ފްލެޓްއެޅުމުގެ މަސައްކަތް ލަސްވާތީ “އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޑެޓާ” މެދު ފިޔަވަޅުއަޅަނީ

ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމާއި، މާފަންނު އޯޑިއޯން ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާތީ، އެ މަސައްކަތް ޙަވާލުކޮށްފައިވާ ކޮންޓްރެކްޓަރ އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޑެޓާ މެދު ފިޔަވަޅު އެޅުއްވުމަށް ނިންމަވައިފިއެވެ.

އެކަމުގެ ނޯޓިސް ވަރަށް އަވަހަށް ފޮނުއްވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އޯޑިއޯން އަދި ކުރީގެ ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފެންވަރުގެ 120 ފްލެޓު އެޅުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ޓާޓާ ކުންފުނީގެ ފަރާތުން ރާއްޖޭގައި ޙަރަކާތްތެރިވާ އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޑެޓާއެވެ. މި 120 ފްލެޓްގެ ޢަމަލީ މަސައްކަތް މިދިޔަ މޭ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.

ނަމަވެސް މިފްލެޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް އެކުންފުނިން އަދިވެސް ފަށާފައެއް ނުވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސަރުކާރު މުވައްޒަފުންނަށް ފުލެޓްތަކެއް ހުޅުމާލޭގައި ހަދަނީ

ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކުރައްވައިގެން 1500 ހައުސިންގ ޔުނިޓް ހުޅުމާލޭގައި ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް …

ޚިޔާލެއްދެއްވާ

avatar