ފުރާވަރުގެ އަންހެންކުދިން ޖޯލިފަތިތަކަށް ގިނަވުން.

[quote align=”right”]މިލިޔުމަކީ ހަމަ ވަރަށް ހަބޭސް ލިޔުމެއް ކަމަސް އަޅުގަނޑަށް ފެނޭ. – އަލީ[/quote]

މިހާރަކަށް އައިސް އަޅުގަނޑުމެންނަށް ފެންނަނީ ފުރާވަރުގެ އަންހެންކުދިން ރަށުގެ އެކިހިސާބުތަކުގައި ނުވަތަ އެކުދިންގެ ގޭގައި ހެދިފައިވާ ހުންނަ ޖޯލިފަތި ނުވަތަ އުދޯލިތަކުގައި ދެކުދިން ދެކުދިންނަށް ނުވަތަ އެކުދިންގެ ގުރޫޕްތެރޭގައި ގްރޫޕްހަދައިގެން ހުސްއަނގަތަޅަން ތިބޭތަނެވެ. ނަމާދު ވަގުތުތައް      ފާއިތުވެގެން ދާއިރުވެސް އެކުދިންގެ ވާހަކަތައް އޮލަވެގެން ދާމިންވަރުން އެކުދިންނަކަށް އެކަމެއް ނޭންގެއެވެ. ނުވަތަ ހަނދާނަކަށް ނާދެއެވެ. މިއީ މިއަދު އަޅުގަނޑުމެން ވިސްނާލަން ޖެހިއްޖެ މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

ފުރާވަރުގެ އަންހެން ކުދިންދަރިން ތަރުބިއްޔަތުކޮށް ދީންވެރި ކުދިންތަކެއްގެ ގޮތުގައި ބޮޑު ކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އަދި ޤިޔާމަތް ދުވަހު އެކަމާމެދު ސުވާލު ކުރެވޭނެކަމެއްވެސް މެއެވެ. ކަން މިހެން އޮތް އިރު ކުއްޖަކު ތަރުބިއްޔަތު ކުރުމާއެކު ދީނަށް ލޯބި ކުރާ ކުއްޖަކަށް ހެދުމަށްޓަކައި އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭންވީ ކަމަކީ، ނަމާދު ކުރުމުގެ އާދަ ކުދިންގެ ކިބައިގައި އަށަގެނެނެވުމެވެ. އެންމެ ޅައިރުއްސުރެވެސް އަޅުގަނޑުމެން މިކަމަށް ހޭއަރާ އެކުދިން ފުރާވަރަށް އެރުމުން ދީނާ ދުރަށް ހިގައިދާނެކަމަށް ވިސްނާ އެކުދިން ގެ ތަރުބިއްޔަތުގެ ބިންގާ އަޅަން ފަށަން އެބަޖެހެއެވެ.

ކުޑަ ކުއްޖާ އޭނާ އަކީ މުސްތަޤިއްލު މީހެއް ކަން އިޙްސާސް ކުރެވޭ ދުވަސްވަރަކީ ކުއްޖާގެ އުމުރުން ގާތްގަޑަކަށް 3 އަހަރުން ފެށިގެން ހިނގާ ދުވަސްވަރެވެ. ހަމަ އެހެންމެ ވަށައިގެންވާ ކަންތައްތައް ހޯދައި ފެންނަ ކަންތައްތައް އެންމެ ބޮޑަށް ނަކަލު ކުރާ ޢުމުރަކީވެސް މިއީއެވެ. ވީމާ އަހަރެމެން ނަމާދަށް ތިއްބާ ކުޑަ ދަރިފުޅު އައިސް، ނަމާދުގެ ޙަރަކާތްތައް ނަކަލު ކުރަން ފެށުމުން، ” ދަރިފުޅު ނަމާދު އަދި ކުރާކަށް ނުޖެހޭނެ . އަވަހަށް ކުޅެން ދޭ! ” ފަދަ ޢިބާރާތްތައް ބުނެ އެ ކުއްޖާ ފޮނުވާލުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ.

މި ޢުމުރުގެ ކުޑަ ކުދިން އެ މީހުންގެ ޠަބީޢަތަށް ދޫކޮށްލަމާތޯއެވެ؟ ކުއްޖާ އައިސް ބައްޕަ ނުވަތަ މަންމަ ނަމާދު ކުރާތަން ބަލަހައްޓައިގެން ހުރެއްޖެނަމަ އެކަމަށް ހިތްވަރު ދީ، ކަންތައް ކުރަންވާ ގޮތް ކޮންމެވެސް ވަރަކަށް ކިޔައި ދެވިދާނެއެވެ. އަދި މަންމަ މި ކުރަނީ ކޮންކަމެއް ކަން ކިޔައި ދެވިދާނެއެވެ. އަދި އެ ކުއްޖާ ކައިރީގައި ހުރެ ކުޅެ އަތް ޖަހައި، އިތުރު ހަރަކާތްތައް ގެނަޔަސް އެ ކަމާ އަޅާ ނުލާށެވެ.

