ފުރަތަމަ މެޗުން މޮޅުވެ ކުޑަފަރީ ޓީމުގެ ފެށުން ރަނގަޅުކޮށްފި

kudafari-fcޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތް ފެށުމުގެ ގޮތުން ކުޑަފަރި އެފްސީ އާއި މަގޫދޫ އެފްޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ކުޑަފަރި އެފްސީ އިން އެޓީމުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު ހަވީރު ކެނދިކުޅުދޫ ފުޓްބޯޅަ ދަނނޑުގައި ކުޅެވުނު މެޗު ކުޑަފރި ޓީމުން ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ. ކުޑަފަރި ޓީމުން ކާމިޔާބުކުރި ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ޖާޒީނަމްބަރ 10 ޖުނެއިދު އާއި ޖާޒީނަމްބަރ 8 ސޯދު އަދި ޖާޒި ނަމްބަރ 15 ރިއްޕެ އެވެ.

މިއަދުގެ މެޗުން ބަލިވިކަމުގައި ވިޔަސް މިއަދުގެ މެޗުގައި މި މުބާރާތުގައި އަލަށްވާދަކުރާ މަގޫދޫ އެފްޓީ އިންވަނީ ހިތްވަރުގަދަ މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައިވަނީ މަގޫދޫ ޓީމުންނެވެ. ކުޑަފަރި އެފްސީ އަކީ މިފަހަރުގެ މި މުބާރާތައް މީގެ ދެމަސްދުވަސްކުރިން ޕްރެކްޓިސްފަށާ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެމުންދާ ކުޑަފަރީގެ ކުޅުންތެރިންގެނެސް މުބާރާތައް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ޓީމެކެވެ. ކުޑަފަރި އެފްސީގެ މެނޭޖަރ ފާއިޒު މައުލޫމަތު ދެއްވި ގޮތުގައި މި މުބާރާތުގައި އެޓީމުން ޖެހިލުންވާވަރުގެ އެއްވެސް ޓީމެއް ނެތެވެ. މިއަދުގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޑަފަރި އެފްސީގެ ޖާޒީނަމްބަރ 10 ޖުނެއިދެވެ. ދެން މި މުބާރާތުގައި ކުޑަފަރި ޓީމު ބައްދަލުކުރާނީ ލަންދޫ އެފްސި އާއެވެ. މި މެޗު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި މާދަމާވެސް އޮންނާނީ ގްރޫޕް އޭގެ މެޗެކެވެ. މާދަމާގެ މެޗުގައި ބައްދަލުކުރާނީ ނ.އަތޮޅު އުރުތުބިތުގެ ފުޓްބޯޅައިގެ ބޮޑުބާރެއްކަމަށްވާ މާފަރު އެފްސީ އާއި ނ.އަތޮޅު ދެކުނު ބިތުގެ ފުތްބޯޅައިގެ ބޮޑުބާރެއްކަމަށްވާ ވެލިދޫ އެވެ. މާދަމާގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4.0 ގައި ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ކުޑަފަރީ އަތުން ބަދަލުހިފައި ހޮޅުދޫ ޗެމްޕިއަންކަން ހޯދައިފި

ކުޑަފަރީގައި ކުރިއަށްދިޔަ ނ.އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް- މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް …

ޚިޔާލެއްދެއްވާ

avatar
wpDiscuz