މެސީ އާއި ރޮނަލްޑޯ ފަހަތަށް ޖައްސާލުމަށްފަހު އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމަށް އިނިއެސްޓާ

މެސީ އާއި ކުރިސްޓިއާނޯ ރޮނަލްޑޯ ފަހަތައް ޖައްސާލުމަށްފަހު  ޔުއެފާ އިން ހޮވި މިދިޔަ ސީޒަނުގެ ޔޫރަޕުގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު އަންދްރޭ އިނިއެސްޓާ ހޯދައިފި އެވެ.

ޔޫރަޕުގެ ގައުމުތަކުގެ 53 ކުޅިވަރު ނޫސްވެރިއަކު ހަފުލާގައި އިލެކްޓްރޯނިކަލީ ދިން ވޯޓުގައި އިނިއެސްޓާ  19 ވޯޓު ހޯދި އެވެ. މިދިޔަ އަހަރު މި އެވޯޑް ހޯދި މެސީ އަށް އަދި ރޮނާލްޑޯ އަށް ލިބުނީ 17 ވޯޓެވެ.

މި އަހަރުގެ ޔޫރޯ ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އިނިއެސްޓާ ވަނީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރު ނެގުން ވެސް އޮތް ހަފުލާގައި އިނިއެސްޓާ އަށް އެވޯޑް ހަވާލުކޮށްދެއްވީ ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ އެވެ.

ސްޕެއިނާ އެކު ޔޫރޯ ކާމިޔާބުކުރެވުނު ނަމަވެސް ބާސެލޯނާއާ އެކު މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބެއް ނުކުރެވުނެވެ. ރޮނާލްޑޯގެ ރެއާލް މެޑްރިޑުގެ ފަހަތުން ލީގުގެ ދެ ވަނަ ބާސާ ހޯދިއިރު ޗެމްޕިއަންސް ލީގުން ކެޓީ ސެމީ ފައިނަލުގައި ޗެލްސީ އަތުންނެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕް ސްޕެއިން ކާމިޔާބުކުރި އިރު ފަހު ވަގުތު ނެދަލެންޑްސް ކޮޅަށް ލަނޑު ޖެހި އިނިއެސްޓާ ވަނީ ބާސެލޯނާއާ އެކު ފުޓްބޯޅައިގެ ހުރިހާ ކާމިޔާބެއް ހޯދައިފަ އެވެ. އޭނާ ހިމެނެނީ ދުނިޔޭގައި އުފެދުނު އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރުގެ ގޮތުގަ އެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ރޭ މާޒިޔާ އާއި މިލަންދޫ ވާދަކުރި މެޗް މާޒިޔާކާމިޔާބުކޮށްފި.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ށ.މިލަންދޫ ވާދަކުރި މެޗް މާޒިޔާ ކާމިޔާބުކޮށްފިއެވެ. މިމެޗް …

ޚިޔާލެއްދެއްވާ

avatar
މީމު
މީމު

ރަނގަޅު ނިންމުމެއް ،ިފަހަރުގެ އެވޯރޑް އެންމެ ހައްޤީ ހަމަ އިނިއެސްޓާ އަށް ، މިއަންނަ އަހަރުވެސް ތިޔަ އެވޯރޑް ގެންދިއުން އެންމެ ގާތީ ހަމަ އިނިއެސްޓާ

wpDiscuz