ފުލުހުންނާ ގުޅޭގޮތުން މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މީހުންނަށް އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަތައް- ޕޮލިސް އިންޓަގްރިޓީ ކޮމިޝަން

ފުލުހުންނާ ގުޅޭގޮތުން މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މީހުންނަށް އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަތައް ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި އެކޮމިޝަނުން ބުނެފައި ވަނީ އަނިޔާގެ މައްސަލަތަކުގެ އިތުރުން ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން ފުލުހުން އަނިޔާކުރި ކަމަށް ފަންސާސް މައްސަލަ ހުށަހަޅާފައިވާއިރު ފުލުހުންގެ އަމަލުތަކާ ދޭތެރޭ ހިތްހަމަނުޖެހިގެން ސާޅީސް މައްސަލަ ހުށަހަޅާފައިވެއެވެ.

މިދިޔަ އަހަރު ކޮމިޝަނަށް ސަތޭކަސަތާރަ މައްސަލަ ހުށަހަޅައި ސަތޭކަވަރަކަށް މައްސަލަ ބަލައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ފުލުހުން އަނިޔާކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ފުލުހުން ބިޑިއަޅުވައި ގެންގޮސް ނަފްސާނީގޮތުން ވެސް ގެއްލުން ދީފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އޭގެ ގިނަ މައްސަލަތައް ތަހުގީގުން ސާބިތުވެފައެއް ނުވެއެވެ.

އޭގެ އިތުރުން ވެސް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގުތަކާއި ގުޅިގެން އާންމުން ހުށަހަޅާފައިވާ ޝަކުވާގެ 36 މައްސަލައަކާއި ޓްރެފިކް ގަވާއިދާ ހިލާފުވި ކަމަށް ބުނެ ފުލުހުން އަމަލުކުރިގޮތާ މެދު ހިތްހަމަނުޖެހިގެން އާއްމު ފަރާތްތަކުން ހުށަހަޅާފައިވާ 32 މައްސަލައަކާއި ފުލުހުންނާ ގުޅިގެން ހުށަހަޅާފައިވާ އެގާރަ މައްސަލައިގެ އިތުރުން ވަކިވަކި ފުލުހުންނާ ބެހޭގޮތުން އާއްމު ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާގެ 8 މައްސަލަ ހިމެނެއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ޢާއްމުން ހޭލުންތެރި ކުރުވުމަށް ނ.ހޮޅުދޫގައި ފުލުހުން ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތުދީފި.

ނ.ހޮޅުދޫގައި އަމާން ވެއްޓެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހޮޅުދޫ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz