ފަހަތުންއަރާ ވެލިދޫ އިން ލަންދޫ ހިފަހައްޓައިފި

velidhooމިހާރު ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު މެޗުގެ ފުރަތަމަ ހާފު ކުރީކޮޅު ލަންދޫއެފްސީ އިން 2 ލަނޑު ޖަހާފައިވަނިކޮށް މެޗުގެ ފަހުހާފުގެ ފަހުވަގުތު ކޮޅު ވެލިދޫއިން 2 ލަނޑުޖަހާ ލަންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު މުޅިންކަހަލަ ގޮތަކަށް ގިނަވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅެފައިވަނީ ލަންދޫ އެފްސީ އިން ކަމުގައި ވީނަމަވެސް މެޗުގެ ފަހުހާފުގައި މުޅިންކަހަލަ ގޮތަކަށް ކުޅެފައިވަނީ ވެލިދޫ ޓީމުންނެވެ. މިއަދުގެ މެޗުގައި ލަންދޫޓީމަށް ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ސަމާޙް (ސަމައްޓޭ) އާއި ނަޢުޝާދު އަބްދުއްރަޙީމް (ނާގޭ) އެވެ. މިއަދުގެ މެޗުގެ މޮޅުކުޅުންތެރި އަކަށް ހޮވިފައިވަނީ ލަންދޫޓިމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙީމް (ޔޫއްޓޭ ) އެވެ.

މިއަދުގެ މެޗުގެ ނަތީޖާ ނިކުތްގޮތުން ގްރޫޕް އޭގައި ވާދަކުރާ މި ދެޓީމަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު މުޅިން ކަހަލަގޮތަކަށް ބަންދުވީއެވެ. މި މުބާރާތުގައި މިހާތަނަށް ގްރޫޕް އޭގައި ހިމެނޭ ކޮންމެ ޓީމެއް 2 މެޗު ކުޅެފައިވާއިރު ގްރޫޕްގެ އެންމެ ކުރީގައިވަނީ ކުޅުނު ދެމެޗުން މޮޅު ޖުމުލަ 6 ޕޮއިން ހޯދައިގެން ކުޑަފަރީ އެފްސީ އެވެ. ގްރޫޕްގެ ދެވަނާގައިވަނީ ކުޅުނު ދެމެޗުން 1 މެޗު ކާމިޔަބު ކޮށް 3 ޕޮއިންޓާއި އެކު މާފަރު އެފްސީ އާއި މަގޫދޫ އެވެ. މިގްރޫޕުގައި ހިމެނޭ އަނެއް ދެޓީމުކަމަށްވާ ލަންދޫ އެފްސީ އަށާއި ވެލިދޫ އަށް ލިބިފައިވަނީ ހަމަ އެންމެ ޕޮއިންޓެކެވެ.

މި މުބާރާތުގައި މަދަމާ ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް – ބީ ގެ ބޮޑު ދެބާރުންގެ ގޮތުގައި ބެލެވޭ އެންމެފަހުގެ ޗެމްޕިއަން ހޮޅުދޫ އާއި ހެނބަދޫ އެވެ. މާދަމާގެ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:50 ގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz