މި އަންނަ މަހު ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ހުއްދަ ދެނީ

helicopter

ހަމިންބާރޑު ހެލިކޮޕްޓަރ ދުންވި ދުވަސްވަރަށްފަހު ގާތްގަނޑަކަށް 20 އަހަރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ހުއްދަ އަންނަ ޖެނުއަރީ މަހު ތެރޭގައި ދޭނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެ އާއި ބޭރުގެ ބަޔަކު ގުޅިގެން އުފައްދާފައިވާ ކުންފުންޏަކުން، ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އެކަމުގެ ހުއްދަ ދޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު އެއީ ކޮން ކުންފުންޏެއް ކަމެއް އެ އޮތޯރިޓީއަކުން ނުބުނެ އެވެ.

އޮފިޝަލް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ހިދުމަތާ ގުޅޭ ގަވައިދާއި އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތް ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ހެލިކޮޕްޓަރުގެ ހިދުމަތަށް ހުއްދަ ދިން ނަމަވެސް، އަމަލީ ގޮތުން އެކަން ފަށަން ފަސް ވަރަކަށް މަސް ނަގާނެ ކަމަށްވެ އވެެ.

ރާއްޖޭގައި މިހާރު ހެލިކޮޕްޓަރު ދުއްވަނީ އެމްއެންޑީއެފުން އެކަންޏެވެ. އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިން ދެ ހެލިކޮޕްޓަރު ދުއްވަނީ ވެސް އިންޑިއާ ސިފައިންނެވެ. އާއްމުގޮތެއްގައި މި ހެލިކޮޕްޓަރ ބޭނުންކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށާއި ހާލުދެރަ ބަލިމީހުން މާލެގެނައުމަށެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz