ފަހަތުން އަރާ ލަންދޫޓީމް މޮޅުވެއްޖެ

ލަންދޫގައި މިއަހަރު ކުޅެވުނު އެކުވެރިކަމުގެ 5 ވަނަ މެޗުގައި މިއަދުހަވީރު ލަންދޫ ޒުވާނުންގެ ދަނޑުގައި ކުޑަފުނަފަރު ރިސޯރޓްގެ ޓީމާއި ބައްދަލްކޮށް ކުޑަފުނަފަރުގެ ޓީމް 1 ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑުޖަހައިގެން ލަންދޫގެ ޓީމް މޮޅުވެއްޖެއެވެ.

މިއަދުގެ މެޗުވެގެން ގޮސްފައިވަނީ މިފަހަކަށް އައިސް ލަންދޫގައި ކުޅެވުނު އެންމެފޯރި ގަދަ މެޗުގެ އިތުރުން ލަންދޫ ޓީމަކަށް ކުޑަފުނަފަރު ރިސޯރޓްގެ ޓީމެއްގެ އަތުން މޮޅުވެވުނު އެންމެފުރަތަމަ މެޗުކަމުގައެވެ. މި ދެޓީމް ތިންފަހަރެއްގައި ބައްދަލްކޮށްފައިވާ އިރު މިތިންމެޗުވެސް ކާމިޔާބު ކޮށްފައިވަނީ ކުޑަފުނަފަރުގެ ޓީމެވެ. މިދެޓީމް އެންމެފަހުން ބައްދަލްކޮށްފައިވަނީ 2010 ވަނަ އަހަރުގެ ޖޫންމަހުގެ 5 ވަނަ ދުވަހުއެވެ. އެމެޗް ކުޑަފުނަފަރުގެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ.

ނ.އަތޮޅުގެ އެކިރަށްރަށަށް ނިސްބަތްވާ ނަންމަޝްޙޫރު ކުޅުންތެރިންތަކެއް ހިމެނޭ ކުޑަފުނަފަރު ރިސޯރޓްގެ ކޮޅަށް ލަންދޫ ޓީމުން ލަނޑު ޖަހައިދީފައިވަނީ މިއަހަރު މިހާތަނަށް އެކުވެރިކަމުގެ މެޗުތަކުގައި ޖުމުލަ 4 ގޯލްޖަހައިގެން މިވަގުތައް އެންމެ ގިނަގޯލްޖެހި ކުޅުންތެރިންގެ ލިސްޓްގެ އެންމެކުރީގައި އުޅޭ މުޙައްމަދު ސަމާޙް ސަމައްޓޭ އާއި މިއަދުގެ މެޗުގައިވެސް ރަނގަޅު ކުޅުމެއް ދެއްކި ނިމިދިޔަ އަހަރު ” ލަންދޫ އިންފޯ ” އިން ހޮވި އަހަރުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ ޔޫސުފް ޢަބުދުއްރަޙީމް ޔޫއްޓޭއެވެ.

މިއަދުގެ މެޗުގައި ލަންދޫޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ޔޫއްޓޭ އާއި ޖަވާ އާއި ޞަބާޙް އާއި ސަންމޫނުގެ އިތުރުން ސަމައްޓޭއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މަގޭ ރަށް – ސާފު ލަންދޫ ޝިޢާރުގެ ދަށުން ލަންދޫ ސާފު ކުރުމުގެ ބޮޑު ޙަރަކާތެއް މިއަދު ހިންގައިފި

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ 2017 ކުލަގަދަގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މަގޭ ރަށް – ސާފު ލަންދޫގެ ނަމުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz