މުޅިރާއްޖޭގެ އެންމެން މަގުމައްޗަށް ނެރޭނަން – ރީކޯމޫސާމަނިކު

ދިވެހިރާއްޖޭގައި މިހާރުހިގަމުންދާ ސިޔާސީ ހަމަނެޖެހުމުގެ ތެރެއިން އެމްޑީޕީގެ ފަރާތުން މުޅިރާއްޖޭގެ ރައްޔިތުން މަގުމައްޗަށް ނެރޭނެ ކަމުގައި ހުޅުހެންވޭރު ދާއިރާގެ މެމްބަރ އަލްފާޟިލް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ތިޔަހެނެއްނުކިޔޭނެ ނަމުގައި އެމްޑީޕީގެ ފަރާތުން ބާއްވަމުންދާ ސިލްސިލާ ޖަލްސާ ގައި ވާހަކަ ދައްކަވަމުންނެވެ. މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ނެރޭ މީހުންނަށްވުރެ މާގިނައިން އެމްޑީޕީގެ ފަރާތުން މީހުން މަގުމައްޗަށް ނެރޭނެކަމަށާއި، އެކަމަށް މިހާރު އެޕާޓީން ތައްޔާރު ވަމުންދާކަމުގައެވެ. އަދި މިހަމަނުޖެހުންތަކުގެ ތެރެއަށް ރާއްޖޭގެ ރައްޔިތުން ދޫކޮށްނުލައްވާނެކަމަށާއި، ދިވެހިރައްޔިތުންނަށް އަމާން އޮމާން ވެއްޓެއް ޤާއިމް ކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

ހަމަ އެޖަލްސާގައި އެމްޑީޕީގެ ނައިބްރައީސް އަލްހާން ވެސް ވާހަކަ ދެއްކެވިއެވެ. އަލްހާން ވިދާޅުވީ ހަތްފަޑިޔާރުން އިއްތިފާޤުވެގެން ކަމެއްނިންމިޔަސް އެއަމުރަކަށް އޭނާ މިހާރު ތަބާވެ ވަޑައިނުގަންނަވާނެކަމަށެވެ. އެހާ ހިސާބަށް މިހާރު މިޤައުމުގައި ފަޑިޔާރުންގެ ކަންތައް ގޯސްވެގެން ހިގައްޖެކަމަށާއި، އެކަންކަން ރަގަޅުކުރުމަށް އެމްޑީޕީއާއި، ސަރުކާރުން ކުރައްވަމުންގެންދަވާމަސައްކަތް ކުރިއަށް ގެންދަވާނެކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކުން މިހާރު ބުނަމުންދަނީ މުޒާހަރާ ތައް ފަސޭހައިން ނުނިމޭނެކަމަށެވެ. ސަރުކާރު ސައިޒަށް ތިރިވެ ކުޑަކަކޫ ޖެހެންދެކަށް އެމީހުން އެހަރަކާތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz