ކުޑަފަރި ފުޓްބޯޅަ ޓީމް / ފޮޓޯ: ވަގުތު

މުޅިން އައު ޗެމްޕިއަނަކާއި ދިމާއަށް.

މާދަމާ ހަވީރު ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ނ.އަތޮޅު ބުރުގެ ފައިނަލް މެޗް ވެގެންދާނީ ވަރަށް ތާރީޚީ މެޗަކަށެވެ.

މިމެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާ މާޅެންދޫ ފުޓްބޯޅަ ޓީމާއި އަދި ކުޑަފަރީ ފުޓްބޯޅަ ޓީމް ވެގެންދާނީ މުޅިން އަލަށް އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައްދަލުކުރާ ދެޓީމުކަމުގައެވެ.

އަތޮޅުގައި ބޭއްވޭ ތަފާތު މުބާރާތްތަކުގައި ކުޑަފަރި ޓީމަކީ ނަންމަޝްޙޫރު މޮޅު ޓީމަކަށްވީނަމަވެސް މިއީ މި އަތޮޅު މުބާރާތުގެ ފައިނަލްގައި ކުޅެވޭ ފުރަތަމަ ފަހަރެވެ. އަދި މިވަގުތު ކުޑަފަރީ ޓީމް އޮތް ފޯމަށް ބަލާއިރު މިމެޗު ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ބުނަމުންދާ ޓީމަކީވެސް ކުޑަފަރި ފުޓްބޯޅަ ޓީމެވެ.

މާޅެންދޫ ޓީމަކީ ކުރުމުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދާ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމެއްކަމުން މާދަމާގެ ފައިނަލް ކާމިޔާބުކޮށް ފުރަތަމަފަހަރަށް އަތޮޅު ޗެމްޕިއަން އަކަށް މާޅެންދޫ ފުޓްބޯޅަ ޓީމް ވާނޭކަމަށް ބުނާމީހުންވެސް މަދެއްނޫނެވެ.

މާދަމާ ކުޅެވޭ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ނ.އަތޮޅު ބުރުގެ ފައިނަލް މެޗުން ކޮންމެ ޓީމެއް މޮޅުވިކަމުގައިވިޔަސް އެޓީމެއް ވެގެންދާނީ މުޅިން އަލަށް ފުޓްބޯޅައިން ނ.އަތޮޅު ޗެމްޕިއަންކަން ހޯދާ ޓީމަކަށެވެ. އަދި ޗެމްޕިއަން ރަށަކަށެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ނ.އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނ.ޅޮހީ ޒުވާނުންގެ ކްލަބް ހޯދައިފި.

ނ.އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނ.ޅޮހީ ޒުވާނުންގެ ކްލަބުން ހޯދައިފިއެވެ. މިއަދު ހަވީރު ނ.ހޮޅުދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް …

ޚިޔާލެއްދެއްވާ

avatar
Ahmed
Ahmed

Mee kudafari final ga kulhey 2 vana faharu. 2011 vana aharu atoll champion akee Kudafari. Liyaa iru mauloomaathu hoadhaigen liyun buddhiveri

kudafari
kudafari

kudafari thashi hoadhaafa vaane … alakah noon ingeythw