ފަނޑިޔާރުމަގު ، އެމްޑީޕީމަގު ، ބަނދަރުމަގު ކޮށްމަގު

ލަންދޫގެ ތާރީޙްގައި މިޙާތަނަށް އެންމެ އަވަހަށް އެންމެ ރީއްޗަށް ހެދުނުމަަގަށް މީހުން ފަނޑިޔާރުމަގު ، އެމްޑީޕީމަގު އަދި ބަނދަރުމަގު ކިޔަމުންއަންނަކަމީ މި މަގަކީ މިއަދު ލަންދޫރައްޔިތުގެ ލޮލުގައި އެންމެބޮޑަށް އަޅައިގަންނަތަނަށް ވެފައިވާ ކަމުގެ ކުލަގަދަ ހެއްކެކެވެ.

ލަންދޫގައި އަލަށް ގޯތިދެވުނު ސަރަހައްދުގައި ލަންދޫކައުންސިލް ޢިދާރާގެ އިސްނެގުމަށް ހަދަންފެށުނު މަގުހެދުމުގެ މަސައްކަތުގައި މިހާރު މުޅިންވެސް ކަހަލަ ގޮތަކަށް ހަރަކާތްތެރިވަމުން އަންނަތަން ފެންނަނީ ލަންދޫކައުންސިލްގައި އެމްޑީޕީ ތަމްސީލްކުރައްވާ ހަމައެކަނި މެމްބަރ މުހައްމަދު ސުޖާއު ( ދޮންބޭބެ ) ހިމެނޭގޮތުން ލަންދޫ އެމްޑީޕީ ގޮތްޕަށް ނިސްބަތްވެ ލައްވާ ލަންދޫގެ އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. މިހެންވުމާއިއެކު ލަންދޫގައި ތިބި އެމްޑީޕީއަށް ނިސްބަތްވެލައްވާ ބައެއްމީހުން އެމަގަށް ކިޔަމުންގެންދަނީ އެމްޑީޕީ މަގެވެ.

ނަމަވެސް ލަންދޫކައުންސިލް ޢިދާރާއިން އިސްވެއޮވެ ހަދަންފެށި މިމަގަށް މާކުރިން ފަނޑިޔާރުމަގު ކިޔާނަންދީފައިވާކަމަށް ކައުންސިލް ޢިދާރާއިން މަޢުލޫމާތު ދެއްވައެވެ. ނަމަވެސް އެ މަގަށް ފަނޑިޔާރުމަގު ކިޔުނީ ކީއްވެގެންކަމެއް އެއިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ލަންދޫގައި ތިބި ލަންދޫއަށް ހެޔޮއެދޭ ، ހަމައާއި އިންސާފަށް ލޯބިކުރައްވާ ފަރާތްތަކުން ދެކިލައްވާ ގޮތުގައި ލަންދޫގައި އަލަށް މި ހެދުނު ހިތްގައިމު މަގަށް ކިއުން އެންމެ އެކަށީގެންވަނީ ” ބަނދަރުމަގު ” އެވެ. ސަބަބަކީ އެމަގަކީ ލަންދޫ ބަނދަރަށް ސީދާސީދަލަށް ދެވެންއޮތް ހަމައެކަނި މަގަށްވާތީއެވެ. އެމަގަށް ނިކުމެ ބަލާލުމުން ބަދަރުގައި އޮންނަ ދޯނިފަހަރުތައް ރީއްޗަށް ފެންނަން އޮންނާތީއެވެ. ހަމައެހެންމެ ރަށުގެ ގިނަބަޔަކު ބަނދަރަށް ދިއުމަށް އެމަގު ޚިޔާރު ކުރާތީއެވެ.

ދުނިޔޭގެ ޤައުމުތަކަށް ނަޒަރުހިންގާލާއިރުވެސް އެޤައުމުތަކުގެ ބޮޑަތި މަގުތަކަށް ނަންތައް ދެވިފައިވަނީ އެމަގެއްގައިވާ ހާއްޞަބިނާއަކަށް ނުވަތަ ތަނަކަށް ނިސްބަތްކޮށެވެ. މިގޮތުން ރާއްޖޭގެ ވެރިރަށް މާލެއަށް ބަލައިލިކަމުގައިވިޔަސް މިކަންތައް ވަރަށް ރަނަގަޅަށް ފެނިގެން ދެއެވެ. ” ސޯސަންމަގު ” ނިސްބަތްވެގެންވަނީ ” ސޯސަންގެ ” ގެ ކިޔާ މަޝްހޫރު ގެއަކަށެވެ. ” އަމީނީމަގު ” ނިސްބަތްވަނީ ރާއްޖޭގެ ޖުމުހުރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް ޢަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅަށެވެ.

މިހެންކަމާއިއެކު ލަންދޫގައި އަލަށް ހެދޭ މިހިތްގައިމު މަގަށް ” ބަނދަރުމަގު ” ނުކިޔަންވީ އެއްވެސް ސަބަބެއްނެތެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
ލަންދޫ ސޮރު
ލަންދޫ ސޮރު

ައަސްލު ތިމަގައްކިޔަންވީ އަތިރި އާ މަގު

ރިފޯރމް ލަންދޫ
ރިފޯރމް ލަންދޫ

މޫސަ ބޭނުން ނަން މޫސަ ތިބުނީ! އެކަމް ފަނޑިޔާރުމަގު ތިނަމަކީ އޮފީހުގެ އެއްމެ ބާރުގަދަ މެއްޑޯގެ ނަމެއް! އަސްލު މަށައްވެސް ފެންނަނީ ނަސީރު ނޫނީ ރައްޒާގްބެ ފަދަ ސަހުސިއްޔަތަކާ ގުޅުވައިގެން ނަންދޭން!

ހަމްނާ
ހަމްނާ

އެމް.ޑީ.ޕީ އޭ ކިޔާފިއްޔާ ހާދަ ބާރުވެޔޭ ދޯ ؟ ލަންދޫ އިންފޯ މީހުންނަށް އެމް.ޑީ.ޕީ އޭ ކިޔާފިއްޔާ ހަޖަމް ނުވަނީ ދޯ ދެން ލަލަލާ

އައިސަތު ފަހުމާ
އައިސަތު ފަހުމާ

ކުރިން އެމަގު ހަދަން އުޅުނީ ކައުންސިލް އިދާރާއިން ނަމަވެސް ކައުންސިލް އިދާރާއިން ގެނައި މީހުންތައް ރުއްކޮޅު ހިފައިގެން ދިޔައީ. އޭގެ ފަހުން ނައިސް އޮއްވާ އެމް ޑީ ޕީ މީހުން ރަންދެލި ރިސޯޓާއި ގުޅިގެން މިހާރު މަސައްކަތްތައް ކުރަނީ އެހެންވީމާ މަސައްކަތް ކުރާތާ އުޅޭނީ އެމްޑީޕީ މީހުންނެތްނޫންތަ ؟ ދޮންބެ އެހުންނަނީ ކައުންސިލް ގެ މީހަކު އެމަސައްކަތް ކުރާ އިރު ހުންނަން ޖެހޭތީ .

އަހްމަދު ލައިބް
އަހްމަދު ލައިބް

އެމަގަށް ކިޔަންވީ ހަމަ ބަނދަރުމަގު

ނީޑް ނަޕޯ
ނީޑް ނަޕޯ
ތިމަގަށް ފަނޑިޔާރު މަގު ކިޔަން ޖެހޭ ސަބަބެއް ނެތްކަންނޭގެ. އެހެންނަމަވެސް ބަނދަރު ކިޔަންޖެހޭކަމަށް ލިޔުންތެރިޔާ ދައްކާފައިވާ ސަބަބުތަކަކީ އެއްވެސް އޮއްޓަރެއް ހުރި ސަބަބު ތަކެއްނޫން. މާލޭގައި އޮންނަ ސޯސަންމަގަށް ސޯސަންމަގު ކިޔަނީ ސޯސަންގެ އެމަގުގައި ހުރުމުން އޭތި އޯކޭވެދާނެ. އެހެންނަމަވެސް އަމިނީ މަގު އެމަގަށް ކިޔާފައި އެވަނީކީ އަމީން ދީދީގެ އެއްވެސް ގުޅުމެއް އެމަގުގައި ހުރުމަކުންނޫން. އަމީން އަކީ ރާއްޖޭގެ ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ވެފައި އަދަބިއްޔާތަށް ، ޤައުމިއްޔަތަށް އަދި ދީނަށް ބޮޑެތި ޚިދުމަތްތަކެއްކޮށްދީފާވާ ބޭފުޅަކަށްވާތީ އެބޭފުޅާގެ ހަދާންތައް އާލާކުރުމުގެ ގޮތުން އެމަގަށް ނަންދެވިފައިއެވަނީ އެގޮތަށް. ދެން ހަމަ އެގޮތަށް ބޮޑުތަކުރުފާނު މަގު މުޅިމާލެ ވަޑައިގެންވާ މަގު އެމަގަކީވެސް މިފަދަ މަގެއް. ވީމާ ލަންދޫގައި ތިހަދާ މަގުތަކަށް ނަންދިނުމުގައި ބަލަންވީ މަށަށް ފެންނަގޮތުގައި އެކަހަލަ ކޮންމެވެސް ހަނަދާނެއް ދިރުވާ އާލާކުރެވޭނެ ގޮތަކަށް ގޮތަކަށް މިސާލަކަށް ތިމަގަށް ކިޔިދާނެ މާދުބުދުގެ މަގު ސަބަބަކީ މާބުދު ގެއަކީ ރާއްޖޭގެ އެހެން ރަށްރަށުގައި ނެތްތަނެއް… Read more »