ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ގިނަ މުވައްޒަފުންތަކެއް މެނޭޖްމެންޓަށް ޕެޓިޝަނެއް ހުށަހަޅައިފި.

ކުންފުނީގެ ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް އެދި ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ގިނަ މުވައްޒަފުންތަކެއް މެނޭޖްމެންޓަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެތަނުގައި މަސައްކަތް ކުރާ 250 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ހަތް ކަމެކަމަށްވެއެވެ. އެއީ އެތަނުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 35- 40 ޕަސެންޓަށް ބޮޑު ކުރުމާއި ވަޒީފާގައި ހޭދަކުރި މުއްދަތަށް ބަލައި މުވައްޒަފުންނަށް ހައްގުވާ ޕްރޮމޯޝަން ދިނުމަށާއި ކިޔަވައިގެން ތިބި މީހުންނަށް، އެ މީހުންނަށް އެކަށީގެންވާ މަގާމެއް ހަމަޖައްސައިދިނުމަށެވެ. އަދި ނާގާބިލު ވެރިންގެ އަމުރުތައް މުވައްޒަފުންގެ މައްޗަށް ނުހިންގުމާއި މުވައްޒަފުންގެ ހުރުމާއި ކެއުމުގެ ފެންވަރު ރަނގަޅުކޮށް، މަސައްކަތް ކުރާނެ ވަސީލަތްތައް ހޯދައިދިނުމާއި ކުންފުނީގެ އާއްމު ގަވައިދުތައް ތަންފީޒުކުރުމުގައި ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަ އުސޫލެއް ގާއިމު ކޮށްދިނުމަށް ވެސް އެ ޕެޓިޝަނުގައި އެދިފައި ވެއެވެ.

މުވައްޒަފުން އެދިފައި ވަނީ ޕެޓިޝަނުގައިވާ ކަންތައްތައް މި މަހުގެ 25ގެ ކުރިން ކޮށްދިނުމަށެވެ. ނޫންނަމަ އެކަމާ ދެކޮޅަށް ދިގު މުއްދަތަކަށް ދެމިގެންދާ އިހުތިޖާޖެއް ކުރާނެ ކަމުގެ އިންޒާރު ވެސް މުވައްޒަފުން ވަނީއެދީފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz