މުޅި ނ.އަތޮޅަށް ލިބިގެންދިޔަ ފަޚްރަކާއި ޝަރަފެއް – ޝުކުރިއްޔާ ނާދިޙް އަދި ސާޢީ

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއިދިމާކޮށް ސަރުކާރުގެ މީޑިއާ ޕީއެސްއެމް އިން މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އެންމެ އަލިގަދަ ތަރި ޖޫނިއަރ ޤުރުއާން މުބާރާތުގެ ފަޙްރުވެރި އެއްވަނަ ނ.މާފަރަށް އުފަން، އުމުރުން ހަމަ އެންމެ 14 އަހަރުގެ އަލްހާފިޡް ނާދިޙް ޢަބުދުލްހަމީދު އަދި މުބާރާތުގެ ފަޙްރުވެރި 2ވަނަ ނ.ހޮޅުދޫއަށް އުފަން މުހައްމަދު ސާޢީ މުބާރަކް ހާސިލްކުރުން ވެގެން ދިޔައީ  މިދެކުދިން ނިސްބަތްވާ ދެ ރަށުގެ އިތުރުން މުޅިނ.އަތޮޅަށް ލިބިގެން ދިޔަ ފަޚްރަކާއިޝަރަފަކަށެވެ. ރޭގައި ބޭއްވުނު މިމުބާރާތުގެ ގުރޭންޑު ފިނާލޭއަށްފަހު މިމުބާރާތުގެ ނަތީޖާ އިއުލާންކޮށް ނިމުމާއި އެކު ނ.އަތޮޅުގެ ގިނަ ރައްޔިތުން އަންނަނީ ސޯސަލްމީޑީއާގައި މިކަން ވަރަށްބޮޑަށް ފާހަގަކޮށް މިދެކުދިން ނ.އަތޮޅަށް ހޯދައިދިން ރީތިނަމާއި ޝަރަފަށްޓަކައި ތަފާތު ޝުޢޫރުތައް ފާޅުކުރަމުންނެވެ.

ހަމަ ޙަޤީގަތުގައިވެސް މިއީ އަތޮޅެއްގެ ނިސްބަތުން ކުޑަކާމިޔާބީއެއްނޫނެވެ. މުޅިރާއްޖެއަށް ހުޅުވާލައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޑިޝަންތައް ބޭއްވި އޭގެން ހޮވާލެވުނު ކުދިންތަކެއްގެ މެދުގައި ބޭއްވުނު ބޮޑު މުބާރާތެއްގެ ފަޙްރުވެރި 1 ވަނަ އަދި 2 ވަނަ އެއް އަތޮޅެއްގެ ދެ ކުއްޖަކަށް ލިބުމަކީ ބޮޑު ކާމިޔާބެކެވެ. އެދެކުދިން ނިސްބަތްވާ ދެ ރަށުގެ އިތުރުން ރަށުގެ ކުރިއަށް އަންނަ އަތޮޅަށްވެސް ލިބިގެން ދިޔަ ބޮޑު ޝަރަފަކާއިކާމިޔާބީއެކެވެ. އަތޮޅުގެ ދެބިތަށް ނިސްބަތްވާ ދެރަށުގެ ދެ ކުދިންނަމަވެސް އެދެކުދިންވެސް ރަމްޒުކޮށްދިނީ ހަމަޔަޤީނުންވެސް ނ.އަތޮޅެވެ. ދެކުދިންގެ ބުރަ އަދި އެހާމެ އުދަގޫމަސައްކަތްތަކުން އަތޮޅަށް ތިޔަ ހޯދައިދިން ރީތިނަމާއި ޝަރަފަށްޓަކައި  ދެކުދިންނަށާއި ދެކުދިންގެ ޢާއިލާއަށް ހަމައައްސަރިބަހާއި ސާބަހެވެ. ޝުކުރިއްޔާ އަލްހާފިޡް ނާދިޙް ޢަބުދުލްހަމީދު އަދި މުހައްމަދު ސާޢީ މުބާރަކް .

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
އަހްމަދު
އަހްމަދު

ވަރަށްބޮޑަށް މަރުޙަބާ ނާދިޙް ތިޔަހޯދި ކާމިޔާބީގެ ފަހަތުގައި ނާދިޙްގެ ޢާއިލާ އަދި ވަކިން ޚާއްޞަކޮށް ނާދިޙްގެ ބައްޕަ ހުންނަވާނެކަން ޔަޤީން. ތިޔަގޮތުގައި ތިޔަ ކާމިޔާބީގައި އަބަދުގެ އަބަދަށް ނާދިޙް ލައްވާށި. އާމީން