ފަހުން ވިސްނުނެވެ !

ލިޔުނީ: އިބްރާޙިމް ޝާމިލް ( ސާމް ) / މޫރިތި – ނ.ލަންދޫ

ހުޅުވިފައިވާ ދޮރުފަތް މަޑުމަޑުން ލައްޕާލުމަށްފަހު ސީޒާ އައިސް އިށިއިނދުނީ އޭނާގެ އެކުވެރި ޔުމްނާގެ ކައިރީގައެވެ. އެ ދެކުދިންނަކީ އެއްކުލާހެއްގައި ކިޔަވަމުންދާ ދެކުދިންކަމުން، އެކަކު އަނެކަކުގެ މިޒާޖު ވަރަށް ރަނގަޅަށް އޮތީ ދަސްވެފައެވެ. ސީޒާއަކީ މީހުންނާ ނުގުޅޭ އަމިއްލަ ވަންތަކަމަށް ލޯބިކުރާ ކުއްޖެކެވެ. އެއާ ހިލާފަށް ޔުމްނާއަކީ ހިތްހެޔޮ އެހެން މީހުންނާއި ގުޅޭ އަޙްލާޤު ރަނގަޅު ކުއްޖެކެވެ.

އެދެކުދިން ކިޔަވާ ނިމުމަށްފަހު ވަޒީފާގެ މައިދާނަށް ނިކުންނަން ބޭނުންވިއެވެ. ނަސީބު ދިމާކުރިގޮތުން ދެ ކުދިންނަށްވެސް ވަޒީފާ ލިބުނީ އެއް އޮފީހަކުންނެވެ. އޮފީހުގެ މަސައްކަތުގައި ވަގުތުތައް ހޭދަ ކުރަމުން ދިޔައީ ދެ އެކުވެރިންވެސް ވަރަށް ހިތްހަމަ ޖެހިގެން ތިބެއެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރެއިން ސީޒާގެ ރުޅިގަނޑު ގަދަވާ ދުވަސްތައް އާދެއެވެ. ސަބަބަކީ ކުޑައިރުގެ އާދަތައް އަދިވެސް އޭނާގެ ކިބައިން ފިލައިގެން ނުދާތީއެވެ.

ސުކޫލަށް ދިޔަ ދުވަސް ވަރުވެސް ސީޒާއަކީ މަދުންނަމަވެސް ގަޑިޖެހިގެން ކުލާހަށް ވަންނަ ލިސްޓުގައި ނަން ހިމެނިފައިވާ ކުއްޖެކެވެ. އެއާއި ހިލާފަށް ޔުމްނާ އަކީ ގަޑިން ގަޑިޔަށް ބަރާބަރަށް މަސައްކަތް ނިއްމާ ކުއްޖަކަށް ވުމުން، މިކަން އޮފީސް ތެރެއިން ވެސް ފާހަގަ ކުރެވެއެވެ. އެގޮތުން އެހެން މުވައްޒަފުންގެ އިޙްތިރާމާއި އެހީތެރިކަން އެނާއަށް ދިޔައީ ލިބެމުންނެވެ. އޮފީހުގެ އިސްވެރިންގެ ކުރިމަތީގައި އޭނާގެ މަޤުބޫލުކަން ދެގުނައަށް އިތުރުވިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އާ އަހަރެއް ފެށުނީއެވެ. އެހެން އަހަރުތަކަކޭ އެއްފަދައިން މި އަހަރުވެސް ޙާއްސަ ހަފުލާއެއް އޮފީހުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެވެ. ގަޑިން ރޭގަނޑު އަށެއް ޖެހުމާއި އެކުހެން ޖަލްސާ ފެށިއްޖެއެެވެ. ޔުމްނާއި ސީޒާ ވެސް ވަރަށް ނަލަ ހެދިލައިގެން އައިސް އިންތިޒާރުގައި ތިބީ މަޤާމުގެ ކުރިއެރުން ލިބޭނީ ކޮން ބަޔަކަށް ތޯ އިއުލާނުކުރާނެ އިރަކަށެވެ.

މާލަސްތަކެއް ނުވެ ނަންތައް އިޢުލާން ކުުރަން ފެށިއެވެ. އޭގެ ތެރޭގައި “ސޭލްސް އެންޑު މާރކެޓިންގެ މެނޭޒަރުގެ ނަން އެހޯލު ތެރޭގައި ގުގުމާލިއެވެ. އެއީ އުމްނާގެ ނަމެވެ. އެހިނދު އުމްނާ ހުރީ ހައިރާންވެފައެވެ. އެކަމަށް އުއްމީދު ނުކޮށް ހުރީމައެވެ. އޭނާ އެވަގުތު ސީޒާއާއި ދިމާއަށް ބަލައިލިއެވެ. އޭނާއަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ހުރީ މޫނު މަތިން ފޫހިކަމާއި ނުތަނަވަސްކަން ފެންނާށެވެ. ޖަލްސާ ނުނިމެނީސް އޭނާ އެތަނުން ނިކުމެގެން ހިނގައްޖެއެވެ.

