މޯބައިލް އޮޕަރޭޓަރުންގެ އެންމެ ކުރީގައި ޖިއޯ

އިންޑިއާގައި މުޅިން އަލަށް ފޯނުގެ ޚިދުމަތް ދޭން ފެށި ކުންފުންޏެއް ކަމަށްވާ ރެލިއަންސް ޖިއޯ އެ ޤައުމުގެ ރެކޯޑު މުގުރާލައިފިއެވެ. ޖިއޯ އިން ފެށި އާދަޔާއި ޚިލާފު ޕްރޮމޯޝަނާއި ގުޅިގެން 83 ދުވަސް ތެރޭގައި ވަނީ 5 ކްރޯޑަށްވުރެ ގިނަސިމްކާޑް ވިއްކާ އިންޑިއާގެ އެންމެ ކަސްޓަމަރުން ގިނަ ކުންފުނީގެ މަޤާމް ހޯދާފައެވެ.

ރެލިއަންސް ޖިއޯއިން މި ހެދި ރެކޯޑަކީ އެމީހުންގެ ޚިދުމަތް ލޯންޗް ކުރިފަހުން ކޮންމެ މިނެޓަކަށް 1000 ކަސްޓަމަރުން އެ ކުންފުންޏާ ގުޅުމެވެ.

ރެލިއަންސް ޖިއޯ އިން ބުނެފައިވަނީ އެކުންފުނިން މޯބައިލްގެ ޚިދުތަމަތަށް ބޮޑު އިންގިލާބެއް ގެންނާނެކަމަށެވެ. އެމީހުންގެ ޚިދުމަތް ރަސްމީކޮށްފަށާފައިމިވަނީ ކުރިން އެމީހުން ލަފާކުރި މިންވަރަށް ވުރެ މާގިނަ ކަސްޓަމަރުންނާއެކު ގައެވެ. މިހާތަނަށްވެސް އެކުންފުނީގެ ކަސްޓަމަރުންގެ ޢަދަދު 5 ކްރޯޑަށްވުރެ މައްޗަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ އިންޑިއާ އަދި ދުނިޔޭގެ ފެންވަރުގައި މޯބައިލް ޚިދުމަތްދޭ މަޝްހޫރު ކުންފުނިތައް ކަމަށްވާ އެއަރޓެލް އާއި، ވޮޑަފޯނާއި، އަދި އައިޑިއަލް އިންވެސް މިހާތަނަށް އައިއިރުވެސް ޙާޞިލް ކުރެވިފައިނުވާ މިންވަރެކެވެ.

ޖިއޯއިން އިންޑިއާގައި މީގެ ދެއަހަރު ކުރިން މިޚިދުމަތް ފެށުމަށް ތައްޔާރީތައް ވަމުންއައިސް އެމީހުންގެ ޚިދުމަތް މިހާރުވަނީ ފަށާފައެވެ. ކަސްޓަމަރުން ދަނީ ހެސްކިޔާފަ އިތުރުވަމުން ކަމަށް އެކުންފުންޏާ ޙަވާލާދީ މަޝްހޫރު ވެބްސައިޓް ތަކުން ބުނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz