މުބާރާތުގެ ފޯމެޓަށް ބޮޑުބަދަލެއް ބޭނުންވޭ

smscނ.އަތޮޅުގެ ތަރީޙްގައި އަދި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ، އަދި އެ ، މުބާރާތަކަށް އެންމެބޮޑު ފައިސާގެ އިނާމެއް ދެވޭ މުބާރާތަކީ މިހާރު ނ. ކެނދިކުޅުދޫގައި ބޭއްވޭ “ޝިޔާމް-މަޢުރޫފް ސޮކަކަޕް ” ފުޓްބޯޅަ މުބާރާތްކަން ޔަޤީނެވެ. މި މުބާރާތަކީ ނ. ކެނދިކުޅުދޫ ދާޢިރާގެ އިއްޒަތްތެރި މެމްބަރ ޢަލީ މަޢުރޫފް އިސްނެންގެވުމުގެ މަތިން މީގެ ދެ އަހަރުކުރިން މަޢުރޫފް އިންވިޓޭޝަނަލް ސޮކަކަޕްގެ ނަމުގައި ބާއްވަން ފެށުނު މުބާރާތެއް ނަމަވެސް މިއަދު މި މުބާރާތް މި ބޭއްވެނީ ދ. މީދޫ ދާޢިރާގެ އިއްޒަތްތެރި މެމްބަރ އަދި ސަންފައުންޑޭޝަންގެ ބާނީ ރާއްޖޭގެ މަޝްޙޫރު ވިޔަފަރިވެރިޔާ އަލްފާޟިލް އަޙްމަދު ޝިޔާމް މުޙައްމަދުގެ ނަންފުޅުވެސް ހިމެނޭ ގޮތައް “ޝިޔާމް-މަޢުރޫފް ސޮކަކަޕް” ގެ ނަމުގައެވެ.

މި މުބާރާތް ބޭއްވުނު ފުރަތަމަ ދެ އަހަރު ނ.އަތޮޅުގެ ހުރިހާ ރަށަކުން ޓީމުތައް ބައިވެރި ނުވިނަމަވެސް މިއަހަރު މިވަނީ ނ.އަތޮޅުގެ ހުރިހާ ރަށަކުން މި މުބާރާތުގައި ބައިވެރިވެފައެވެ. މިއީ ނ.އަތޮޅުގައި ތާރީހްގައި ހުރިހާ ރަށަކުން ޓީމުތައް ބައިވެރިވެގެން ބޭއްވޭ ފުރަތަމަ މުބާރާތެވެ.

މި މުބާރާތް މިހާ ހިސާބަށް ދިޔައިރު މުބާރާތް ރޭވިފައިވާ ގޮތާއި މެދު މުބާރާތުގައި ވާދަކުރާ ގިނަ ޓީމުތަކެއްގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ގިނަ ޓީމުތަކުން ފާހަގަ ކުރަނީ 13 ޓީމު ވާދަކުރާއިރު މުބާރާތް ރޭވިފައިވާ ގޮތުން ކުއާޓާރ ފައިނަލެއް ނުކުޅެ ސީދާ ސެމީކުޅެން ޖެހޭގޮތަށް އޮތްއޮތުމެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުން 9 ޓީމު ކަޓައިގެން ދިއުމެވެ. މި މުބާރާތް މިއަންނަ އަހަރު ބާއްވާނަމަ މިކަމަށް އެކަށޭނަ ރަނގަޅު ބަދަލެއް އައުމަށް ގިނަރަށްތަކަކުން އެދެއެވެ.

