ފުރަތަމަ ސަފުން ޖާގަހޯދުން

މިސްކިތުގައި ޖަމާޢާތުގެ ނަމާދުގައި ސަފު ހަދަމުންދާއިރު އަޅުގަނޑުމެންގެ ތެރެއިން ބައެއް އަޙުންނާއި އުޚުތުން ފުރަތަމަ ސަފުން ޖާގަހޯދުމަށް މަސައްކަތް ކުރަމުންދާތީ ބައެއް މީހުން ޖޯކު ޖަހާ މަލާމާތް ކުރާތަން މިއަދު ފެނިގެން އެބަދެއެވެ. މިގޮތަށް ޢަމަލް ކުރަމުން ދަނީ އަޅުގަނޑުމެންގެ ތެރެއިން ޢުމުރުން ދުވަސްވީ ބައެއް ފަރާތްތަކުންކަށް ވަރަށް ހިތާމައާއި އެކު ފާހަގަ ކޮށްލަން ޖެހެއެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި މިގޮތަށް ކަންތައް ކުރާ ފަރާތްތަކުން މިކަންތައް ކުރަމުން މިދަނީ ޖަމާއަތުގައި ފިރިހެނުން ސަފުހަދަންވާ ގޮތާއި ނަމާދުގެ ފުރަތަމަ ސަފުގެ މާތްކަމާއި މަތިވެރި ދަރަޖަ ނޭނގޭތީއެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލަހިވަސައްލަމްގެ ޙަދީޘްފުޅުގައިވާ ގޮތުން ޖަމާއަތުގެ ނަމާދުގައި ފިރިހެނުންގެ ސަފުތަކުން އެއްމެ މާތް ސަފަކީ ފުރަތަމަ ސަފެވެ. ފުރަތަމަ ސަފުގެ މާތްކަން އަންގަވައި البخاري ومسلم ގައި أبو هريرة ގެ އަރިހުން ރިވާވެގެން ވެއެވެ. އިތުުރު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “ބަންގިއާއި ފުރަތަމަ ސަފުގައި ނަމާދު ކުރުމުގެ ޘަވާބާއި ދަރުމަ އެނގޭނަމަ އެކަމަށްޓަކައި ގުރުއަތުލީހެވެ.” އެހެންކަމުން އިލްމުވެރިކަމާއި ވިސްނުމުގައި އިސްމީހުނަށް ފުރަތަމަ ސަފަށް އިސްކަން ދިނުމާއި ޚާއްސަކޮށް އިމާމާއި ގާތުގައި ތިބުމަށް އިތުރު އެކަލޭގެފާނުން ބާރުއަޅުއްވާފައިވެއެވެ. (މުސްލިމް )

މިހެންކަމާއިއެކު އަޅުގަނޑުމެންގެ ތެރެއިން އަވަހަށް ނަމާދަށް ދާ އެންމެހާއި އަޙުންނާއި އުޚުތުންވެސް ބަލަންވީ ނަމާދުގެ ޖަމާއާތުގެ ފުރަތަމަ ސަފުން ޖާގަ ލިބޭތޯއެވެ. މިހާރު ބަންގީގެ އަޑު އިވޭއިރަށް މިސްކިތަށް ގޮސް މިސްކިތުގެ ފެންޑާގައި ވާހަކަ ދަށްކަށް ތިބޭ ތިބުން ދޫކޮށްލަންވީއެވެ. މިސްކިތުގައި މަދުން ނަމަވެސް ނުރަނގަޅު ކަންތައް ކުރެވޭ ކުދިންނަށް ނަޞޭހަތްތެރިވެ އެކުންދިންވެސް ރަނގަޅު ކުރެވޭތޯ ބަލަންވީއެވެ. ތަންދޮރު ދަންނަ ރަނގަޅު ކުދިން ޖަމާޢަތުގެ ނަމާދުގެ ފުރަތަމަ ސަފަށް އެރުމުން އެކުދިން ދަމާ ފަހަތު ސަފަށް ނުބާލަންވީ އެވެ. މިކަމުގައި އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އާމީން !

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
ހާރިސް
ހާރިސް

މިއީ މިދުވަސްވަރަށް ބަލާއިރު ވަރަށް މުހިއްމު ލިޔުމެކެވެ. އެހެންނަމަވެސް ވިސްނާލުން މުހިއްމު ކަމެއް އޮތްކަމަށް އަޅުގަނޑު ދެކެމެވެ. އެއީ ފުރަތަމަ ސަފަށް އަރަންވާނީ ތަންދޮރުދަންނަ ޢިލްމީ ޢުމުރުންދުވަސްވީ މީހުން ހާޒިރުވެ ނެތްނަމައެވެ. އެހެނީ އެކަމުގައި ހުއްޖަތެއްވެއެވެ. މިސާލަކަށް އިމާމާ ނަމާދުގައި ހުއްޓާ ހަދަސްވެރިވުން ކަހަލަ ކަމެއް ދިމާވެގެންެ ނަމާދުން ބޭރުވެގެންފިނަމަ ދެން އިމާމަކަށް އިސްވާންވާނީ އިމާމާ އާއި ދިމާގައި ނުވަތަ އިމާމާއާއި އެންމެކައިރީގައި ހުންނަ މައުމޫމެކެވެ.

wpDiscuz