މޫސަ ކޯޓް ހެދި މައްސަލަ ޕީޖީއަށް ފޮނުވައިފި

އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އަމިއްލައަށް މަގުމަތީގައި ކޯޓް ހަދައި، ރާއްޖޭގެ ޖުޑިޝަރީއަށް ނިސްބަތް ކުރައްވައި ދައްކަވާފައިވާ ވާހަކަތަކުގެ މައްސަލައިގެ ތަހްގީގް މަރުހަލާ ނިންމާ މިއަދު ޕީޖީއަށް ފޮނުވައިފިއެވެ.

ރީކޯ މޫސާ މަނިކު މަގުމަތީގައި ބާއްވާފައިވާ އެކިއެއްވުންތަކުގައި އަމިއްލައަށް ކޯޓް ހަދައިގެން ޝަރުޢީ ދާއިރާއަށް ގޮންޖައްސަވައި ވާހަކަ ދެއްކެވި މައްސަލައިގެ ތަހްގީގް މަރުހަލާ ނިންމާ މޫސަގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން މިއަދު ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި އެއްވުމެއްގައި ރައްޔިތުންގެ ކޯޓުގެ ނަމުގައި ކޯޓެއް ހެއްދެވި މައްސަލައިގެ އިތުރުން ކޯޓްގެ ހުރުމަތް ކަނޑާފައިވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ. މިމައްސަލަތަކާއި ގުޅިގެން ފުލުހުން ވަނީ މޫސާ މަނިކު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުވެސްކޮށްފައެވެ. ނަމަވެސް ފުލުހުން ކުރި އެއްވެސް ސުވާލަކަށް އޭނާ ޖަވާބު ދެއްވާފައިނުވާކަމަށް ފުލުހުން ވަނީ އޭރު ބުނެފައެވެ.

މިމައްސަލަ ތަހްގީގް ކުރުމަށްފަހު ޕީޖީއަށް ހުށެހެޅުމާއެކު މޫސާ މަނިކުވަނީ އެކަމާއި ކަންބޮޑުވެ ދައުވާކުރުމުގައި ހަމަހަމަ ކަމާއެކު އަމަލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. އަމިއްލައަށް އިސްތިއުފާ ދެއްވި ނަޝީދުގެ ވެރިކަމުގައި ތަހުގީގީ މަރުހަލާ ކުރިއަށް ނުގޮސް އޮތް މިމައްސަލަ މިހާރު ހިނގައިގަތުމާއެކު މޫސާ މަނިކު ކަންބޮޑުވުން ފާޅުކުރަމުން ދަނީ މޫސަގެ މައްޗަށް ބޮޑު ހުކުމެއް އަތުވެދާނެތީ ކަމަށް ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ.

ސޯސް: ދިޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޤައުމުތޯ ބޭނުމީ ނުވަތަ ވެރިކަންތޯ ބޭނުމީ – އިދިކޮޅު ފަރާތްތަކާ މޫސަ ސުވާލު ކުރައްވައިފި.

ޤައުމުތޯ ބޭނުމީ ނުވަތަ ވެރިކަންތޯ ބޭނުމީ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ …

ޚިޔާލެއްދެއްވާ

avatar
ޅޮހީ އަހުމަދު
ޅޮހީ އަހުމަދު

ކޯޓްތަކުގައި އަދުލުއިންސާފު އޮތްވަރު އަހަރުމެންނައް އެގެއެވެ. ރުހޭމީހާ ދޫކޮށްލައި ނުރުހޭ މީހާއަށް ހުކުންކޮށް ބުރިހަންނެގުމީ މިރާއްޖޭގެ އަދުލުއިންސާފެވެ.