ދެގްރޫޕަށް ބަހާލުމަށްފަހު ދެ ޒޯނެއްގައި މުބާރާތް ބޭއްވުން  

smsc-1ނ.އަތޮޅުގެ ހުރިހާ ރަށަކުން ޓީމުތައް ބައިވެރިވާނަމަ ޓީމުތައް ދެ ޒޯނަކަށް މިސާލަކަށް އިރުމަތީބިތާއި ހުޅަގުބިތް ވާގޮތައް ބަހާލުމަށްފަހު ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ 4 ޓީމު ނަގައިގެން ކުވާޓާފައިނަލްކުޅެ ، ސެމީއަށް ގޮސް ފައިނަލް ކުޅޭގޮތައް ހަމަ ޖެއްސި ދާނެއެވެ. މިގޮތައް މުބާރާތް ރާވާނަމަ ގިނަދުވަސްތަކެއް މުބާރާތައް ހޭދަވިޔަ ނުދިނުމަށް ދެ ގްރޫޕްގެ މެޗުތައް ދެ ރަށެއްގައި ކުޅޭގޮތައްވެސް ހަމަޖެއްސިދާނެއެވެ. އަދި  ކުއަޓާރ އާއި ސެމީ އަދި ފައިނަލް ކުޅޭނެ ރަށެއްވެސް މީގެ ތެރެއިން ނިންމިދާނެއެވެ. މިގޮތައް ހަދައިފިނަމަ ޓީމުތަކުން މިހާރު މި މުބާރާތައް ތައްޔާރުވާ ބޮޑު ތައްޔާރުވުމަށް އިންސާފުވެރި ކަމެއް ގެނެވި މުބާރާތުގެ ފޯރި އެތައް ތަނަކުން އިތުރުވެގެން ދާނެއެވެ. މިއަހަރުގެ މުބާރާތް ރޭވިފައިވާ ގޮތުން ގްރޫޕް – އޭ އިން 2 ވަނަ ޓީމުހޮވުމުގައި އަމަލުކުރަން ކަޑައަޅާފައިވާ ގޮތުން ގިނަޓީމުތަކަކުން ފާޅުކުރަމުން އަންނަ ކަންބޮޑުވުން ނެތި ދާނެއެވެ.

ހުރިހާޓީމެއް 4 ގްރޫޕަށް ބަހާލައިގެން ކުއާޓާ ކުޅޭގޮތައް ރޭވުން

smsc-2މުބާރާތުގައި 13 ޓީމު ވާދަކުރާއިރު 3 ގްރޫޕަށް ބަހާލުމުގެ ބަދަލުގައި 4 ގްރޫޕަކަށް ބަހާލައި ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމު ދެވަނަ ބުރަށްގެންގޮސް ނޮކްއައުޓް ބުރެއް (ކުއާޓާ ފައނަލް ) ބޭއްވިއްޖެ ކަމަށްވާނަމަ ޓީމުތަކަށް ކުރިއަށް ދިއުމަށް އިތުރު ފުރުޞަތެއް ލިބި މުބާރާތުގެ ފޯރި އެތައް ތަނަކުން އިތުރުވެގެން ދާނެއެވެ. މިގޮތައް ހަދައިފި ނަމަ ފުރަތަަމަ ބުރުން ކަޓައިގެންދާނީ ހަަމަ އެންމެ 5 ޓީމެވެ.

މުބާރާތް މިހާރު ރޭވިފައިވާ ގޮތުން މުބާރާތުގައި 26 މެޗު ކުޅެން ޖެހޭއިރު  4 ގްރޫޕަށް ބަހައިގެން ކުއާޓާ ފައިނަލް އާއި ސެމީފައިނަލް ކުޅޭނަމަ މުބާރާތުގައި ފައިނަލް މެޗާއި އެކު މުޅި ޖުމުލަ ކުޅެވިގެން ދާނީ 22 މެޗެވެ. މިގޮތައް ވެއްޖެ ނަމަ ޗުއްޓީ ނަގައިގެން ހަމަ ސީދާ މި މުބާރާތައް އަންނަ ކުދިންނަށްވެސް އެތައް ތަނަކުން ފަސޭހަވެގެން ދާނެއެވެ.

sms-3ކޮންމެ ގޮތެއްވިޔަސް ނ.އަތޮޅުގެ ރަށްރަށުގައި ތިބި މޮޅަތި ކުޅުންތެރިން މުބާރާތް އޮންނަ ދުވަސްވަރާއި ދިމާކޮށް ރަށްރަށަށް ގެނެސް ޖަމާކޮށް ބޮޑު އަގުދީފަ މޮޅަތި ކޯޗުން ގެނައުމުގެ އިތުރުން ފެންވަރު ރަނގަޅު އަގުބޮޑު ޖާޒީތަކާއި ޕްރެކްޓިސް ކުރުމަށާއި ، މެޗުކުޅުމަށް ބޭނުންވާނެ އެންމެހާ ސާމާނުތައް ބޮޑަތި އަދަދުތަކުން ޚަރަދުކޮށް ޓީމުތަކުން ހޯދަމުން ދާއިރު މުބާރާތް މިފަހަރު ރޭވި ކުރިއަށް މިދާގޮތް ނޫން އެހެންގޮތަކަށް މުބާރާތް އިންތިޒާމް ވެގެން ދިއުމަށް ގިނަރަށްތަކަކުން ބޭނުންވެއެވެ.

 

 

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz