އާއިލާ އެކު ވަގުތު ހޭދަކުރަމުން ތަފާތު އެތައް ދާއިރާ އަކުން ކޯސް ހެދުމުގެ ފުރަތު “ޝޯ އެކަޑަމީ” އިން ލިބޭނެއެވެ.

“ޝޯ އެކަޑަމީ” ގެ ކޯހައް އެޕްލައި ކުރެއްވުމަށް www.shawacademy.com/dhiraagu އަށް ޒިޔާރަތް ކޮށްލައްވާށެވެ.

“ޝޯ އެކަޑަމީ” ގެ ހުރިހާ ކޯހަކުން ލިބޭ ސެޓްފިކެޓްތަކަކީ ދުނިޔޭގެ ފެންވަރުގެ ހުރިހާ ގައުމަކުންވެސް ބަލައިގަންނާނެ ސެޓްފިކެޓް ތަކެކެވެ. މި އެކަޑަމީ ގެ ހުރިހާ ކޯސްތަކަކީ ވެސް ބައިނަލް އަގްވާމީ މިންގަޑުތަކަށް ފެތޭ ގޮތަށް ފަރުމާ ކުރެވިފައިވާ ކޯސް ތަކެކެވެ.

“ދިރާގުން މިފަދަ ޒަމާނީ ތަޢުލީމީ ފުރުސަތުތަކެއް، ޝޯ އެކަޑަމީ ފަދަ ބައިނަލް އަގުއާމީ އެކަޑަމީއަކާއި  ގުޅިގެން ކުރިއަށް ގެންދަން ހަމަޖެއްސީ ޒުވާނުންނަށް ވަޒީފާގެ މައިދާނުގައި އަދި އަމިއްލަ ދިރިއުޅުމުގައިވެސް ބޭނުން ހިފޭނެ ފަދަ ކޯސް ތަކެއް ފަސޭހަ ކަމާއެކު ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުމުގެ ބޭނުމުގައި” ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރ، އިމްޖާދް ޖަލީލް ވިދާޅުވިއެވެ.

މި އެކަޑަމީ އިން ހިންގާ ބައެއް ކޯސް ތަކުގެ ތެރޭގައި، ޑިޖިޓަލް މާކެޓިންގ، ވެބް ޑިވެލޮޕްމެންޓް، ގްރެފިކްސް ޑިޒައިން، މޯބައިލް އެޕް ޑިވެލޮޕްމެންޓް އަދި ސޯޝަލް މީޑިއާ މާކެޓިންގ ފަދަ ކޯސް ތައް ހިމެނެއެވެ.

ކޮންމެ ކޯހެއްގެ މުއްދަތަކީ 4 ހަފްތާ އެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ދިރާގުން ވިއްކަންފަށައިފި.

ސްމާޓްފޯންގެ ބާޒާރުގައި ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ސެމްސަންގ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ކަމުގައިވާ ސެމްސަންގް ގެލެކްސީ އެސް 9 …

ޚިޔާލެއްދެއްވާ

avatar
wpDiscuz