މީރު ސެލަޑެއް – އަޖުމަބަލާލާ

މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ސެލަޑެކެވެ. މި ސެލަޑުތައްޔާރު ކުރުމުގައި ބޭނުންވާ ތަކެތީގެ ތެރޭގައި އެތަކެތި ނުލިބޭނަމަ ބަދަލުގައި ބޭނުން ކުރެވިދާނެ ތަކެތިވެސް ބުރެކެޓްގައި ލިޔެފައިވާނެއެވެ. އިތުރަށް ސެލަޑް މީރުކޮށްލުމަށްޓަކައި ކްރުޓޮން ބޭނުންކުރެވިދާނެއެވެ.

ކުރުޓޮން ތައްޔާރުކުރުމަށް ބޭނުންވާތަކެތި: ކްރުޓޮން ބުރެޑް ނުވަތަ (އާދައިގެ ޕާން) ކިއުބުކޮށް ކުދިކޮށް ކޮށާފައި، 1 ސައިސަމުސާ އޮލިވް އޮއިލް، ކުޑަ އަސޭމިރުސްކޮޅެއް، ކުޑަ ލޮނުކޮޅެއް، ޗީޒް ކޮޅެއް

ކްރުޓޮން ތައްޔާރުކުރާނެ ގޮތް: ކްރުޓޮން ބުރެޑް ނުވަތަ (އާދައިގެ ޕާން) ޓުރޭއަކަށް އެޅުމަށްފަހު އޮލިވް އޮއިލް، ޗީޒް ، އަސޭމިރުސް އަދި ލޮނުކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން 190  ޑިގްރީއަށް އަވަން ބެހެއްޓުމަށްފަހު 10 މިނެޓް ވަންދެން ފިހެލުމަށްފަހު ނަގާށެވެ.

 

ބޭނުންވާނެ ތަކެތި:

2 ޓޮމާޓޯ ( ކިއުބުކޮށް ކުދިކޮށް ކޮށާފައި)

1 ފިޔާ ( ކިއުބުކޮށް ކުދިކޮށް ކޮށާފައި)

1 މިރުސް ( ކިއުބުކޮށް ކުދިކޮށް ކޮށާފައި)

5 ލެޓިއުސްފަތް ނުވަތަ ( ކެބެޖު ) އެއް ޖޯޑު

1 ކެރެޓް ( ކިއުބުކޮށް ކުދިކޮށް ކޮށާފައި)

1 އޮރެންޖު ( ކިއުބުކޮށް ކުދިކޮށް ކޮށާފައި)

1 ލިނބޯ

1 އާފަލު (ކިޔުބުކޮށް ކުދިކޮށް ކޮށާފައި)

1 ސައިސަމުސާ އޮލިވް އޮއިލް

ކުޑަ އަސޭމިރުސްކޮޅެއް

1 ސައިސަމުސާ މާމުއި

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ބޮޑުތައްޓެއްގެ ތެރެއަށް މާމުއި، އޮލިވް އޮއިލް އަދި އަސޭމިރުސްކޮޅެއް އެޅުމަށްފަހު ސަމުސަލަކުން ރަނގަޅަށް އެއްކޮށް ގިރާލާށެވެ. ދެން އިރުކޮޅަކު ބެހެއްޓުމަށްފަހު، ބާކީ ހުރި ތަކެތި ތައްޓަށް އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު އެންމެ ފަހުން ކްރުޓޮން ކޮޅު އަޅާލުމަށްފަހު ލިނބޯ ހުތްކޮޅެއް އަޅާ ހުރިހާ ބާވަތެއް އެއްކޮށްލާށެވެ. އަޖުމަ ބަލާލުމަށް ތައްޔާރުކޮށްލަވާ!

 

ލިޔުނީ: އިބްރާހިމް ޝާމިލް

އިބްރާހިމް ޝާމިލް އަކީ ޒުވާން ލިޔުންތެރިއެކެވެ. ޢާއްމުކޮށް ލިޔެއުޅެނީ ތަފާތުވައްތަރުގެ ވާހަކައެވެ. އަދި މުޖުތަމަޢުގެ ޙާލަތާ ގުޅޭގޮތުން މަޒުމޫނާއި ، ޅެންވެސް ހައްދަވާ އުޅުއްވައެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz