މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ ދައްކާ ހަޤީގަތެވެ. ދުނިޔޭގެ ފެންވަރުގެ މޮޅަތި ހުނަރުވެރި ކުޅުންތެރިންގެ ފަރާތުން އަޅުގަނޑުމެންނަށްދަނީ މިފިލާވަޅުތައް ފެނި ދަސްވަމުންނެވެ.

މީގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކުޅުންތެރިޔަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ޤައުމުކަމަށްވާ އިޓަލީގައި އުފެދުނު އެންމެ މޮޅު އެއްފޯވާރޑު މާރިއޯ ބަލެޓޮލީ އެވެ. މިކުޅުންތެރިއާ އަކީ ހުނަރުގެ ގޮތުން ކިތޭމެމޮޅު ކުޅުންތެރިއެއް ކަމުގައި ވީނަމަވެސް ފުޓްބޯޅައިގައި އަޙްލާޤީ މައްސަލަތައް އިންތިހާއަށް ގިނަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ މުޅި ދުނިޔެއަށް މަޝްހޫރު ކުޅުންތެރިއެކެވެ. މި ކުޅުންތެރިޔާގެ އެކުވެރިންނާޢި ކޯޗުން މިކުޅުންތެރިޔާގެ އަޚްލާޤީ މައްސަލަތައް ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކަށް މި ކުޅުންތެރިޔާ އިޖާބު ނުދިނުމުގެ ނަތީޖާއަކީ މި ކުޅުންތެރިޔާގެ މުޅި ފުޓްބޯޅަ ހަޔާތް ބަނަވެގެން ދިއުމެވެ.

ދުނިޔެ ފެންވަރުގެ މީގެ އަނެއް ކުޅުންތެރިއެއްގެ ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ފާހަގަކުރެވުނު އެއްކުޅުންތެރިއަކީ ނިމިދިޔަ ސީޒަންގެ އިންގުލިސް ޕްރެމިއާރލީގު ޗެލްސީއަށް ހޯދައި ދިނުމުގައި މުޙިއްމު ދަޢުރެއް އަދާކުރި ޑިއޭގޯ ކޯސްޓާރ އެވެ. ޗެލްސީގެ ކޯޗުކަމާއި އިޓަލީގެ މަޝްހޫރު ކޯޗު އެންޓޯނިއޯ ކޮންޓޭ ހަވާލުވި އިރު ޑިއޭގޯ ކޯސްޓާރ ފާހަގަ ކުރެވުނީ ދަނޑުމަތީގައި އަޙްލާޤް ދަށް ކުޅުންތެރިއެއްގެ ގޮތުގައި ނަމަވެސް އެންޓޯނިއޯ ކޮންޓޭ ގެ ބަސް ޤަބޫލްކޮށް ކޯސްޓާރ ވަނީ އޭނާގެ އަޚްލާޤީމައްސަލަތައް ރަނގަޅުކޮށްފައެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ އޭނާއަކީ އެންމެން ބަލައި ގަންނަ ފަދަ މޮޅުކުޅުންތެރިއަކަށް ވެގެން ދިއުމެވެ.

މިހާރު މާޅެންދޫގައި ކުރިއަށްދާ ޝިޔާމް-މައުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް އަޅުގަނޑުމެންނަށްވަނީ މިފަދަ މޮޅު ކުޅުންތެރިއަކު ފެނިގެން ގޮއްސްފައެވެ. މި މުބާރާތް ބަލާ ދިރާސާކުރާ ކޮންމެ ފަރާތަކުންވެސް ޤަބޫލްކުރާ ގޮތުގައި ހޮޅުދޫ އެފްސީގެ ޖާޒީނަމްބަރ 7 އަކީ ފުޓްބޯޅައިގެ ޢާދަޔާއި ޚިލާފް އަދި ވަކިން ހާއްޞަކޮށް ގޯލްޖެހުމުގެ ހުނަރު ލިބިފައިވާ މޮޅުކުޅުންތެރިއެކެވެ. އެހެންނަމަވެސް މިކުޅުންތެރިޔާއަށް އެކުޅުންތެރިޔާގެ އަސްލު ހުނަރު ދައްކާނުލެވިގެން އުޅެނީ ދަނޑުމަތީގައި ކުޅުމުން ބޭރުގައި މިކުޅުންތެރިޔާގެ ޢަމަލްތައް ހުންނަގޮތުގެ ސަބަބުންނެވެ.

