މީޓަރު ނުހިނގާ ގޮތަށް ކަރަންޓް ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުގައި ލަންދޫގެ ގެެއެއް ފާސްކޮށްފި.

ލަންދޫ އިންޖީނުގެ / ފޮޓޯ : ލަންދޫއިންފޯ

ހައުސްމީޓަރު ބަރާބަރަށް ނުހިނގާގޮތް ހަދައިގެން ދިގުމުއްދަތެއްގައި ކަރަންޓް ބޭނުންކުރަމުންދާކަމުގެ ތުހުމުތަމަތުގައި ނ.ލަންދޫ މަންޒިލް ގެ މިއަދު ފާސްކޮށްފިއެވެ.

މިއަދު ހަވީރު 5:15 ހާއިރު ލަންދޫ އިންފޯގެ ޓީމަށް ފެނިފައިވަނީ ނ.ލަންދޫ އިންޖީނުގޭގެ ޓީމަކުން ނ.ލަންދޫ މަންޒިލް ގެއަށްވަދެގެން އެގޭ ކަރަންޓް މީޓަރު ޗެކް ކުރިމަންޒަރެވެ.

އިންޖީނުގޭގެ އިސްބޭފުޅަކު އެކަމާގުޅިގެން ލަންދޫއިންފޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެގެއަކީ ލަންދޫގެ ޢާއްމު ގޭގެއަށްވުރެ ބޮޑު ގެއަކަށްވެފައި އަދި ކޮޓަރިތައްވެސް ގިނަވެފާ ގިނަމީހުން ދިރިއުޅޭގެއަކަށްވާއިރު މަހަކަށް ކަރަންޓް ބިލަށް އަރާވަރު މާބޮޑަށް މަދުކަމަށް ފެންނާތީ ޗެކްކުރަން ޖެހުނީ ކަމުގައެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ޢާއްމު ގޮތެއްގައި އެގެއިން ކޮންމެ މަހަކުވެސް ކަރަންޓް ބިލަށް އަރަނީ އެވްރެޖްކޮށް 250 ރުފިޔާ އާއި، 300 ރުފިޔާ ދެމެދުގެ އަދަދަކަށެވެ.

މިއަދު ޗެކުކުރި އިރު އެގޭމީޓަރު އެއްވެސް ގޮތަކަށް ނޭބުރޭ ކަމަށާއި، 1000 ވޮޓް ގެ ކަރަންޓް އިސްތިރިއެއް ޖެއްސުމުންވެސް މީޓަރު ގުޑާވެސް ނުލިކަމަށެވެ. އެހެން ކަމުން މިހާރު ވާނީ ޔުޓިލިޓީސްކުންފުނީގެ އިސްވެރިންނަށް މިކަން އަންގާފަކަށާއި، އަދި މިކަމުގައި ހަދަންވީގޮތެއް އެބޭފުޅުން އެންގެވުމުން އެކަމެއް ކުރާނެކަމަށްވެސް ލަންދޫއިންޖީނުގެއިން ވާހަކަ ދެއްކިބޭފުޅާ މިއަދު މަޢުލޫމާތު ދެއްވިއެވެ.

މިއަދު މި ޗެކްކުރި ގެއަކީ ލަންދޫ އިންޖީނުގޭގައި ވަޒީފާ އަދާ ކުރާ ބޭފުޅެއް ދިރިއުޅުއްވާ ގެެއެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ އިންޖީނުގެއަށް އިތުރު ދެ މުވައްޒަފުން ހަމަޖައްސައިފި.

ނ.ލަންދޫ އިންޖީނުގެއަށް އިތުރުު ދެ މުވައްޒަފުން މިއަދު ހަމަޖައްސައިފިއެވެ. ފެނަކަ ކޯޕަރޭޝަނުން ހިންގަމުން ގެންދާ ނ.ލަންދޫ އިންޖީނުގެއަށް އަލަށް އިތުރު …

ޚިޔާލެއްދެއްވާ

avatar
ލަންދޫ ރައްޔިތެއް
ލަންދޫ ރައްޔިތެއް

އިންގީނުގޭގައި މިހާރު އުޅޭ ކުދިންވެސް މިހާރު ހާދަ ފައްކާ މިޝަންތައް ޖައްސައޭދޯ…. އަނެއްކާ އިންގީނުގެއިން ދިޔަ ޓީމުގައި އެގޭގައި އުޅޭ ސޮރުދިޔަތަ….. ތިޔަކަމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅައިފި ނަމަ ލަންދޫގެ ގިނަ ގޭގެ މީޓަރުތައް ހުއްޓިދާނެ… ޑޮކްޓަރުން ބުނޭ ތީ ވރަށް ނުރައްކާތެރި ގޭން ގެއަށް އަރާ ބައްޔެކޭ………………………

ޢަލީ ޒިޔާދު
ޢަލީ ޒިޔާދު

ވަގަކަށް ހާސް ދުވަސް ވެރިއަކަށް އެއްދުވަސް… އެކަމަކުވާ ތިދެން އަގުވެއްޓުނީ އެނގޭ…. އެކަމަކު ވަރަށް ދެރަކަމެއް ތިކުރީ…

wpDiscuz