ފާޚާނާތެރޭގައި 932 ދުވަސްވަންދެން ދިރިއުޅުނު އަންހެނެއް.

އަންހެންމީހާ ދިރިއުޅުނު ކަމަށްބުނާ ފާޚާނާގެ ފޮޓޯއެއް

ޢުމުރުން 58 އަހަރުގެ ސިންގަޕޫރު އަންހެނަކު ދެއަހަރަވުރެ ގިނަދުވަސްވަންދެން އޭނާގެ ކޮޓަރީގެ ފާޚާނާތެރޭގައި ދިރިއުޅެފިއެވެ. ކެއުމާއި ނިދުންވެސް އަދި އެހެނިހެން ކަންކަންވެސް އޭނަކުރަނީ ފާޚާނާގެ ތެރޭގައި ކަމަށްވެއެވެ.

ނޫސްވެރިންނަށް މިކަން ސާފުކޮށްދީފައިވަނީ މިއަންހެންމީހާގެ ފިރިމީހާއެވެ. އޭނަ ބުނެފައިވަނީ އޭނަގެ އަންހެނުންނަކީ ޑިޕްރެޝަން ތަހައްމަލު ކުރާ އަދި ސިކުޑީގެ ބަލިހުންނަ މީހެއްކަމަށެވެ.

ޢުމުރުން 64 އަހަރުގެ ފިރިމީހާ ކިޔަދީފައިވާގޮތުން އޭނަގެ އަންހެނުން ގެ ދިރިއުޅުން ދެއަހަރަށްވުރެ ގިނަދުވަސްވަންދެން ފާޚާނާތެރޭގައި ވޭތުކުރަން ޖެހުނީ ކޮންމެވެސް މީހަކު ނުވަތަ ގުރޫޕަކުން މަގުމަތިން އޭނައަށް ފާރަލައިގެން ފަހަތުން އަޅުވާލައިގެން އުޅުމުން އޭނަމާބޮޑަށް ބިރުން ގޮސްކަމަށެވެ. ފިލަންވެގެން ފާޚާނައަށް ވަންމީހާ ދެންއެއްގޮތަކަށްވެސް ނުނެރެވުނީކަމުގައި އޭނާ ކިޔައިދީފައިވެއެވެ.

ފާއިތުވި ގިނަދުވަސްތައް ވަރަށް ހިތްދަތި ވޭނުގައި ދެމަފިރިން ހޭދަކުުރުމަށްފަހު އަންހެންމީހާ ފާޚާނާއިން ނެރެވިފައިވަނީ 25 މެއި 2009 ގައި ކަމަށާއި، އަންހެންމީހާ އަށް ހިތްވަރުދީ އޭނަގެ ދިރިއުޅުން އަލުން ނަގާކޮޅަށްޖެހޭތޯ ފިރިމީހާއާއެކު އެހީތެރިވިދިނީ ފުލުހަކާއި، އެންމްބިއުލަންސް ދުއްވާ ޑުރައިވަރެއްކަމަށް ފިރިމީހާ ކިޔައިދީފައިވެއެވެ.

އަދި އަންހެންމީހާގެ ފިކުރު ބަދަލުކޮށް ހިތްވަރުދީ އަލުން އޭނާ ހަމަމަގަށް އެޅުވޭތޯ މިހާރު އެފަދަ ކަންކަމަށްޚާއްޞަކައުންސިލިން ދޭ އިންސްޓިޓިއުޓަކަށް ފޮނުވާކަމަށާއި، ދުވަހެއް ދުވަހަކަށް އަންނަނީ އަންހެނުންގެ ހާލަތު ރަގަޅުވަމުންކަމަށް އޭނާބުނެފައިވެެއެވެ.

މިޚަބަރު އިންޓަރނެޓްގައި ގެނެސްދީފައިވާ ނޫސްވެރިޔާ ބުނެފައިވަނީ އެ އަންހެންމީހާ ނޯމަލް ދިރިއުޅުމަކަށް ގެނެވުނީތީ އޭނާ އެކަމާއުފާކުރާކަމަށެވެ. އެހެނެއްކަމަކު ފާއިތުވި ދިގުމުއްދަތުގައި ފިރިމީހާގެ ދިރިއުޅުން އަންހެންމީހާއާއިއެކު ހޭދަކޮށްފައިވާނީ ހާދަހާ ހިތްދަތި ނިކަމެތި ގޮތެއްގައި ކަން އިޙްސާސް ކުރެވޭކަމަށެވެ. އަދި ފާޚާނާއެއްގެ ތެރޭގައި ދިރިއުޅޭ އަންބަކާއެކު އެހާގިނަދުވަސް ވަންދެން ކެތްތެރިކަމާއެކު ދިރިއުޅޭވީ ވަރަށް ކެތްތެރި އިޚްލާޞްތެރި ވަފާތެރި ފިރިއަކަށް ކަމާމެދު ޝައްކު ނުކުރާކަމަށްވެސް ނޫސްވެރިޔާ ލިޔެފައިވެއެވެ.

މަސްދަރު: އޮޑިޓީސެންޓްރަލް

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

ޕްރައިމަރީގައި ވާދަކުރެވޭނީ ރައީސްކަމަށް ކުރިމަތިލެވޭ ޝަރުތުތައް ހަމަވެގެން – އީސީ

ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންވީ …

ޚިޔާލެއްދެއްވާ

avatar