ފޯނުން ރޭޑިއޯ އަޑުއަހާލަން ފަސޭހަ އެޕްލިކޭޝަނެއް.

މާލެއާއި، މާލެ ކައިރީ ރަށްރަތަކަށް ފިޔަވާ ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ލޯކަލް ރޭޑިއޯތައް އަޑުއެހުމަކީ ފުދޭވަރެއްގެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ އެހެނަސް ވަރަށް ބޭނުންތެރިކަމެކެވެ.

ރާއްޖެ ރޭޑިއޯ އާއި، ދިއެފްއެމް އާއި، ކެޕިޓަލް ރޭޑިއޯ އަދި ރޭޑިއޯ އެޓޯލް ފަދަ ދިވެހި ލޯކަލް ރޭޑިއޯ ޗެނަލް ތަކަކީ މިފަހަކަށްއައިސް ޢާއްމުންގެ މަޤުބޫލުކަން ލިބިފައިވާ ޗެނަލް ތައް ކަމުގައިވީނަމަވެސް ކުރިންވެސް ބަޔާންކުރެވުނު ފަދައިން އެރޭޑިއޯތަކުގެ ރޭންޖް ނުލިބޭ ހިސާބުތަކަށް މިރޭޑިއޯތަކުގެ ސިގްނަލް ހޯދުން މިވަނީ އުދަގޫކަމަކަށްވެފައެވެ.

ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައި މިވާޒަމާނުގައި މިކަންވެސް މިހާރުމިވަނީ ވަރަށް ފަސޭހަކަމަކަށް ވެފައެވެ. ލައިވްސްޓްރީމް ކޮށް މިރޭޑިއޯތައް ފޯނުން އަޑުއެހޭނެގޮތަށް އެކިއެކި އެޕްލިކޭޝަން ތައް މިހާރުމިވަނީ އުފައްދާފައެވެ. އެކިފޯނަށް ސަޕޯޓްކުރާގޮތަށް އެކި ނަން ނަމުގައި މިފަދަ އެޕްލިކޭޝަންތައް އިންޓަރނެޓްގައި ހިލޭ ލިބެން ހުންނަކަމީ މިދެންނެވި މަގުން މިކަން ކުރުމަށް އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވެެގެން ދިޔަކަމެކެވެ.

މިފަދަ އެތައް ބައިވަރު އެޕްލިކޭޝަން ތަކެއް ނެޓުން ލިބެން ހުރިކަމުގައި ވިޔަސް މިފަހަރު އަޅުގަނޑު މިލިޔުމުގައި މިބަޔާންކޮށްލަނީ އަޅުގަނޑުގެ ތަޖްރީބާގައި މިފަދަ ދެވަނައެއްނެތް “ޓިއުން އިން ރޭޑިއޯ” ފޯން އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަނުން އަޑުއެހެނީކީ ހަމައެކަނި ލޯކަލް ޗެނަލްތައް އެކަންޏެއްވެސް ނޫނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ފަންސާން ހާހަށްވުރެ ގިނަ އޮންލައިން ރޭޑިއޯ ބްރައުސް ކޮށްގެން އަޑުއެހޭނެއެވެ. ބޭނުންތެރި އެތައް މިލިޔަން ޕްރޮގްރާމްތަކެއް މިފަދަ ޗެނަލްތަކުން އަޑުއެހޭނެއެވެ. އޭގެ ތެރޭގައި ސްޕޯޓްސް ޕްރޮގްރާމް ތަކާއި، މިއުޒިކް ޕްރޮގްރާމް ތަކާއި، ދީނީ ޕްރޮގްރާމްތައްވެސް ލައިވްކޮށް ވަގުތުން ވަގުތަށް އަޑުއަހާލެވެއެވެ.

ޓިއުންއިން ރޭޑިއޯ މިއެޕްލިކޭޝަން ސަޕޯރޓްކުރާނީ އެންޑްރޮއިޑް އޯއެސް ގެ ފޯން ތަކަށެވެ. މިއެޕްލިކޭޝަން ގައި ވަރަށް ގިނަ ފީޗަރސް ތައް ވެސް ހުރެއެެވެ. އެންމެ ޚާއްޞައެއް ފީޗަރ އަކީ “ކާރމޯޑް” އެވެ. މި މޯޑުން ކޮށްދޭކަމަކީ ބޭނުންވާ ޕްރޮގްރާމް ނުވަތަ ޗެނަލްގެ ނަން ބުނުމުން ފޯނުން އޮޓޮމެޓިކުން އެޗެނަލަކަށް ޓިއުން ވާކަމެވެ.

އެންޑްރޮއިޑް ފޯން ނުވަތަ ޓެބްލެޓް ގައި މިއެޕްލިކޭޝަން ވަރަށް ބަރާބަރަށް ބޭނުންކުރެވޭއިރު މިކަމަށް ބޭނުންވަނީ އިންޓަރނެޓް ކަނެކްޝަނެކެވެ. އެއީ ވައިފައި ކަނެކްޝަނަކުން ވިޔަސް ނުވަތަ އެހެން ގޮތަކުން ވިޔަސް ފޯނު ނެޓަށް ކަނެޓްކޮށްލުމަށްފަހު އެޕްލިކޭޝަން ހުޅުވާލުމުން ވަރަށް ފަސޭހަކަމާއެކު ބޭނުންކުރަންވީ ގޮތްތައް އެނގެން ފަށާނެއެވެ. އެކި އޮޕްޝަން ތަކާއި، މެނޫތައް ވަރަށް ސިންޕަލްވާނެއެވެ.

ކޮންމެއަކަސް އަޅުގަނޑުގެ ތަޖްރިބާގައި ދަންނަވާލަންޖެހެނީ މިހާރު ސިގްނަލް ނުލިބެޔޭ ކިޔާފާ ރޭޑިއޯ އަޑުނުއެހިފައި ތިބެންނުޖެހޭނެވާހަކައެވެ. އަތްފޯރާ ފަށުގައި ( ރަށްރަށުގައި ) އިންޓަރނެޓްގެ ޚިދުމަތްދޭ ފަރާތްތަކާއި،ގުޅިގެން -/40 ރ. އަށް ލިބޭ 200 އެމްބީގެ ކަނެކްޝަނަކުންވެސް މަހެއްހާ ދުވަހު މިގޮތަށް ރޭޑިއޯ އަޑުއަހާލެވިދާނެވާހަކައެވެ. މިއީ ޚަރަދު ކުޑަ ބޭނުންބޮޑު ވަސީލަތެއްކަމުގައި ދަންނަވާލަމުން މީގެ ތަޖްރިބާ ކޮށްލެއްވުމަށް އެންމެހައި ކިޔުންތެރިންގެ ކިބައިން އެދެމެވެ.

ޓިއުންއިން   ޑައުންލޯޑުކުރައްވާ

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ އިންޓަރހައުސް ޖޫނިއަރ ބައިގެ ފުޓްބޯޅަ މުބާރާތް ފަށައިފި.

ނ.ލަންދޫ ސްކޫލްގެ އިންޓަރހައުސް މިއަހަރުގެ ފުޓްބޯޅަ މުބާރާތުގެ ޖޫނިއަރ ބައިގެ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ. ލަންދޫސްކޫލްގެ ފުޓްބޯޅަ ދަނޑުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz