މޯބައިލް ފޯނުގެ “ހެޑްސެޓް ޖެކް” ނުހިމަނާ ފުރަތަމަ ފޯނެއް އުފެއްދީ ކޮންބައެއް؟

އެޕަލް އައި ފޯނަކީ ފޯނުގެ ދުނިޔެއަށް ވަރަށް އާ ކަންތައްތަކެއް ގެނެސް ދިން ފޯނެކެވެ. އާ  ޓެކްނޮލޮޖީގެ ފަސޭހަތަކާއެކު 2 ޖަނެރޭޝަނެއްގެ ފޯނު ބާޒާރަށް ނެރެފައިވެއެވެ. 2 ޖީ އައި ފޯނާއި، 3 ޖީ އަދި 4 ޖީ އައި ފޯނުވެސް ބާޒާރަށްނެރެ، ވަރަށްގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވެއެވެ. މި އުފެއްދުން ތަކާއެކު އަދިވެސް ގެންދަނީ އެކުންފުނީގެ އާއީޖާދުތައް ދުނިޔެއަށް ތަޢާރަފްކުރަމުންނެވެ. ހަމައެއާއެކު ވާދަވެރި އެހެންކުންފުނިތަކުންވެސް ގެންދަނީ އެޕަލްއަށް ދޫނުކޮށް މުޅިން އާކަންތައްތައް ތަޢާރަފްކުރަމުންނެވެ.

އެޕަލް ކުންފުނިން ދާދިފަހަކުން ނެރެފައިވާ އައިފޯން 7 އަކީ ވެސް ވަރަށް ބޮޑެތި ތަފާތުތަކާއެކު ގިނަބައެއްގެ ސަމާލުކަން އެފޯނަކަށް ހޯދުމަށްފަހު ނެރެފައިވާ ފޯނެކެވެ. އެފޯނުގެ ގިނަފީޗަރސް ތައް ތަފާތުވެފައި ކޮލިޓީއެވެ. އޭގެ ތެރެއިން އައިފޯން 7 ގައި އެންމެ ޚާއްޞަ އެއްސިފައަކީ ހެޑްސެޓްޖެކް 3.5mm ޖަހާނެ ލޯވަޅެއް ނީންދެއެވެ. އެއީ ގިނަބަޔަކު އެކަމާ އުފާކޮށް އަދި ހައިރާންކަމެއް ގެނުވިކަމަކަށް ވަނީ ވެފައެވެ. އެފޯނުގައިވަނީ ހެޑްސެޓް ބޭނުންކުރުމަށާއި، ޗާޖް ކުރުމަށް އެއް ޕޯޓަކުން ބޭނުންކުރެވޭ ގޮތަށް ޔޫއެސްބީ ޖެކް ޖެހޭ ގޮތަށް ފަރުމާ ކޮށްފައެވެ.

އައިފޯނުގައި މިގޮތަށް ހެޑްސެޓްޖެކް ޖަހާނެ ލޯވަޅު ނުހިމަނާ އެފޯނު އުފެއްދުމުން ބައެއް މީހުން ހީކުރީ މިއީ އެގޮތަށް އުފެއްދި ފުރަތަމަ ފޯނުކަމުގައެވެ. އެހެންނަމަވެސް ދަންނަވަން ޖެހެނީ މިއީ އެގޮތަށް އުފެއްދި ފުރަތަމަ ފޯނު ނޫންކަމުގައެވެ. އެޕަލް ގެ އައިފޯނަށް މިބަދަލު ގެނައުމުގެ 4 އަހަރު ކުރިން މިގޮތަށް ފުރަތަމަ އުފެއްދި ފޯނަކީ ސިންގަޕޫރުގެ މަޝްހޫރު ކުންފުންޏެއްކަމުގައިވާ “ރޭޒަރ” ކުންފުނިންގ އުފެއްދި ފޯނެކެވެ. ރޭޒަރ ކުންފުންޏަކީ ގޭމް އުފެއްދުމާއި، ލެޕްޓޮޕް އުފެއްދުމަށް ދުނިޔޭގައި ނަންހިނގާފައިވާ ކުންފުންޏަކަށްވީނަމަވެސް އެމީހުންވަނީ ދުނިޔޭގެ ބާޒާރަށް އެމީހުންގެ މޯބައިލް ސްމާޓް ފޯނުތައްވެސް ނެރެފައެވެ. އަދި މިހާރުދަނީ އެފޯނުތައް ތަރައްޤީ ކޮށް ދުނިޔޭގެ މަޤްބޫލުކަން ހޯދަމުންނެވެ.

ރޭޒަރ ކުންފުނީގެ އިތުރުން ޗައިނާގެ އޮޕޯ ކުންފުނިންވެސްވަނީ 2012 ގައި މިކަން ތަޖްރިބާ ކޮށްފައެވެ. އެމީހުންގެ ބައެއް ފޯނުތަކުގައި ހެޑްސެޓް ޖެކް ނުހިމަނައެވެ. ޗަރޖް ކުރުމަށާއި، ހެޑްސެޓްޖެހުމަށް އިންނަނީ އެންމެ ޕޯޓެކެވެ. އެއީ ޔޫއެސްބީ ޕޯޓެކެވެ.

އެހެންކަމުން އެޕަލް ކުންފުނިން އުފައްދަމުންގެންދާ  އާދަޔާ ޚިލާފު އައިފޯނު ތަކުގެ ބައެއް ފީޗަރސްތަކަކީ ވާދަވެރި އެހެން ބައެއް ކުންފުނިތަކުން ކޮޕީކޮށްފައިވާ ކަންތައްތައް ކަމުގައި ބުނުމުގެ ފުރުޞަތު އެބައޮތެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެންޑްރޮއިޑް އޯރިއޯ ، ވާވޭ މޭޓް 9 އަށް ދޫކޮށްފި.

ސްމާޓްފޯން މާކެޓްގައި ދެވަނަ އަށް މިހާރު ލިސްޓްކުރެވިފައިވާ ވާވޭ ގެ ފޯންތަކަށް އެންޑްރޮއިޑް ގެ އެންމެ ފަހުގެ ވާޝަން އެންޑްރޮއިޑް …

ޚިޔާލެއްދެއްވާ

avatar
އައި ފޯން
އައި ފޯން

ހަމަ ސީދާ އެޕަލް އަށް އެއްޗެހިގޮވުމަށް ލިޔެފައިވާ ޕޯސްޓެއްކަން ފާހަގަ ކޮއްލެވޭ

ޢަލީ
ޢަލީ

އެޕަލް އެއީ ވަރަށް ކަޑަ އެއްޗެއް

wpDiscuz