ފިޠުރު ޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢީދު ސަލާން ކުރެއްވުން އޮންނާނެ.

 

ފިޠުރު ޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޢީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުގެ ވެބްސައިޓްގައި ވާގޮތުން ޢީދު ސަލާން ކުރެއްވުން އޮންނާނީ ޢީދު ދުވަހު ހެނދުނު 9.30 ން 10.30 އަށް މުލީއާގޭގައެވެ.
ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓްގައި މިއަދު ހާމަކޮށްފައިވަނީ ޢީދު ސަލާން ކުރެއްވުމަށް މުލީއާގެއަށް ވަޑައިގަތުމުގެ ފުރުޞަތު ޢާންމުކޮށްވަނީ ހުޅުވާލައްވާފައި ކަމަށާއި، ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަތުމަށް އެއްވެސް ބޭފުޅަކަށް ވަކިން ދަޢުވަތު އެރުވުމެއް ނޯންނާނެކަމަށެވެ. އަދި އެލިޔުމުގައި އިތުރަށްވަނީ ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކާއި، ބޭރު ޖަމާޢަތްތަކުގެ ޢިއްޒަތްތެރިންނަށާއި މަންދޫބުންނަށްވެސް މިފުރުސަތުވަނީ ހުޅުއްވާލައްވާފައިކަމަށެވެ. ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާއިރު ކުޑަކުދިން ގެންނެވުމަކީ، އެންމެ ރަނގަޅު ކަމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
ޢީދު ސަލާން ކުރެއްވުމަށް، މުލީއާގެއަށް ވަޑައިގަންނަވާ ބޭފުޅުން، މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ، މެދުޒިޔާރަތް މަގަށް ހުންނަ މައި ދޮރޯށިންނެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ގްރީސްގެ އާ ބޮޑުވަޒީރަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ގްރީސްގެ ބޮޑުވަޒީރުކަމަށް ‏‏‏އިންތިޚާބުވެވަޑައިގެންނެވި ‏އެލެކްސިސް ސީޕްރަސްއަށް ‏ތަހުނިޔާ ވިދާޅުވެއްޖެއެވެ‏‎.‎ ‏ ‏ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި …

ޚިޔާލެއްދެއްވާ

avatar
wpDiscuz