ފެންހިންދާ އާއި ޖަންގްޝަންތައް ބެހެއްޓުން މަނާކޮށްފި

ލަންދޫގެ މަގުތަކާއި ގޯޅިތަކުގައި އަތްދޮންނަތަށީގެ ފެންހިންދާއާއި ފާހާނާގެ ޖަންގްޝަންތައް ހެދުން ލަންދޫކައުންސިލް ޢިދާރާއިން މަނާކޮށްފިއެވެ.

މިކަންމަނާކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ލަންދޫކައުންސިލް ޢިދާރާއިން އެނައުންސްކުރި އެޢިދާރާގެ 17/2012/289 ގެ އިޢުލާނުންނެވެ. މިޢިއުލާންގައި ބުނެފައިވަނީ މިހާރަކަށް އައިސް ރަށުގެ ބައެއްފަރާތަކުން ރަށުގެ ގޯޅިތަކަށާއި މަގުތަކަށްވާގޮތައް ފެންހިންދާއާއި ފާހާނާގެ ޖަންގްޝަން ބަހައްޓަމުންދާ ކަމުގެ ޝަކުވާ އެއިދާރާއަށް ލިބެމުންދާކަމަށާއި އެކަމަކީ ގޯޅިގޯޅިންނާއިމަގުމަގުން ހިނގާބިނގާވެ އުޅޭފާރާތްތަކަށް އުދަގޫތަކާއި ކުރިމަތިލާން ޖެހޭކަމަކަށްވުމާއި އަދި އެކަމަކީ ޞިއްޙީގޮތުންވެސް ރައްކާތެރިކަމަކަށް ނުވާތީ އިއްޔެއިން ފެށިގެން ލަންދޫގެ މަގުތަކާއި ގޯޅިޔަކަށްވާގޮތައް އެއްވެސް ޖަންގްޝަނެއް ހެދުމަކީ މަނާކަމެއްކަމަށް ކަނޑައަޅާ އެކަން އިޢުލާން ކުރާކަމަށެވެ.

ކައުންސިލް ޢިދާރާއިން އިއްޔެގެ ހެދުނު ހެދުނާއި ކުރެއްވި މިއިޢުލާންގައި އިތުރަށް ބުނެފައިވާ ގޮތުގައި މިހާރު މަގުތަކާއި ގޯޅިތަކުގައި ހަނދާފައިވާ ޖަންގްޝަންތައްވެސް އެ ޖަންގްޝަންތައް ހަނދާފައިވާ ފަރާތްތަކުން ނަގަންޖެހެއެވެ.

ލަންދޫކައުންސިލް ޢިދާރާއިން މިކުރެއްވި އިޢުލާނާއި ގުޅިގެން ރަށުތެރޭގައި މިވާހަކަވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފައެވެ. ބައެއްފަރާތްތަކުން ” ލަންދޫއިންފޯ ” އަށް މަޢުލޫމާތު ދެއްވި ގޮތުގައި ލަންދޫގެ މަގުތަކަށާއި ގޯލިތަކަށް ޖަންގްޝަންތައް ނެރެންފެށީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ފަޔާޟް (  ފަޔާ ) ހުއްދަދެއްވައިގެންނެވެ. ނަމަވެސް ފަޔާވަނީ މިކަން ދޮގުކުރައްވާފައެވެ. ފަޔާ ބުނުއްވީ އެއްވެސް ފަރާތަކަށް ރަށުކައުންސިލް ޢިދާރާއިން ރަސްމީކޮށް މިކަން ކުރުމަށް އެއްވެސް ް ހުއްދަ މިހާތަނަށް ދީފައި ނުވާނެކަމަށެވެ. ” ނަމަވެސް ތަންކޮޅެއް ކުރިން މީހަކު އަތްދޮންނަ ތަށީގެ ފެންހިންދާ ގޯޅިގައި ހަނދާލަންހެއްޔޭ އެހީމަ އާއެކޭބުނިން ، އެކަމް ފަހުން ވީގޮތަކީ އެމީހާ އެތަނުގައި ( ގޯޅީގައި ) ބޮޑު ޖަންގްޝަނެއް ހެދީ އަސްލު އަހަރެން ހީކުރީ ހަންބުރިއެއް ނުވަތަ ޓައްޕެކަހަލަ އެއްޗެއް ވަޅުލައިގެން ކުޑަގޮތަކަށް ހަދަލާނެކަމަށް ” ތަފްސީލް ދެއްވަމުން ފަޔާ ބުނުއްވިއެވެ.

