މީހުންނާއި ތަކެއްޗަށް ގެއްލުންދޭން ގޮވާލުމަކީ ތިމާމެން ނިކަމެތިވެދާނެކަމެއް!

ޖާހިލއްޔަޒަމާނުގައި މީސްތަކުންވީ އަންހެންދަރީން ދިރިތިއްބާ މަރާބައެއްގެގޮތުގައެވެ. އަދި އަޑުގަދަމީހާ ރުއްގިނަވާ ގޮތާއި ލާއިންސާނީ އަނިޔާދިނުމަކީވެސް އެޒަމާނުގައި ޢާއްމުވެފައިވީ ކަންތައްތަކެވެ. ކަންމިހެންވެފައިވަނިކޮށް މުޅިދުނިޔެއަށް އިންޤިލާބެއްގެނުވީ މާތްރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔޭގެ އަލިކަންދެކެވަޑައިގަތުމާއި ގުޅިގެންނެވެ. ރޯމަނުންކުޅަ ރަންމުތެއްފަދަ ވެރިކަން ކޯމަހެއްފަދައިން ފުނަށްފީނައިގަތްގޮތާއި ފާރިސީން އަޅުކަންކުރަމުންދިޔަ އަލިފާނަށްވީގޮތް މިއަދު ހަނދާންކޮށް ޢިބުރަތް ޙާޞިލްކުރަންޖެހެއެވެ.

މާތްވެގެންވާ އިސްލާމްދީން މިހުރިހާކަމެއް މަނާކުރެއެވެ. ހަނގުރާމަކުރެވޭނީ ހަނގުރާމަކުރާ މީހުންނާއި ދެކޮޅަށެވެ. ހަމައެހެންމެ، ހަނގުރާމައިގައި ކުޑަކުދިންނާއި އަންހެނުން އަދި މުސްކުޅިން ޤަތުލުނުކުރުމަށާއި ގަސްގަހާގެއްސައްވެސް ގެއްލުން ނުދިނުމަށް މީގެ 1400 އަހަރުކުރިން ކައުއިތުރު ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަވަނީ އިރުޝާދުދެއްވާފައެވެ. ނަމަވެސް އިސްލާމްދީނުގެ ޢަދާވާތްތެރިން މުޝްރިކުން ވަނީ މިއާޚިލާފަށް ޢަމަލުކޮށްފައެވެ. އަބޫޖަހުލުފަދަ، އަބޫލަހަބުފަދަ މީހުންނަކީ މިދީނުގެ އުޞުލުތަކަށް ގޮންޖަހަމުންދިޔަބައެކެވެ. އެބައިމީހުންގެ ނިމުން ނިކަމެތިކުރެއްވި ވާހަކަ ކީރިތިޤުރުއާނާއި ޙަދީޘުން ސާބިތުވެއެވެ. މިގޮތުން އަލްމަސަދި ސޫރަތުގައި އަބޫލަހަބާއި އޭނާގެ އަންހެނުން އުއްމުޖަމީލްގެ ނުބައިކަމުގެވާހަކަ ވަނީ ބަޔާންކުރައްވާފައެވެ.

މީގެއިތުރުން މުސްލިމުންގެތެރެއިން ޢައްމާރުބުނު ޔާސިރާއި ބިލާލުގެފާނުފަދަ އަޞްޙާބުބޭކަލުންނަށް އަނިޔާކުރަމުންދިޔާ ޤުރައިޝުން ބަލިކަށިވެގެންދިޔަގޮތް މިއަދު އަޅުގަނޑުމެން ދިވެހިން ހަނދާންކުރަންޖެހެއެވެ. ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިބަސްފުޅެއްގެ މާނައިގައިވެއެވެ. “އަނިޔާވެރިކަން ޤިޔާމަތްދުވަހުންވާނީ ކަޅުއަނދިރިތަކެއްގެ ސިފައިގައެވެ.” (ރިވާހު މުސްލިމް)

ކަންމިހެންހުރިއިރު ﷲގެ ބަސްފުޅަށް ގިންޖަހާ އެކަލާންގެ ކަނޑައަޅުއްވާފައިވާ ޙައްދުތައް ތަންފީޒުކުރުމނަށް ދެކޮޅުހަދާބަޔަކު މިހާރުން މިހާރަށް ތައުބާވެ އިޞްލާޙު ނުވެއްޖެނަމަ، އެބަޔަކު ނިކަމެތިވެދާނެކަމީ ޝައްކެއްއޮތްކަމެއްނޫނެވެ. އެބަޔަކީ ސިޔާސީ ގޮތުން ކުރިއަށްދާން މަސައްކަތްކުރާ ބަޔަކަށް ވީނަމަވެސް އިސާހިތަކު އިނދަޖެހުމަކީވެސް އެކަށީގެންވާކަމެކެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ދަރިވަރުން ޓެބްލެޓް ބޭނުންކުރާނެގޮތް ބެލެނިވެރިންނަށް އޮޅުންފިލުވައިދޭން ފަށައިފި.

މިއަހަރުގެ ދެވަނަ ޓަރމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ މަޝްރޫއުގެ ދަށުން، …

ޚިޔާލެއްދެއްވާ

avatar
އިބްރާހީމް
އިބްރާހީމް

ވަރަށް ރަނގަޅު ލިޔުމެއް ޖާހިލުކަން އަށަގެންފިނަމަ އޭނާގެ ލޯތަކާއި ކަންފަތްތައް ބީރުވާނެކަމީ ޝައްކެއް އޮތްކަމެއްނޫން

އުސްމާން
އުސްމާން

އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަކީ ކުރީގެ ޖާހިލިއްޔަޒަމާނުގެ ޖާހިލިއްޔަތު ދިރުވާ އާލާ ކުރާބައެއްގެ ގޮތުގައި ނުލައްވާށި. އަޅުގަނޑުމެންގެ ސިޔާސީ ވެރިންނަށް ހެޔޮވިސްނުން ދެއްވާށި. އާމީން.