ފިނޭންސް މިނިސްޓަރ ކަމަށާއި،ފޮރިންގ މިނިސްޓަރު ކަމަށް ބޭފުޅުން ހަމަޖައްސަވައިފި.

މިހާރުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ ކަމަށާއި،ފޮރިންގ މިނިސްޓަރު ކަމަށް ބޭފުޅުން ހަމަޖައްސަވައިފިއެވެ.

ރައީސް ޑރ. މުޙަންމަދު ވަޙީދު އެ މަނިކުފާނުގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރ ކަމަށް ހަމަޖެއްސެވީ ޢަބްދުﷲ ޖިހާދު އެވެ. އަދި ފޮރިންގ މިނިސްޓަރު ކަމަށްހަމަޖެއްސެވީ ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ.

ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރކަން ވެސް ކުރައްވާފައިވާ ޢަބްދުﷲ ޖިހާދާއި، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ޑރ. ޞަމަދު މިނިސްޓަރުކަމުގެ ހުވާ ކުރެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައެވެ. އިޤްތިޞާދީ ތަޖުރިބާކާރެއް ކަމުގައިވާ ޢަބްދުﷲ ޖިހާދު ފިނޭންސް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތީ އޭނާ އަދާކުރައްވަމުން ގެންދެވި ސިވިލްސާވިސް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހުގައެވެ.

ރައީސް ޑރ. ވަޙީދުގެ ކެބިނެޓަށް ޖިހާދާއި ޑރ. ޞަމަދު އައްޔަން ކުރެއްވުމުން ކެބިނެޓްގައި މިހާރު ހުހަށް އޮތީ ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމު އެކަންޏެވެ.

ޑރ. ވަހީދު ވަނީ ގައުމީ އެއްބައިވަންތަ ސަރުކާރެއް އުފެއްދެވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި އެމްޑީޕީ ބައިވެރިކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް މިހާތަނަށް އެމްޑީޕީން އެކަމަށް އެއްބާރުލުން ދީފައެއް ނުވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz