މީޑިއާގައި ސިޔާސީ ހަކިތައް ހިއްޕާލާފައި….

ކޮންމެ ނޫސްވެރިޔަކު ވެސް އެ ނޫސްވެރިއެއްގެ ނޫސްވެރިކަމުގެދާއިރާއިން ބޭރުނުވެ، އަދި ނޫސްވެރިކަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައިބޭނުން ނުކުރުމަށް މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަނުން މިއަދު އިލްތިމާސް ކުރައްވައިފިއެވެ. އަދި ނޫސްވެރިންމިނިވަންކަމާއެކު ނޫސްވެރިކަން ކުރުމުގެ މާހައުލު ޔަޤީންކޮށްދީދެމެހެއްޓުމަށް ސަރުކާރާއި އަމްނު ބަލަހައްޓާ ފަރާތްތަކަށްވެސް އެޖަމްޢިއްޔާއިން ގޮވާލައްވާފައިވެއެވެ.

އެޖަމްޢިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވެއެވެ. “ފަހަކަށް އައިސް ސިޔާސީ ޕާޓީތަކުން އެކިއެކި ސިޔާސީބޭނުންތަކުގައި ނޫސްވެރިން އެފަރާތްތަކުގެ އެކްޓިވިސްޓުންގެ ގޮތުގައިބޭނުންކުރާކަން ހިތާމައާއެކު ފާހަގަ ކުރަމެވެ. ކޮންމެ ނޫސްވެރިއެއްގެ ވެސްއަމިއްލަ ޒަމީރު ގަބޫލު ކުރާ ސިޔާސީ ފިކުރެއް އޮތް ނަމަވެސް، އެނޫސްވެރިއެއްގެ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކާއި ހަމަތަކުގެ އިމުގެތެރޭގައި ހަރަކާތްތެރިވުމަކީ މުހިންމު ކަމެއް ކަމަށް މި ޖަމިއްޔާއިންދެކެމެވެ. އެގޮތުން، އެނޫސްވެރިއެއްގެ އަމިއްލަ މަސްލަހަތާއިނޫސްވެރިކަމުގެ ޕްރޮފެޝަނަލް މިންގަނޑު ތަފާތު ކުރަން އެނގި، އެއްވެސްނޫސްވެރިޔަކު އެ ނޫސްވެރިޔަކީ އެހެން ބައެއްގެ ހަތިޔާރަކަށްވެ، ސިޔާސީ އެކިބޭނުންތަކުގައި އެ ނޫސްވެރިއެއްގެ ނާޖާއިޒު ފައިދާ ނުނެގޭނެ ގޮތަކަށް އެނޫސްވެރިއެއްގެ އަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް މިޖަމިއްޔާއިން ދެކެމެވެ.”

ހުސްވި ޖޫންމަހު އޮތް މީޑިއާކައުންސިލްގެ އިލެކްޝަންއާއި ބެހޭގޮތުންވެސް މޯލްޑިވްސް މީޑިއާ އެސޮސިއޭޝަނުން ވަނީ ނޫސްބަޔާނެއް ނެރުއްވާފައެވެ، ނަމަވެސް އެނޫސްބަޔާން ނެރުއްވާފައިވަނިކޮށް، މިއިންއެއްވެސް ކަމަކަށް ބެލުމެއްނެތި އެއްގޮތަކަށްވެސް ޙަރަކާތްތެރިނުވާ މީޑިއާތަކުން މިދެންނެވި އިންތިހާބުގައި ވޯޓްދީފައި ވެއެވެ.  މިއީވެސް މީޑިއާގައި ސިޔާސީ ހަކިތައް ހިއްޕާލާފައިވާކަމުގެ އަލިގަދަ ދަލީލެކެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
ބުންވަރު
ބުންވަރު

މިއީ ވަރަށް ރަގަޅު ލިޔުމެއް މިލިޔުން ކިޔާލުމުން ރާއްޖޭގެ މީޑިއާގެ ހާލަތު އެނގިއްޖެ.

wpDiscuz