މުޖުތަމަޢު އިސްލާޙްކުރެވޭނީ ޒުވާނުންގެ ބައިވެރިވުން ލިބިގެން

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ދިމާވެފައިވާ ކަންތައްތަކުން އަރައި ގަތުމަށްޓަކައި ޒުވާނުންގެ ދަޢުރު ވަރަށް ބޮޑެވެ. މިގޮތުން އަދުގެ ޒުވާނުންގެ ފަރާތުން އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް ރަނގަޅު ނަމޫނާތަކެއް ދެއްކިއްޖެކަމަށްވާނަމަ އަޅުގަނޑުމެންގެ މުޖުތަމަޢުއަކީ ހަމަޖެހޭ އުފާވެރި ކަނތައްތަކެއް ފެނިގެންދާނެ މުޖުތަމައުއަކަށް ވެގެންދާނެކަން ކަށަވަރެވެ.

ސްކޫލްތަކުގައި ކިޔަވައިދެއްވާ އެދުރުންނާއި އެދުރު ދައިތައިން ތުއްތުކުއްޖާއަށް ނަމާދަށް ދިއުމަށް އިރުޝާދުދީ ނަމާދުގެ މުހިއްމުކަމާއި ކުރިއާލައި މިސްކިތައް އެރުމުގެ މުޙިއްމުކަން އަންގައިދީ މިސްކިތައް ފޮނުވުމުން އެކުދިންނަށް ފެނިގެން ދަނީ މުޖުތަމަޢުގައި ދިރިއުޅެމުން ގެންދާ ގިނަ އަދދެއްގެ ޒުވާނުން މިސްކިތައް ނުގޮސް ނުވަތަ މިސްކިތައް ގޮސްމެ މިސްކިތުގެ ފެންޑާމަތީގައި ވާހަކަދައްކަން ތިބޭ މަންޒަރެވެ. މިސްކިތައްދާން މަސައްކަތްކުރާ ކުއްޖާއަށް ނުވަތަ މިސްކިތައްދާ ތުއްތު ކުއްޖާއަށް މި މަންޒަރު ފެނުމުން ކުއްޖާއަށް ދެވޭ ނަސޭހަތްތައް ގިނަފަހަރަށް ހަނދާންނެތި ދެއެވެ.

އަލަށް ދުންފަތުގެ އިސްތިޢުމާލްކުރާ ކުދިންގެ ތެރެއިން ގިނަކުދިންނަކީ ޒުވާނުންގެ ތެރެއިން ކޮންމެވެސް މީހަކު ނުވަތަ ބަޔަކު އެކަންތައް ކުރުމަށް މަގުފަހިކޮށްދީގެން އެއަމަލު ކުރަން ފަށާކުދިންނެވެ. މީގެ އިތުރުން މިފަދަ ޢަމަލުތައް ކުރަމުންދާ ކުދިންގެ ފަރާތުން އެއަމަލުކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ގިނަފަހަރަށް ހުރަސްއަޅާ އެކަންތައް ހުއްޓައިނުލުނުލުމަށް ހިތްވަރުވެސް ދެނީ ހަމަ ޒުވާނުންގެ ތެރެއިން ބައެކެވެ.

މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއް ޒުވާނުންނަކީ އެ ޒުވާނުން އިޙްތުރާމް ކުރާ ޤަދަރުކުރާ އެއްވެސް ފަރާތެއް ނުވާ ޒުވާނުންނެވެ. އެންމެ ކުޑަމިނުން މިފަދަ ޒުވާނުން ދުނިޔެއަށް އައުމަށް މެދުވެރި ކުރެއްވި ފަރާތްތަކަމުގައިވި މައި މީހާއަކީ ވެސް އެފަދަ ޒުވާނުންގެ ގާތުގައި އެއްވެސް މީހަކަށް ނުވެއެވެ. މިފަދަ ޒުވާނުންގެ ގެތަކުގައި ދިރިއުޅޭ ތުއްތުކުއްޖާއަށް މިންމަޒަރު ފެނިގެން ދިއުންވެގެންދަނީ މިފަދަ ކުދިންގެ ހިތުންވެސް މައިންބަފައިންނަށް އޮންނަ ލޯތްބާއި ކުލުނު ކެނޑިގޮސް މައިންބަފައިންނަށް އަދާކުރަންޖެހޭ އިޙްތިރާމާއި ލޯބިގެއްލިގެން ދިއުމެވެ.

މިހެންކަމާއިއެކު އަޅުނޑުމެންގެ އަންނަން އޮތް ޖީލް އިސްލާޙްކޮށް ރަނގަޅު ކުރުމަށްޓަކައި މިއަދުގެ ޒުވާނުން އިސްލާޙްކޮށް ހަމަ މަގަށް އެޅުވޭނެގޮތްތަކަކީ ކޮބައިތޯ ބަލާ އެގޮތްތަކެއް ހޯދާ އެގޮތްތަކަކަށް ޢަމަލްކުރޭވޭތޯ ބަލަންވެއްޖެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
ނުހިނގާ ގަލަމުން
ނުހިނގާ ގަލަމުން

މީ ހީވަނީ ދިވެށި. ކޮމްއިން ކޮޕީކޮށްފައިވާ ލިއުމެއްހެން.. ހެއްހެއްހެއް….

wpDiscuz