ކޮންމެއަކަސް މިއަދު މިކަންތައް މިވަނީ ލަންދޫ ކައުންސިލް ޢިދާރާގެ ސަމާލްކަމަށް އައިސް އިއްޔެއިން ފެށިގެން މިކަން ކުރުން މަނާކޮށްފައެވެ. އެކަމަކު ގިނަބައެއްގެ ހިތުގައި އުފެދޭ ސުވަލަކީ ކައުންސިލް ޢިދާރާއިން ކުރެއްވި އިޢުލާނާއި އެއްގަޮތައް ރަށުގެ ރައްޔިތުން ޢަމަލްކުރައްވާނެބާވައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ނަރުދަމާގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނާއި، ލޭބަރުން ގެނެސްފި.

ނ.ލަންދޫގައި ސަރުކާރުން ޤާއިމް ކޮށްދެއްވުމަށް ހަމަޖެހިފައިވާ ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނާއި، އެމަސައްކަތުގެ ލޭބަރުން އިއްޔެ …

ޚިޔާލެއްދެއްވާ

avatar
ބޮބު
ބޮބު

މަގުތަކާ ގޯލިތަކުގައި ޖަންކްޝަން ހެދީމަ ކޮބާ މައްސަލައަކީ. ގޯތި ތެރޭގައި ހެދިޔަސް މަގުމަތީގައި ހެދިޔަސް ހަމަ ފެން ހިނދޭނީ ރަށުތެރެއަށް. ރަށުގެ ބިންގަނޑުތެރެއަށް. އެހެންވީމާ މީގަ މަށަށްފެންނަ ޚިޔާލަކީ މަގުމަތީގައި ހެދިޔަސް ގޯޅީގައި ހެދިޔަސް އޯކޭ ދޭންވީ. މިއަށްވުރެ މާރަގްަޅުވާނެކަންނޭންގެ އެ ހަދާ ޖަންކްޝަން ތަކުގެ ސަބަބުން ކައިރީގައި ޖެހިގެން ހުރި ގޭގެ ފެންވަޅު ހަޑިވެ ފެންގޯސް ނުވާނެ ގޮތެއްގެ މަތިން މީސްމީހުން ޢަމަލުކުރުމަށް ކައުންސިލުން އަމުރުކުރިއްޔާ. ގޯތި ތެރޭގައި ޖާގަ ނެތް މީހުންނާއި، އަދި ގޯތި ތެރޭގައި ޖަންކްޝަން ހެދީމާ ކައިރީގައި ޖެހިގެން ހުރިގޭ ވަޅުގެ ފެންގަނޑު ގޯސްވާނެކަން ކަނޑައެޅިގެން އެނގޭ މީސްމީހުންވެސް އެބަޖެހޭދޯ ހަމަ ޖަންކްޝަން ހަދައިގެން ފެންގަނޑު ހިންދަން. އެހެނެކޭ ކިޔާފާ އެމީހުންނަކަށްވެސް އަސާސީ ޙައްޤެއް ނުދީ ނުހިފެހެއްޓޭނެ. ވީމާ މިކަމާ ކައުންސިލުން އިތުރުން ވިސްނާލުން ރަގަޅުވާނެކަމަށްފެނޭ.

wpDiscuz