ފިޠުރު ޢީދުގެ ތަހުނިޔާ

 1433 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ލަންދޫއިންފޯގެ މެނޭޖްމަންޓާއި ލިޔުންތެރިންގެ ނަމުގައި އިސްލާމީ މުޅިއުންމަތަށް ރައްދުކުރަމެވެ. ޚާއްޞަ ގޮތެއްގައި ލަންދޫއިންފޯގެ ކިޔުންތެރިންނާއި ދިވެހިރާއްޖޭގެ އަޚުންނާއި އުޚުތުން އަދި ލަންދޫގެ ލޮބުވެތި ރައްޔިތުންނަށް ޢީދުގެ ހެޔޮ އެދުންތައް ތަކުރާރު ކުރަމެވެ.

މިއަހަރުގެ ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަމުންދާ ދަޑިވަޅެއްގައެވެ. އަދި ހަމައެހެންމެ އިސްލާމީ ދުނިޔެއައަށްވެސް ގިނަގުނަ ގޮންޖެހުން ތަކެއް ކުރިމަތުން ކުރުވަމުންނެވެ. އެގޮތުން އިސްލާމީ ޤައުމެއް ކަމަށްވާ ސޫރިޔާއާއި އަދި ގިނަޢަދަދެއްގެ މުސްލިމުން ދިރިއުޅެމުން އަންނަ ބަރުމާގައި މުސްލިމުންނާއި، ދެކޮޅަށް ބޮޑަތި ޖަރީމާތަކެއް ދަނީ ހިންގަމުންނެވެ. ސޫރިޔާގެ ވެރިކަން ރައްޔިތުންނިކުމެ ބަދަލުކުރަމުންދާ ވަގުތެކެވެ. އަދި އެހެންވެސް އިސްލާމީ ބައެއް ޤައުމުތަކުގައި އެޤައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިގަމުންދާ ދުވަސްވަރެކެވެ. ޒަމާންވީ ޚުދުމުޚުތާރު ވެރިކަންތައް ބަދަލުވެ ޑިމޮކްރަސީގެ ކުލަތައް އިސްލާމީ އުދަރެހުން ފާއްދާލަމުންދާ ވަގުތެއްވެސް މެއެވެ.

ހަމައެއާއެކު ފާހަގަކޮށްލަން ޖެހެނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި އިޖްތިމާޢީ ހާލަތުގެ ވާހަކައެވެ. ރާއްޖޭގެ އިޤްތިޞާދު ދަށަށްގޮސް ތަކެތީގެ އަގުތައް އުފުލި އިންފްލޭޝަން މައްޗަށް ދަމުންދާ ދިއުން ނިމިގެންދިޔަ ރޯދަމަހުވެސްވަނީ އިތުރަށް މަތިވެފައެވެ. މިކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން އަޅަން ކަނޑައަޅާފައިވާ ފިޔަވަޅުތައް އެޅެންއޮތީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން އެކަންކަމަށް އާބަސް ލިބިގެންނެވެ. ރޯދަމަހަށް ޚާއްޞަކޮށްގެން ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި ، އެސްޓީއޯ އިން ގެނައި ފިޔާ އަލުވި ގެނައުމުންވެސް އަގަކަށް މާބޮޑު ލުޔެއް ލިބިފައެއް ނުވެއެވެ.

ފިޠުރު ޢީދަކީ ރާއްޖޭގައި މާކުލަގަދަ ގޮތެއްގައި ޢީދު ފާހަގަ ކުރާ ދުވަހެއް ނޫނެވެ. ގިނަ މީހުން ޢީދު ދުވަހަށްފަހު ޖެހިގެން އަންނަ ދުވަހުން ފެށިގެން ހަރޯދަ ހިފަން ފަށައެވެ. ދީނީ ޢިލުމުވެރިން ވިދާޅުވާ ގޮތުގައި ސައްވާލުމަހުގެ ހަރޯދަ ހިފައިފި މީހަކަށް އެއް އަހަރު ދުވަހު ރޯދަ ހިފުމުން ލިބޭ ސަވާބު ލިބޭނެއެވެ. ކީރިތި ރަސޫލާގެ ނަބަވީ އިރުޝާދާއެކު ސައްވާލު މަހުގެ ހަރޯދަ ހިފުމަށް އަމިއްލަ ނަފްސުތައް ތައްޔާރުކުރަންވީ ދުވަހަކީ މިއީއެވެ. އަޒުމް ކަނޑައަޅަންވީ ވަގުތަކީ މިއީއެވެ. އަދިވެސް އެއްފަހަރު ފިޠުރު ޢީދުގެ ތަހުނިޔާ އަރިސް ކުރަމެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދަނީ

ނ.މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދުމަށް، މަގޫދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މި ބަށިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް …

ޚިޔާލެއްދެއްވާ

avatar
wpDiscuz