މިހެންކަމާއި އެކު މިފަދަ ކުޅުންތެރިންގެ ގައިގައި ހުންނަ މިފަދަ ކަންތައްތައް ރަނގަޅުކޮށް ކުޅުމުގެ ތެރެއަށް ގެނެވިއްޖެކަމަށްވާނަމަ އެކަން ވެގެންދާނީ އެޓީމެއްގެ އިތުރުން އެކުޅުންތެރިއަކު ނިސްބަތްވާ ރަށަކަށާއި އަދި އަތޮޅަށާއި މުޅި ޤައުމަށްވެސް ލިބިގެންދާނެ ބޮޑު ފައިދާއަކަށާއި ކުރިއެރުމަކަށެވެ. އަޅުގަނޑުމެން އެންމެން ވާންވީ މިފަދަ ކުޅުންތެރިން ކުރާ ނޭދެވޭ ނުރަނގަޅު ކަންތައްތައްތަކަށް ހިތްވަރުދީ ތަރުޙީބު ދިނުމުގެ ބަދަލުގައި އެފަދަ ކުޅުންތެރިން ކުރާ މިފަދަ ނޭދެވޭ ނުރަނގަޅުކަންތައްތައް އިސްލާހް ކުރުމަށް މަސައްކަތް ކުރާ ބަޔަކަށެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
އަހްމަދު ހަސަން
އަހްމަދު ހަސަން
ޒަންބޯއަކި މޮޅު ކުޅުންތެރިއެއް އެހެންނަމަވެސް މިލަދޫ ޒުވާން ނަވިއްޓޭއަކީ އަޚުލަޤު ރަނގަޅު މަޑުމައިތިރި ހުނަރުވެރި ކުޅުންތެރިއެއް ޒަމްބޯ ނަގަން ކޯޗް ނަވިއްޓޭ އާ ޙަވާލުކުރީ އެހެންވެ ވަރަށް އިތުބާރުކޮށްފައި. އެކަމު ޒަންބޮ ވަނި ނަވިއްޓޭއަށް ވަރަށް އަނިޔާ ކޮށްފައ. މިއީ ދަނޑުމަތިގައިވިޔަސް ބަލައިގަނެވޭނެ ކަމެއް ނޫން ޒަންބޯވަނި ނަވިއްޓޭގެ ކުރިމތި ފަރާތުގައި ހިފާ ތަދުކޮށްލާފައި. މިއި ސީދާ ކުޅިވަރުގެ ޖަރީމާ. އޭގެ ނަތީޖާ ޒަންބޯ ބާލަން ޖެހުން ރަތްކާދު ދެއްކުން. ބަޔަކު ހަޅޭލެވިޔަސް ހޮޅުދޫ މީހުން ބުނީ ހެޔޮކޮށް ހޮޅުދޫ ބަލިވުމުގައި އެ މެޗްގު ހަލާކަކީ ޒަންބޯ. މާިހަކު ކިތައްނެމ މޮޅަސް އޭނާގެ ގޯސްކަމުން ލިބޭ ގެއްލުން ފު ނުބެދޭވަރު ހިތާމައަކަށް ވެދާނެ. ނ. މިލަދު އަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ނ އަތޮޅު ކީއްކުރަންތޯ އުތުރުގެ އޭދަފުށީ ނަގާފައި އެންމެ ކާމިޔާބު ޓީމް. މި ހިސްޓްރީ ޑިލިޓް ނުކުރެވޭ އަދިޔެއް ހޮޅުދޫ ޓީމުގައިވެސް ރަނގަޅު އަޚުލާގުހުރި މޮޅު ކުޅުންތެރިން އެބަތިބި… Read more »