ފައިނަލް ބުރުކުޅުމަށް ލަންދޫ ޓީމު މާދަމާ ފުރަނީ

bbbbb

މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލް ބުރުގެ ކުޅުމަށް ލަންދޫ ފުޓްބޯޅަ ޓީމް ތ.ތިމަރަފުއްޓަށް މާދަމާ ފުރުމަށްވަނީ ހަމަޖެހިފައެވެ.ތ.ތިމަރަފުއްޓަށް ދިޔުމަށްޓަކައި ޓީމު ފުރަތަމަ ދިޔުމަށް ހަމަޖެހިފައިވަނީ ލަންދޫ ބޯޓުގައި މާލެއެވެ. މާލެއިން ތިމަރަފުއްޓަށް ދިޔުމަށް ހަމަޖެހުފައިވަނީ އަންނަ އަންގާރަ ދުވަހު ތިމަރަފުށީ ބޯޓުގައެވެ.

” ޓީމު މާދަމާ ލަންދޫ ބޯޓުން މާލެ ދާނީ . ތިމަރަފުށީ ބޯޓާއި ވާހަކަ ދައްކައިފިން. އަންގާރަ ދުވަހު ތިމަރަފުއްޓަށް ދެވޭނެ. ތިމަރަފުއްޓަށް ދިޔުމަށް 13 ގަޑިއިރުނަގާނެ ” ކަމަށް ލަންދޫ ކައުންސިލް މެމްބަރ އިބްރާޙިމް ސައުދު ވިދާޅުވިއެވެ.

ޒޯން ފައިނަލް ބުރަށް ލަންދޫ ޓީމު މާދަމާ ފުރާއިރު ޓީމުގެ މެނޭޖްމެންޓަށް ވަނީ ވަރަށް ބޮޑެތި ބަދަލުތައް އައިސްފައެވެ. ޓީމުގެ ކާމިޔާބު ކޯޗް އަހުމަދު ޝަރީފް އާއި ހިންގުންތެރި މެނޭޖަރ މުހައްމަދު ސުޖާޢު އަށް ޓީމާއި އެކު ނުދެވެއެވެ. ޓީމުގެ ކޯޗަކަށް މިހާރު ހުންނެވީ އެސިސްޓެންޓް ކޯޗް އަހުމަދު ރަޝީދު (ލައިބް) އެވެ. އަދި މެނޭޖަރަކަށް ހުންނެވީ ކުރީގެ އެސިސްޓެންޓް މެނޭޖަރ އަބުދުއްﷲ ނާޝިދު (ނާއްޕޭ ) އެވެ. އޮފިސަލުންގެ ގޮތުގައި ދިޔުމަށް ހަމަޖެހިފައިވަނީ އަހުމަދު އިލްހާމް (ޔޭރީ) އާއި މުހައްމަދު ރައްޒާން ނެވެ.

ފައިނަލް ބުރަށް ޓީމު ވަރުގަދަ ކުރުމަށްޓަކައި ރަށުން ބޭރު 4 ކުޅުންތެރިން ޓީމަށްވަނީ ގެނެސްފައެވެ. އެއީ މިލަންދޫ ޓީމަށް މޮޅު ކުޅުމެއް ދެއްކި އިބްރާހިމް ސާއިދު ( އޮސްކާ ) ޢައި އިބްރާހިމް ސިޔާމް (ބިއްލަ) އެވެ. އަދި ޑިފެންސްލައިން ވަރުގަދަ ކުރުމަށް ފުނަދޫ ޓީމުގެ އުއްމީދީ ޑިފެންޑަރ އާދަމް ފަތުހީ (ފަތޭ) ވެސް ވަނީ ގެނެސްފައެވެ. ލަންދޫ ޓީމުގެ ގޯލް ކީޕަރ ޝާރިފް މުހައްމަދު އެންޖެރީގައި ހުރުމުގެ ސަބަބުން ގޯލް ބަލަހައްޓާނީ ހޮޅުދޫ ޓީމުގެ ކީޕަރ މުހައްމަދު ޝާއިޢު (ސަޖިކޯ) އެވެ.

aripp

ލަންދޫ ޓީމު ހިމެނެނީ ގްރޫޕް2 ގައެވެ.މިގުރޫޕްގެ މެޗުތައް ތ. ތިމަރަފުށީގައި ކުޅުމަށް ހަމަޖެހިފައި ވާއިރު އެ ގްރޫޕްގައި ތިމަރަފުށީގެ އިތުރުން ހިމެނެނީ، ބ. އޭދަފުށި، ނ. ލަންދޫ، އަދި ހދ. ހަނިމާދޫއެވެ.

