މީރާ އިންވަނީ ދުނިޔޭގެ އެހެން ޓެކްސް އިދާރާއަކުން ނުހޯދާވަރުގެ ފުރިހަމަ ކާމިޔާބީތައް ހޯދާފަ-މިނިސްޓާރ ޖިހާދް

މީރާ އިންވަނީ ދުނިޔޭގެ އެހެން ޓެކްސް އިދާރާއަކުން ނުހޯދާވަރުގެ ފުރިހަމަ ކާމިޔާބީތައް ހޯދާފަ-މިނިސްޓާރ ޖިހާދް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ދެ އަހަރު ވެގެންދިޔައިރު އެ އޮތޯރިޓީން ދުނިޔޭގެ އެހެން ޓެކްސް އިދާރާއަކުން ނުހޯދާވަރުގެ ފުރިހަމަ ކާމިޔާބީތައް ހޯދާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

މީރާ ގެ ދެ ވަނަ އަހަރީ ދުވަހާ ގުޅިގެން ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގަ ވާހަކަދަށްކަވަމުން ޖިހާދު ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖޭގެ މާލީ ހާލަތު އެހާ ރަނގަޅު ދުވަސްވަރެއް ނޫން ކަމަށެވެ.މި މޭރުމުން ވާހަކަދަށްކަވަމުން މީގެ އިތުރަށް ރޭ މިނިސްޓާރ ވިދާޅުވީ އިތުރު ޓެކްސެއް ތައާރަފުކޮށްފި ނަމަ މީރާގެ މަސައްކަތް މިހާރަށް ވުރެ އިތުރުވެގެންދާނެ ކަމަށާ، މީރާ އަށް ދެ އަހަރު ވެގެންދިޔައިރު އެ އޮތޯރިޓީން ދުނިޔޭގެ އެހެން ޓެކްސް އިދާރާއަކުން ނުހޯދާވަރުގެ ފުރިހަމަ ކާމިޔާބީތައް ހޯދާފައިވާ ކަމަށެވެ.އަދި އެގޮތުން ރާއްޖޭގައި ތައާރަފުކޮށްފައިވާ ޓެކްސްތައް ނެގުމުގައި މީރާ އިން ވަރަށް ފުރިހަމަ އަށް މަސައްކަތްކޮށްފައިވާކަންވެސް ޖިހާދު ވަނީ ފާހަގަކުރައްވާފައެވެ.މީރާގެ އަހަރީ ޖަލްސާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބުގެ އިތުރަށް މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކުގެ އިސް ފަރާތްތަކުންވަނީ ބައިވެރިވެ ވަޑައި ގަންނަވާފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz