މެލޭޝިޔާގެ ވެރިކަންކުރާ ޕާޓީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގެންފި

މެލޭޝިޔާގެ ވެރިކަން ކުރާޕާޓީ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ އަހަރީ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރޭ މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި އެމަނިކުފާނު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، މި ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޙާޖީ ޢަބްދުއްރައްޒާޤާ ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ދެ ޑެޕިޔުޓީ ލީޑަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ބައިވެރިވެވަޑައިގަންނަވައެވެ.

އަދި ޕީ.ޕީ.އެމް.ގެ ސެކްރެޓަރީ ޖެނެރަލް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްވެސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތި ކުރުވިޔަސް ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމްދީން – ރައީސް

ބޭރުގެ ފަރާތްތަކުން ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތި ކުރުވިޔަސް ރާއްޖޭގައި އޮންނާނީ ހަމައެކަނީ އިސްލާމްދީން ކަމަށާއި، ދިވެހިންގެ ދީނީ ޢަޤީދާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz