މުފުތީ އަށް އިސްލާމީމަރުކަޒުގައި ޚުތުބާ ދިނުމުގެ ފުރުޞަތުނުދެވުނީ ދިވެހިބަހުން ދޭންޖެހޭ ޚުތުބާއަކަށްވާތީ – މިނިސްޓްރީ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އަށް އިސްލާމީ މަރުކަޒުގައި ޚުތުބާ ދިނުމުގެ ފުރުސަތު ނުދެވުނީ އިސްލާމީ މަރުކަޒުގައި ދޭ ހުތުބާއަކީ ދިވެހި ބަހުން ދޭން ޖެހޭ ހުތުބާއަކަށްވަތީ ކަމަށާއި އެ ހުތުބާއަކީ ލައިވްކުރާ ހުތުބާއަކަށްވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކކުރައްވައިފިއެވެ.

ސޯޝަލްމީޑިއާގައި އަދި ބައެއް ނޫސްތަކުގައި މިކަމަށް ވަރަށްބޮޑަށް ފާޑުކިޔާ ޢާއްމުން ވާހަކަ ދައްކަމުން ދަނިކޮށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު މުސްތަފާ ވިދާޅުވީ މަރުކަޒުގައި ދޭ ޚުތުބާއަކީ ރާއްޖޭގެ އެންމެނަށް ފެންނަ ގޮތަށް ޓީވީން ލައިވްކުރާ ހުކުރު ހުތުބާއަކަށްވެފައި، އެއީ އެންމެނަށް އެނގޭ ބަހަކުން ގެނެސްދޭ ހުތުބާއަކަށް ހަދަން ގާނޫނުގައި ލާޒިމްކޮށްފައިވާ ޚުތުބާއެއް ކަމަށެވެ.

އަންނަ ހުކުރު ދުވަހު މުފްތީ މެންކްގެ ޙުތުބާ ފުރުގާނު މިސްކިތުގައި ޚުތުބާ ދިނުމަށް ވަނީ ހުއްދަ ދީފައެވެ. އެއީ ދެވަނައަށް އެންމެ ގިނަ މީހުން ހުކުރަށް ދާ މިސްކިތެވެ.  މުސްތަފާ ވިދާޅުވިއެވެ.

މުފްތީ މެންކް ރާއްޖެ ގެންނަ ޖަމިއްޔަތުއް ރަހުމާއިންވެސް މިކަމުގައި އެއްވެސް އިއުތިރާޒެއް ނުކުރާ ކަމަށާއި، މުފްތީގެ ހުތުބާގެ ތަރުޖަމާއެއް މިނިސްޓްރީއަށް ހުށަހަޅަން އެންގީ ހުތުބާ ދެއްވާއިރު އޭގެ ތަރުޖަމާއެއް މިސްކިތަށް ހުކުރަށްދާ ފަރާތްތަކަށް ބެހުމަށް ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ދީނީ ޓީވީ ޗެނެލެއް ހެދުމަށް އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް އެއްބަސްވުމެއްގައި ސޮއިކޮށްފި.

ޕީއެސްއެމްގެ އިތުރު ދީނީ ޗެނެލްއެއް ހެދުމަށް އިސްލާމިކް މިނިސްޓްރީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޕީއެސްއެމްގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި …

ޚިޔާލެއްދެއްވާ

avatar
wpDiscuz