މި ސަރުކާރަކީ “ކަލަ” ގޮވާނެ ސަރުކާރެއް ނޫން – އަދީބު

ADHEEB

މިސަރުކާރަކީ ކަލަ ގޮވާނެ ސަރުކާރެއް ނޫންކަމަށާއި، މިއަދުގެ ސަރުކާރުން ރާއްޖެއަށް ބޮޑު ތަރައްގީއެއް ގެންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަދި ޕީޕީއެމްގެ ނައިބްލީޑަރ އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވީ ރޭ ދިޓީވީގެ ޚަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދީބު ވިދާޅުވީ މި ސަރުކާރުގެ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ދާނީ ކުރިއަށް ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފަސް އަހަރު ނިމިގެންދާއިރު ރާއްޖޭގެ އިގްތިސާދުގެ މަލަމަތި ފެނިގެންދާނެ ކަމަށެވެ.
ދިޓީވީގެ “ހަބަރު ތެރެއިން” ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އަދީބު ރޭ ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް އަންނަ ތަރައްގީގެ ސަބަބުން އެ ދާއިރާތަކުގެ ރައްޔިތުން ބާރު އެޅުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕީޕީއެމާ ގުޅެމުންދާ ކަމަށެވެ.
“ބޭރުގެ އެޖެންޓުން” މެދުވެރިކޮށް ފައިސާ ހަރަދުކޮށްގެން ޕީޕީއެމްގެ މެމްބަރުން އިދިކޮޅު ޕާޓީތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަދީބު ރޭ ތުހުމަތު ކުރެއްވިއެވެ.
“އަޅުގަނޑު ހަމަ ޑިކްލެއާ ކޮށްލަން މިރޭ ވެސް ތަކުރާރުކޮށް މި ދަންނަވަނީ އަޅުގަނޑުމެންގެ މެޖޯރިޓީއެއް ގާސިމް އިބްރާހިމަކަސް އަދި މުހައްމަދު ނަޝީދަކަސް އަދި ހަމައެހެންމެ ބޭރުގެ ކިތަންމެ ގިނަ އެޖެންޓެއް މެދުވެރިކޮށް ފައިސާ ހަރަދުކުރެއްވި ނަމަވެސް މާތް ރަސްކަނލާގެ އިރާދަފުޅުން އަޅުގަނޑުމެންގެ މެޖޯރިޓީއެއް ދުއްވައެއް ނުލެވޭނެ. އަޅުގަނޑު ނުބުނަން ދެތިން މެމްބަރުން ނުދާނެއެކޭއެއް ވެސް،” އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި އަދި ގާނޫނުތަކުގެ ހިމާޔަތުގައި ތިއްބެވީ ވެސް މިއަދުގެ ސަރުކާރުން ކަމަށެވެ. އަދި ގާސިމް އިބްރާހިމް ފަދަ ބޭބޭފުޅުންގެ ހިމާޔަތުގައި މިއަދު ވެސް މަސައްކަތް ކުރައްވާނީ މި ސަރުކާރުން ކަމަށް އަދީބު ވިދާޅުވި އެވެ.
“އަޅުގަނޑުމެން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ އިނގޭތޯ ގާނޫނާއި ހިލާފަށް. ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ތެދެއްމެ ހުންނާނެ ބައެއް ކަންތައް ކޮށްދެއްވާފައި. ގައުމަށްޓަކައޭ ކިއާފައި އަޅުގަނޑު އެބޭފުޅަކަށް ވަރަށް އިހުތިރާމް ކުރައްވާ ގާސިމް އިބްރާހިމް އެކުރައްވާ ކަމަކީ ހަމަ އަމިއްލަ އެދުމާއި ހުރެ ކުރައްވާ ކަންކަން،” އަދީބު ވިދާޅުވި އެވެ.
ރޭގެ ޚަބަރުތެރެއިން ޕްރޮގްރާމްގައި އަދީބު ބޮޑަށް އަލިއަޅުއްވާލެއްވީ ޤާނޫނު އަސާސީގެ ދިފާޢުގައި ކަމަށްބުނެ ޖޭޕީ އަދި އެމްޑީޕީން ކުރިއަށްގެންދާ ޙަރަކާތްތަކުގެ މައްޗަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

“ސްޓީލިން ޕެރަޑައިޒް” އާއި ގުޅިގެން އަދީބާ ސުވާލުކޮށްފި

އަލްޖަޒީރާއިން ތައްޔާރުކޮށް ގެނެސްދިން “ސްޓީލިން ޕެރަޑައިޒް”ގައި ހިމަނާފައިވާ ބައެއް މައުލޫމަތު ތަކާ ގުޅިގެން އޭސީސީއިން އަދީބު އާއި ސުވާލުކޮށްފިއެވެ.  އަދީބު …

ޚިޔާލެއްދެއްވާ

avatar
wpDiscuz