ފުރަތަމަ މެޗުން ކެނދިކުޅުދޫއަށް ފަސޭހަ މޮޅެއް

kendhikulhudhoo-fc

މިހާރު ނ.ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް- މައުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގްރޫޕް ސީ ގައި ހިމެނޭ ފޮއްދޫ އެފްސީ އާއި ބައްދަލުކޮށް ވަރަށް ފަސޭހަކަމާއި އެކު ކެނދިކުޅުދޫ އެފްސީ މޮޅުވެއްޖެއެވެ.

މިއަދުގެ މެޗު ކެނދިކުޅުދޫ އެފްސީ އިން ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 0 ލަނޑުންނެވެ. މިއަދުގެ މެޗުގައި ކެނދިކުޅުދޫ އެފްސީ ގެ މުޙައްމަދު އަރީޙް ވަނީ 3 ލަނޑު ޖަހާ މުބާރާތުގެ ދެވަނަ ހެޓްރިކު ހެދި ކުޅުންތެރިޔާއަށް ވެފައެވެ. މިއަދު އެޓީމުން ޖެހި އަނެއް ދެ ލަނޑު ކާމިޔާބު ކޮށްދިނީ މުޙައްމަދު އައްޒާމް އާއި އަޙަމަދު ޞައްފަތު އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ހެޓްރިކު ހެދި މުޙައްމަދު އަރީޙް އެވެ. މިއަދުގެ މި މެޗަކީ ފޮއްދޫގެ ފުޓްބޯޅަ ޓީމެއް މިފަދަ މުބާރާތެއްގައި ބައިވެރިވެ ކުޅުނު ފުރަތަމަ މެޗުކަން މި ފުރުޞަތުގައި ފާހަގަކޮށްލަން ޖެހެއެވެ.

މި މުބާރާތުގައި މާދަމާ އޮންނާނީ ގްރޫޕް ސީ ގެ ބޮޑު ދެބާރުންގެ ގޮތުގައި ފާހަގަ ކުރާ މަނަދޫ އެފްޓީ އާއި މާޅެންދޫ އެފްޓީ ބައްދަލުކުރާ މެޗެވެ. މެޗުފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3.50 ގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar