ދަރުހަށް ރަނގަޅު ތަރުޙީބެއް ލިބުނު – ލައިފް

ali-xahirލަންދޫ އިސްލާމިކް ފްރަންޓް ފޮރ އެޑިޔުކޭޝަން ( ލައިފް ) ޖަމްއިއްޔާއިން އިސްނަގައިގެން ނ.ދަޢަވާ މޫވްމަންޓް އާއި ލަންދޫ ސްކޫލާއި ގުޅިގެން ރޭ ލަންދޫގައި ބޭއްވުނު އައްޝެއިޙް ޢަލީ ޒާހިރު ބިން ސައީދު ޤާސިމްގެ ދަރުހަށް ރަނގަޅު ތަރުޙީބެއް ލިބިގެން ދިޔަކަމަށް ލައިފް ޖަމްޢިއްޔާއިން ބުނެއެވެ.

“ޙަޔާތުގެ މަޤްޞަދު ” މި މަޢުޟޫއަށް ޝެއިހް ދެއްވި މި ދަރުސްގައި އިންސާނާ ދުނިޔެއަށް އައީ ކޮންމަޤްޞަދެއްގައި ކީއްކުރަންކަން ކީރިތި ޤުރުއާނާއި ، ކީރިތި ރަސޫލާގެ ހަދީސުން ވަނީ ވަރަށް ރަނގަޅަށް ވަރަށް ސާދާ ޢިބާރާތުން ސާބިތުކޮށް ދެއްވާފައެވެ.

ރޭގެ ދަރުސް ތަޢާރަފްކޮށްދެއްވުމުގެ ގޮތުން ވާހަކަ ދެއްކެވީ ލަންދޫއިސްލާމިކް ފްރަންޓް ފޮރ އެޑިޔުކޭޝަން (ލައިފް) ޖަމްޢިއްޔާގެ މި ދައުރުގެ ރައީސް އަލްފާޟިލް އަޙްމަދު ނަދީމުއެވެ. ނަދީމުގެ ވާހަކަ ކޮޅުގައި މި ދަރުސް ދެއްވުމަށް އައްޝެއިޙް ޢަލީ ޒާހިރު ބިން ސައީދު ޤާސިމް ލަންދޫއަށް ވަޑައިގެން ދެއްވި ކަމަށްޓަކައި ޝެއިޙަށް ޝުކުރު އަދާކުރެއްވިއެވެ. ހަމަ އެއާއިއެކު މި ދަރުސް ރާވާ ކުރިއަށް ގެންދިއުމުގައި ނ.ދައަވާ މޫވްމަންޓް އިންނާއި އަދި ނ.މަނަދޫ ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް އިބުރާޙިމް ޢަލީގެ ފަރާތުން ލިބުނު އެއްބާލުމަށް އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ލައިފް ޖަމއިއްޔާ އުފެދުނު ފަހުން އެ ޖަމްއިއްޔާއިން އަންނަނީ ލަންދޫގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޝެއިޚް މާޖިދުގެ ދަރުހެއް ލަންދޫގައި މިއަދު ބާއްވައިފި.

އައްޝެއިޚް އަޙްމަދު މާޖިދުގެ ދަރުހެއް މިއަދު ލަންދޫގައި ދެއްވައިފިއެވެ. މިދަރުސް އިންތިޒާމް ކޮށްފައިވަނީ ނ.ލަންދޫ ކައުންސިލުންނެވެ. މިއަދު ޢަޞުރު ނަމާދަށްފަހު …

ޚިޔާލެއްދެއްވާ

avatar
wpDiscuz