ފައިނަލް ބުރުގެ މެޗުތައް މިމަހުގެ 28 ވަނަ ދުވަހު ފަށާއިރު، ގްރޫޕް 1ގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކުޑަހުވަދުއާއި މަހިބަދޫއެވެ. ހަމަ އެދުވަހު، ގްރޫޕް 2ގެ ފުރަތަމަ މެޗުގައި ވާދަކުރާނީ، ތިމަރަފުއްޓާއި ލަންދޫއެވެ.

ގްރޫޕް-1:

 • 28-10-2016: ކުޑަހުވަދޫ – މަހިބަދޫ
 • 29-10-2016: ފޭދޫ – ދެއްވަދޫ
 • 31-10-2016: ކުޑަހުވަދޫ – ދެއްވަދޫ
 • 01-11-2016: ފޭދޫ – މަހިބަދޫ
 • 03-11-2016: މަހިބަދޫ – ދެއްވަދޫ
 • 04-11-2016: ކުޑަހުވަދޫ – ފޭދޫ

ގްރޫޕް-2:

 • 28-10-2016: ތިމަރަފުށި – ލަންދޫ
 • 29-10-2016: އޭދަފުށި – ހަނިމާދޫ
 • 31-10-2016: ތިމަރަފުށި – ހަނިމާދޫ
 • 01-11-2016: އޭދަފުށި – ލަންދޫ
 • 03-11-2016: ލަންދޫ – ހަނިމާދޫ
 • 04-11-2016: ތިމަރަފުށި – އޭދަފުށި

މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

ސެމީގެ ފުރަތަމަ މެޗު، ކުޑަހުވަދޫގައި ނޮވެމްބަރު 7 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވާއިރު، އެ މެޗުގައި ވާދަކުރާނީ ގްރޫޕް 1ގެ އެއްވަނަ ޓީމާއި ގްރޫޕް 2ގެ ދެވަނަ ޓީމެވެ. އަދި ސެމީގެ ދެވަނަ މެޗު، ނޮވެމްބަރު 8 ވަނަ ދުވަހު ތިމަރަފުށީގައި ކުޅުމަށް ހަމަޖެހިފައި ވާއިރު، އެ މެޗުގައި ވާދަކުރާނީ ގްރޫޕް 2ގެ އެއްވަނަ ޓީމާއި ގްރޫޕް 1ގެ ދެވަނަ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ 21:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

 

ލިޔުނީ: ޔޫސުފު ޢަބުދުއްރަހީމް

ޔޫސުފު ޢަބުދުއްރަހީމް ( ޔޫއްޓޭ ) އަކީ ކުޅިވަރުގެ ޚަބަރުތައް ކަވަރު ކުރެެއްވުމުގައި އެފަދަ ދެވަނައެއްނެއް ޒުވާން ނޫސްވެރިއެކެވެ. އޭނާގެ ލިޔުންތައް ކުޅިވަރަށް ޚާއްޞަވެގެން ދިޔަނަމަވެސް މައުލޫމާތާއި އެހެނިހެން ޚަބަރުތައް ކަވަރުކުރެއްވުމުގައިވެސް އޭނާ ޙަރަކާތްތެރިވެލައްވައެވެ.

މިލިޔުންވެސް ކިޔާލާ

އެސެމްބްލީގައި ކުރެވިދާނެ ދުޢާއެއް (2)

الْحَمْدُ لِلَّهِ حَمْدًا كَثِيْرًا طَيِّبًا مُّبَارَكًا فِيْهِ , އަޅަމެންހައްދަވާ ގެންގުޅުއްވާ އިލާހު، އަޅަމެންގެ މާތްނަބިއްޔާ މުޙަންމަދު ރަސޫލުﷲ …

ޚިޔާލެއްދެއްވާ

avatar
wpDiscuz