ދަރިފުޅު ނަމާދު ކުރަން އާދަ ކުރުވަން ބޭނުންފުޅުނަމަ، ކުއްޖާގެ ޢުމުރުގެ މި މުހިއްމު ދައުރުގެ ބޭނުން ހިފަން ޖެހޭނެއެވެ. އަދި މި ޢުމުރުގައިވެސް ބިސްމި، އަލްޙަމްދު އިޚްލާޞް ފަލަޤް ނާސް ސޫރަތް ދަސްކޮށް ދެވިދާނެއެވެ. އަދި ބައެއްފަހަރު ފަސް އަހަރު ހަ އަހަރު ކުދިން މިސްކިތަށް ގެންގޮސް، އެ ކުދިންނަށް ބޮޑެތި މީހުން ކުރާ މުހިއްމު ކަމެއްގައި ބައިވެރިވުމުގެ އުފާވެރި އިޙްސާސް، އެކުދިންނަށް ހޯދައި ދެވިދާނެއެވެ.

އަދި ހަމައެހެންމެ ކުއްޖާ ބޮޑުވަމުން އައިވަރަކަށް ދަރިފުޅުގެ ޢުމުރާއި ގުޅޭގޮތުން އާދައިގެ ތިލަ ބަހުރުވައަކުން، މާތް ﷲ ގެ ނިޢްމަތްތަކާއި އެކަލާނގެ އަޅުތަކުން ދެކެ ލޯބިވެވޮޑިގަންނަވާ ކަން ކިޔައި ދެވިދާނެއެވެ. އަދި އަހަރެމެން ނަމާދު ކުރަނީ ބޮޑަށް އެ ލޯބި ހޯދަން ކަމަށް ވެސް ކިޔައި ދެވިދާނެއެވެ.

އެންމެ ރަގަޅުގޮތަކީ ކުއްޖާ އަށް ރަނގަޅު ނަމޫނާއެއް ކަމުގައި މައިންބަފައިން ވުމެވެ. އަދި ބޮޑަށް ތިބޭ ބޭބެއިންނާއި ދައްތައިންވެސް ވާން ޖެހޭނީ ރަނގަޅު ނަމޫނާއަކަށެވެ. ބަންގި ގޮވުމުން މަންމައާއި ދައްތައިން ވުޟޫކޮށްގެން ނަމާދު ކުރާތަން ފެނުމުން، މި ޢުމުރުގެ އަންހެން ކުދިންވެސް އެކަން ކުރަން ބޭނުންވާނެއެވެ. އަދި ބަންގިގޮވުމުން ބައްޕައާއި ބޮޑަށް ތިބޭ ބޭބެއިން މިސްކިތަށް ނަމާދަށް ދާތަން ފެނުމުން މި ޢުމުރު ފިރިހެން ކުދިން ވެސް މިސްކިތަށް ދާންވެސް ބޭނުންވާނެއެވެ.

ޢާއިލާ ހުރިހާ ފަރުދުންވެސް ނަމާދު ކުރާ ގެއެއްގައި ބޮޑުވަމުން އަންނަ ކުއްޖަކަށް، ކުޑަ އިރުއްސުރެވެސް މި ކަންތައް ފެނިފެނި ހުންނާނީ ޢާދައަކަށް ވެފައެވެ. އަދި އެ ކުއްޖާއަށް، އެއީ ގޭގައި ހަމަ ކޮންމެ ދުވަހަކުވެސް ކަންތައް ކުރަންވާ ގޮތް ކަމުގެ ރަނގަޅު އިޙްސާސް ހިތުގައި އަށަގަންނާނެއެވެ.

މައިންބަފައިން ނަމާދު ނުކޮށް ކުއްޖާ ބޮޑުވީމާ ނަމާދު ކުރަން އަމުރު ކުރުމުން އެކަން ކުރާނެ ކުއްޖެއް ނުހުންނާނެއެވެ.

ކަންކަމާއިމެދު މިހެން ވިސްނާލުމުން އެގެނީ ފުރާވަރުގެ އަންހެންކުދިން ވިޔަސް އަދި ފިރިހެން ކުދިންވިޔަސް މިފަދަ ބޭކާރު ގޮތްގޮތުގައި އެކުދިންގެ އަގުހުރި ވަގުތުތައް ދުއްވާލަނީ އަޅުގަނޑުމެން މައިންބަފައިންނަށް އެކުދިންގެ ޅައުމުރުގައި ރަގަޅު ބިންގަލެއް އަޅައިނުދެވޭތީކަމުގައި އެނގެއެވެ.

ކޮންމެ މަޔަކުވެސް އަދި ކޮންމެ ބަފަޔަކުވެސް އެމީހެއްގެ ދަރިން ރަގަޅުގޮތުގައި ތަރުބިއްޔަތު ކުރެވޭތޯ ބަލާމާ ހިންގަވާށެވެ.

ރިފަރެންސް: ދީނީނިއުސް

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz