ފިޓްނަސް ކޯޗިންގ ކޯހެއް ހިންގަނީ

ދިވެހި ފައިބޯޅަ އިދާރާއިން  އޭ އެފް ސީ ފިޓްނަސް ކޯޗިންގ ކޯހެއް ހިންގުމަށް އިއުލާނުކޮށްފިއެވެ.

A1 ސަނަދު ފެންވަރު ގެ މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ، އަންނަ ފެބްރުަރީ 17 އިން 21 ށެވެ. ފަސްދުވަހަށް ދެމިގެންދާ މިކޯސް އޮންނާނީ މާލޭގައެވެ.

ކޯހުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 15 ޖެނުއަރީ 2018 އެވެ. ދިވެހި ފައިބޯޅަ އިދާރާއިން މިކޯހަށް އެދޭ ފޯމް ލިބިވަޑައިގަންނަވާނެއެވެ. ކޯހަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ވަކި ޝަރުތެއް ހާމަކުރައްވާފައި ނުވެއެވެ.

އާސީޒަން ފެށެންވާއިރަށް، ރަސްމީ ފައިބޯޅަ ދަނޑުގެ ސިޑިބަރިތަކުގައި އެއްކޮން ގޮނޑިޖެހުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. ސީޒަން ފެށުމަށް ކުޅޭ ‘ޗެރިޓީ ޝީލްޑް” މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 6 ގައެވެ.

ލިޔުނީ: ލޭފަވެތި

ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz