މުޅިލަންދޫ ފަޙްރުވެރިވާ ފޮޓޯގްރާފަރ

ފުރަތަމަ ސްމާޓްފޯނެއް އަތުޖެހުނު ހިސާބުން 2013 އިން ފެށިގެން ފޮޓޯގްރަފީގެ ތެރެއަށް ވަދެވުނު ނ.ލަންދޫ ފުޅޮއި އަލްފާޟިލް އަޙްމަދު އިލްހާމް މިއަދު އެންމެން ދަންނަ ނަމުންނަމަ “ޔެރީ” އަކީ އެޒުވާނަކަށް ޓަކައިމުޅި ލަންދޫވެސް ފަޙްރުވެރިވާފަދަ ޒުވާން ފޮޓޯގްރާފަރެކެވެ.

މިކަމަށް މިހާ ޝަޢުޤުވެރިވީ ކީއްވެ ؟؟؟

ޔެރީ ފާހަގަކުރެއްވި ގޮތުގައި ފޮޓޯ ނެގުމަށް އޭނާއެންމެ ފުރަތަމަ ޝަޢުޤުވެރިވީ ރަށުގައި ފޮޓޯނެގުމަށް ކުޅަދާނަ ހުނަރުވެރިން ނެތުމާއި އެކު ރަށުގެ ރީތިމަންޒަރުތަކާއި ތަންތަނާއި އަދި މީހުންގެ މަންޒަރުތައް އެންމެ ރަނގަޅު އަދި ރިވެތި ގޮތުގައި ދަށްކައިދިނުމަށެވެ. މިކަން ހާޞިލްކުރުމަށްޓަކައި ޔެރީ ވަނީ މިހާތަނަށް އެތަށް ހާސްފޮޓޯއެއް ނަގާ މީހުންގެ ތެރެއަށް ދޫކޮށްލައިފައެވެ. މިގޮތުން ޔެރީގެ އިސްޓޮގްރާމް ފޮލޯކުރާ 2200 މީހުންތިބިއިރު ޔެރި ގެ ފޭސްބުކް ޕޭޖު (https://www.facebook.com/YeriiGraphy/) އަށް ފަސްހާހަށްވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ. މިއީ ލަންދޫގެ ރެކޯޑެކެވެ.

އިސްޓޮގްރާމާއި،ފޭސްބުކް ޕޭޖު ބޭނުންކޮށްގެން ޔެރީ ޝެއާރކޮށްފައިވާ ބައެއް ފޮޓޯތަކަށް ރާއްޖޭގެ އެންމެ ނަންމަޝްޙޫރު ފޮޓޯގްރާފަރުންގެ ކޮމެންޓްތައް ލިބިފައިވުމަކީ ޔެރީ މިރޮގުގައި ކުރިއަށް ދިއުމަށް ލިބިގެންދާ ވަރަށްބޮޑު ބާރެއްކަމަށް އޭނާ ހާމަކުރައްވައެވެ.

އެއްވެސް ތަމުރީނެއް ތަޖުރިބާއެއް ލިބިފައިވޭތޯ ؟

ޔެރީ މަޢުލޫމާތު ދެއްވި ގޮތުގައި އެންމެ ފުރަތަމަ އެމަސައްކަތް ކުރަމުން އައީ އެއްވެސް ތަމްރީނެއް ތަޖުރިބާއެއް ނެތިނަމަވެސް ދާދިފަހުން އޭނަވަނީ ޕޯރޓްރޭޓް ގެލެރީން ހިންގި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމުގެ އިތުރުން ކަލަރ ޕްރޮފައިލް އިންޓަނޭޝަނަލްގައި ފޮޓޯގްރާފަރ ޓްރެއިނީއަކަށް މަސައްކަތް ކުރައްވާފައެވެ. ފުރަތަމަ ފޮޓޯ ނެގުމުގެ މަސައްކަތް ފެށިދުވަހުން ފެށިގެން މިއާދާއި ހިސާބަށްވެސް ޔެރީ އަށް އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއްލިބިގެންދަނީ ނ.ޅޮހީގައި ހުންނަ އޭނާގެ ގާތް ރަޙްމަތެރިއެއްކަމަށްވާ މުޙައްމަދުމުޖުތަބާ (މުޖޭ) އާއި އަދި ނ.ލަންދޫ ވިނަރެސް އަލްފާޟިލްއަޙްމަދުރަޝީދު (ލައިބު) ގެ ފަރާތުންކަން ވަރަށް ޝުކުރުވެރިކަމާއި އެކު ފާހަގަ ކުރެއްވިއެވެ. އަދި ހަމަ މިލިސްޓްގައި ޢަބުދުﷲ ޢާރިފް(އާރިއްޕެ) އާއި ހުސެއިން ޞާލިޙް(ސާއްލެ) އަދި އޭނާގެ އެންބަޑު އެއްބަފާ ކޮއްކޮ މުޙައްމަދު އިކުލީލް (ބެއްރީ) ގެ ނަންވެސް ފާހަގަކުރެއްވިއެވެ.

