މީޑިއާ ކައުންސިލްގެ އިންތިޚާބު ބާއްވާ މެމްބަރުން އައްޔަން ކުރައްވައިފި

މޯލްޑިވްސް މީޑީއާ ކައުންސިލްގެ އިންތިހާބް ބާއްވައި ކުރިއަށް އޮތް ދައުރަށް މެބްބަރުން އިންތިހާބްކޮށްފިއެވެ.

މިއަދު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި މީޑިޔާ ކައުންސިލް އިންތިހާބްގައި މީޑިއާއަށް ލާޒިމްކުރާ ހަތް ގޮނޑިއަށް ފަނަރަ ފަރާތަކުން ވާދަކޮށްފައިވާއިރު އާންމުންގެ ފަރާތުން ހޮވާ އަށް ގޮނޑިއަށްވެސް ގިނަ ބަޔަކު ވާދަކޮށްފައިވެއެވެ. މީޑިޔާ ތަކުގެ ފަރާތުން ކައުންސިލަށް އިންތިހާބްވެފައިވާ ބޭފުޅުންނަކީ

 1. ހަވީރުގެ އިސްމާއިލް ނަސީރާއި، 62 ވޯޓް:
 2. އެމްބީސީގެ މުހައްމަދު އަފްޒަލް 55 ވޯޓް:
 3. އަށާވީސް މަޖައްލާގެ އިބްރާހިމް ޒަކީ 49 ވޯޓް:
 4. މިނިވަން ޑެއިލީގެ ހުޝާމް މުހައްމަދު 49 ވޯޓް:
 5. ދިޓީވީގެ މިދުހަތް އާދަމް 46 ވޯޓް:
 6. ސަން އެފް އެމްގެ އަހުމަދު ޒާހިރު 45 ވޯޓް:
 7. ރޭޑިއޯ އެޓޯލް އިން އަބްދުﷲ ޝިނާން 43 ވޯޓް؛

މިއިންތިހާބްގައި ފަސްދޮޅަސް ނުވަ ފަރާތަކުންވަނީ ވޯޓް ލާފައެވެ.  އާންމުންގެ ފަރާތުން އިންތިޚާބަށް ކުރިމަތިލީ މީހުންގެ ތެރެއިން ސަރުކާރުން ޝޯޓްލިސްޓުކުރި ސާދަ ބޭފުޅުންގެ ތެރެއިން މީޑިއާ ކައުންސިލަށް އިންތިހާބް ވެފައިވާ ބޭފުޅުންނަކީ

 1. މުހައްމަދު އަބްދުﷲ ޝަފީގް
 2. ޖައުފަރު ރަޝީދު
 3. އަބްދުﷲ ރަޝީދު
 4.  އަބްދުﷲ މުއާޒް ޔޫސުފް
 5. އަލީ ރަޝީދު
 6.  ޒިހުނަތު ހަސަން
 7. މުހައްމަދު ނަދީމް
 8. އަބްދުލް އަޒީޒް ހުސައިން އެވެ.

މީޑީއާ ކައުންސިލްގެ އިންތިހާބް ބާއްވައި، މެންބަރުން އިންތިހާބްކޮށްފައިވާއިރު މީޑިއާ ކައުންސިލުގެ ރައީސާއި ނައިބް ރައީސް އައްޔަން ކުރުމަށް ބާއްވާ އިންތިހާބް އަންނަ އާދީއްތަ ދުވަހު މީޑިޔާ ކައުންސިލްގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މީޑިއާ ކައުންސިލްގެ އިންތިޚާބު އަންނަ ހަފްތާގައި ބާއްވަނީ.

އެކިއެކި މައްސަލަތަކާހުރެ ފަސްކޮށްފައިވާ މީޑިއާ ކައުންސިލްގެ އިންތިޚާބު އަންނަ ހަފްތާގައި ބާއްވާނެކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ. އިންތިހާބު ބޭއްވުމަށް މިހާރު …

ޚިޔާލެއްދެއްވާ

avatar