މިސްކިތު ފެންޑާއަށް ވެލިއެޅުމުގެ މަސައްކަތް ކޮށްފި

ނ.ލަންދޫ ހުކުރު މިސްކިތް މަސްޖިދުލް ލުބާބުއަށް އިތުރު ކުރެވޭ ފެންޑާބަޔަށް ވެލިއެޅުމުގެ މަސައްކަތް ލަންދޫ ރައްޔިތުން މިއަދު ކޮށްފިއެވެ.

މިއަދު ކުރެވުނު މަސައްކަތުން މިސްކިތުގެ އުތުރު ފަރާތުގައި ހަދާ ފެންޑާގައި ތަޅުންއެޅުމަށް އެއްފޫޓަށް ވެލިއަޅާ ނިމިފައިވާ ކަމަށް ލަންދޫ ކައުންސިލް ޢިދާރާއިން މަޢުލޫމާތު ދެއްވައެވެ.

މިއަދު ހެނދުނު 9ން ފެށިގެން މަސައްކަތް ކުރެވެމުންދިޔައިރު އިންޓަވަލްއަށް ނ.ލަންދޫ ގުލަދަމްގެ އަލްފާޟިލް ޢުމަރު މޫސާ ދަޅާއި ބިސްކޯދު ހަދިޔާކޮށްދީފައި ވާއިރު މިރަށު ތޮޅެންދޫ އަވަށުން އައިސްމައިލޯ އާއި ތަފާތު ވައްތަރުގެ ބުއިންތަކާއި ލުއިކަނާ ހަދިޔާކޮށްދެއްވާފައި ވެއެވެ. ހަމަ އެހެންމެ މަސައްކަތް ނިންމާލިވަގުތު ކަމުގައިވާ ހަވީރު 4 ޖަހާއިރު ލަންދޫ މާޅެންދޫ އަވަށުން ހަވީރުގެ ސައި ހަދިޔާކޮށްދީފައިވާ ކަމަށް ލަންދޫ ކައުންސިލް ޢިދާރާއިން މަޢުލޫމާތު ދެއްވައެވެ.

މިއަދުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ ވަރަށް އެކުވެރި ރޫހެއްގައި ވަރަށް ޖޯޝާއި ފޯރީގައިކަން ފާހަގަކޮށް މިއަދުގެ މަސައްކަތުގައި ބައިވެރިވެލެއްވި ހުރިހާފަރާތްތަކަކަށާއި ، އިންޓަވަލް އާއި ހަވީރު ސައި ތައްޔާރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ލަންދޫކައުންސިލް ޢިދާރާއިން ޝުކުރު އަދާކުރައްވައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
ނުހިނގާ ގަލަމުން
ނުހިނގާ ގަލަމުން

ބިންމަތީގައިވާ ﷲގެ ގެތައް ޢިމާރާތްކޮށް ބަލަހައްޓާ ފަރާތްތަކަށް އާޚިރަތުގައި ސުވަރުގެއިން ގަނޑުވަރެއް ދެއްވާށި! މިސްކިތް ޢިމާރާތްކުރުމަށްވުރެ އެމިސްކިތް އާބާދުކުރުން (އަޅުކަންކުރުން) މާ ހެޔޮކަން ބޮޑު. ﷲގެ ގެ ފަޅުކުރާ މީހަކަށް ގެއްލުމާއި ހަލާކުހުރި..

wpDiscuz