ސިގިރޭޓްބުއިން ހުއްޓާލީ ކެމެރާއެއްގަތުމަށް

ޔެރީ އަކީ މީގެ ކުރިން ދުވާލެއްގެ މައްޗަށް ގާތްގަޑަކަށް ސިގިރޭޓްފޮއްޓެއް ހުސްކުރަމުން ދިޔަފަރާތެއް ނަމަވެސް ސިގިރޭޓް ބުއިން ހުއްޓާލީމޮޅު ފޮޓޯގްރާފަރަކަށް ވުމުގެ އަޒުމުގައި ފެންވަރު ރަނގަޅު އޭނާ ހިތްހަމަޖެހޭ ވަރެއްގެކެމެރާއެއް ގަތުމަށްކަމަށް އޭނާ ހާމަކުރައްވައެވެ. ސިގިރޭޓް ބުއިން ހުއްޓާލި ދުވަސްކޮޅު ބަލިވެ ، ނުނިދި އެތަށް ވޭނެއްގައި އުޅެން ޖެހުނު ނަމަވެސް އޭނޭގެ އަޒުމަށް އެއްވެސް ބަދަލެއް ނުގެނެސް މިއަދު އޭނާ ވަނީ އަމިއްލައަށް ހަރަދުކޮށް ބޮޑުއަގުދީފައި އަމިއްލަ ކެމެރާއެއް ހޯދާފައެވެ. މިއަދު ސިގިރޭޓް ބުއިމާއި ދުރުގައިހުރި ޔެރީގެ އަޒުމަކީ ދެން ދުވަހަކުވެސް ސިގިރޭޓެއްގައި އަނގަޖައްސައި ނުލުމެވެ.  ޔެރީ ފާހަގަކުރެއްވި ގޮތުގައި ސިގިރޭޓްބުއިން ހުއްޓާލައި ކެމެރާގަތުމަށް އެކުރި ގަދަހިތްވަރަށް އާއިލާގެ މެމްބަރުންނާއި ގާތް ރަޙްމަތްތެރިންގެ ފަރާތުން ވަރަށްބޮޑު ތަރުޙީބެއް ލިބިގެން ދިޔައެވެ.

ޔެރީ އަކީ ލަންދޫޓީމުގެ މީޑިއާ ކޯޑިނޭޓަރ

ލަންދޫއަކީ ފުޓްބޯޅައިގެ ރަށަކަށް ވީހިނދު ލަންދޫގެ ފުޓްބޯޅައިގެ ވާހަތައް އެންމެ އަވަހަށް ސޯސަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިތްގައިމު މަންޒަރުތަކާއި އެކު ގެނެސް ދިނުމުގެ ޒިންމާ ވޭތުވެދިޔަ ތިން އަހަރު އަދާކުރި ފަރާތަކީވެސް ހަމަ ޔެރީ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ އޭނާއަށް ލިބިގެންދިޔަ ބޮޑު އުފަކާއި ޝަރަފެކެވެ. މިކަމުން އޭނާއަށް ލިބުނުއެންމެ ބޮޑު ހިތްހަމަޖެހުމެއްކަމަށް ފާހަކަކުރެއްވީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ގާތްގުޅުމެއް ބޭއްވުމުގެ އިތުރުން ރަށުން ބޭރުގައި ތިބި ފަރާތްތަކަށް ލަންދޫޓީމާއި ބެހޭ މަޢުލޫމާތުތައް މީހުން ހިތްހަމަ ޖެހޭގޮތަށް ގެނެސް ދެވުމެވެ. ލަންދޫޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތަފާތު ފޯރަމްތަކުގައި ޔެރީގެ މި އަގުބޮޑު މަސައްކަތް މިއަދުވެސް ގެންދަނީ ޝުކުރުވެރިކަމާއި އެކު ފާހަގަކުރަމުންނެވެ.

މުސްތަޤްބަލަށް ކުރާއުންމީދު؟

ލަންދޫގައި މިވަގުތު ހުރި އެންމެ ކުޅަދާނަ ފޮޓޯގްރާފަރ ޔެރީ މުސްތަޤްބަލަށްކުރާ އެންމެބޮޑު އުންމީދަކީ ރާއްޖޭގެ ނަންމަޝްހޫރު ފޮޓޯގްރާފަރަކަށް ވުމެވެ. މިއަދުވެސް އޭނާއަށް ލިބިފައިވާ ހުނަރު ތަރައްޤީކޮށް ކުރިއަށް ދިއުމަށް ފުރުޞަތެއް ލިބޭތޯ އޭނާއެދަނީ ކަޅި އަޅައަޅާ ބަލަމުންނެވެ. މިކަމަށް އޮތް ހަމައެކަނި ހުރަކީ މިރޮގުގައި އޭނާއަށް ލިބިފައިވާ ތަޖުރިބާ މަދުކަމެވެ. އަދި މިކަން އެންމެ ފުރިހަމައަށް ކުރުމަށް ބެނުންވާ ވަސީލަތްތައް ފުރހަމަކުރުމަށް ބޭނުންވާ އާލާތް ހޯދާނެ މަލީ ތަނަވަސްކަން ނެތުމެވެ. މިރޮނގުން ކުރިއަށް ދިއުމަށް ކުޑަނަމަވެސް ފުރުޞަތެއް ލިބިއްޖެނަމަ މިރޮގުން ކުރިއަށް ދިއުމަށް ޔެރީ ހުރީހަމަ ތައްޔާރަށެވެ.

ޔެރީ އާއި އެކު ކުޑަ ވަގުތުކޮޅެއް

 • އެންމެ ކުރާހިތްވާ މަސައްކަތް :ފޮޓޯނެގުން
 • އެންމެ ދާހިތްވާރަށް : އައްޑޫ
 • އެންމެދާހިތްވާ ޤައުމު: ފްރާންސް /ޕެރިސް
 • އެންމެ މަޤްބޫލް ފޮޓޯގްރާފަރ: އަޒޫޑަބަލްޑޮޓް
 • އެންމެމީރުބުއިން: ކުރުބާފަނި
 • އެންމެމީރު ކެއުން: ނެތް
 • އެންމެ ސަޕޯރޓްކުރާ ޓީމް: ބާސާ / ސްޕޭން
 • އެންމެ މަޤްބޫލްފުޓްބޯޅަ ކުޅުންތެރިޔާ : ލިއޮނަލް މެސީ
 • ރަށުގައިހުރި އެންމެ މޮޅުކުޅުންތެރިޔާ: މުހައްމަދު ސަމާޙް (ސަމައްޓޭ)
 • ބެސްޓްފުރެންޑު : ސަމައްޓޭ / ޝަކީލާ
 • ލަންދޫޓީމާއިމެދު ދެކެނީ: އަބަދުވެސް ޓީމާއި މެދު ވަރަށްފޮނި އުންމީދެއްކުރަން
 • ޒަވާޖީ ހަޔާތެއް ފެށުން: 2020 ގައި އިންޝާﷲ.
 • ނިންމާލަމުން ބުނާނީ: އަޅުގަނޑަށް ސަޕޯރޓްކުރާ ހުރިހާ ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރިއްޔާއޭ

 

 

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ނުކުޅެދުންތެރި ނަމަވެސް އަޒުމް ވަރުގަދަ ހަބީ

އުފެދުމުގައިވެސް ފެނުމުން މަޙްރޫމްވެފައިވާ ނ.ލަންދޫ ގުލްބަކާގޭ އަލްފާޟިލާ ޙަބީބާ ދާއޫދު (ހަބީ ) ފާހަގަ ކުރެވެނީ ނުކުޅެދުންތެރިކަމާއި އެކުގައިވެސް ހަބީ …

ޚިޔާލެއްދެއްވާ

avatar