އެރޭގެ ފަހުން ސީޒާގެ ހިތުގައި ޔުމްނާއި މެދު ހަސަދަވެރިކަމުގެ އަލިފާން ރޯކުރެވުނެވެ. އޭނާ އުޅެނީވެސް އުމްނާއި މާ ދުރުދުރުންނެވެ. އެކުވެރި މިތުރު ބަދަލުވީ ހަތުރަކަށެވެ. ސީޒާ މިހާރު މަސައްކަތް ކުރަމުން ދަނީ ޔުމްނާއަށް ކެއްސެއް ދިނުމަށެވެ.

އެއްދުވަހަކު ޔުމްނާ އިނީ “މީޓިންނަށް” ގެންދަން ޖެހޭ ބިލުތަކެއް ނިންމާށެވެ. ކުއްލިޔަކަށް އޮފީހުގެ މަސައްކަތު މީހާ އައިސް އޭނާއާއި ބައްދަލުކުރަން ކުއްޖަކު ހުރި ވާހަކަ ބުންޏެވެ. އެވަގުތު ބަލައިފަ ސީޒާ ޔުމްނާގެ މޭޒުކައިރިޔަށް ދިޔައެވެ. ކުޑައިރުކޮޅެއް ފަހުން ޔުމްނާ އޮފީހަށް ވަދެ މަސައްކަތް ނިއްމާލުމަށް ފަހު ބިލްތައް ހިފައިގެން މީޓިންނަށް ދިޔައެވެ. ހުރިހާ މުވައްޒަފުން ހަމަވުމާއި އެކު ބައްދަލުވުން ފެށިއްޖެއްވެ. އުމްނާގެ ބިލުތައް ހަދާފައިވަނީ ގޮސްކޮށް ކަމަށް ޑިރެއްޓަރ ބުނުއްވިއެވެ. އެހިނދު އޭނާ ވަރަށް ލަދުގަތެވެ.

ނަމަވެސް އޭނާއަށް ފުރިހަމަ ޔަޤިންކަން އޮތެވެ. އެހެންކަމުން އޭނާ އެބިލުތައް އަލުން ބަލައިލިއެވެ. އެނާ ވަގުތުން ހައިރާންވިއެވެ. އެހިނދު ސިޒާގެ ތުންފަތްމަތިން ވިހަ ހިނިތުންވުން ޔުމްނާގެ އެކުވެރި ލުބުނާއަށް ފެނުނެވެ. ސީޒާ ޔުމްނާގެ މޭޒުކައިރީގައި އެ ބިލްތައް ހިފައިގެން ހުރިމަންޒަރު އެނާ ހަނދާންވިއެވެ. ލުބުނާ ކޮޅަށް ތެދުވުމަށް ފަހު ބުންޏެވެ. “މިހުރިހާ ކަމެއްގެވެސް ނުބަޔަކީ ސީޒާއެވެ”.

 ޑިރެކްޓަރު ސީޒާކުރި ވިޔާނުދާ އަމަލުގެ ސަބަބުން އޭނާ ވަޒީފާއިން ވަކިކުރިއެވެ. އެނާ ވަޒީފާއަށް ފަރުވާ ކުޑަކުރުމުގެ ސަބަބުތަކާއި އެކުވެސް މެއެވެ. ސީޒާއަށް ފަހުން ވިސްނުނެވެ. ހުރިހާކަމެއްގެ އަސްލަކީވެސް ހަސަދަވެރިކަމެވެ. އޭނާ ފަހުން ޔުމްނާގެ ކިބައިން މާޢާފަށް އެދުނެވެ. މަޢާފު ލިބުނެވެ. ނަމަވެސް އެ ވަޒީފާއެއް އަލުން ނުލިބުނެވެ.( ނމނ)

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
mohamma
mohamma

ސާމްގެ ކޮންމެ ވާހަކައަކީވެސް ވަރަށް އިބުރަތްތެރި ވާހަކައެއްކަން ފާހަނގަކޮށްލެވޭ ، މައްސަލައަކީ ވާހަކަތައް ގެނެސްދޭލެއް ތަންކޮޅެއް ދޭތެރެ ދުރުވުމާއި އަދި ވާހަކަތައް ނިންމައި ނުލެވުން ކުރިމަގުގައި މިހެން ނުވާނެކަމަށް އުއްމީދުކުރަން

ބަބުރު
ބަބުރު

ވަރަށް ސަޅިވާހަކައެއް ދެން އަނެއްބައި ކޮން އިރަކުންބާ؟

wpDiscuz