މިދިޔަބުރާސްފަތި ދުވަހު މަޖްލީހުގެ ގިނަމެމްބަރުންތަކެއްގެ ނަންއިއްވައި ނެރުނުމައްސަލައާއި ގުޅޭ ވީޑިއޯ ތަކެއް އިންޓަރނެޓްގައި ލީކްކޮށްލައިފި.

ރައްޔިތުންގެ މަޖްލިސްގެ މިދިޔައަހަރުގެ އެންމެ ފަހުޖަލްސާގައި މަޖްލިސްގެ ތަޅުން ހޫނުވެ ޖަލްސާ ކުރިއަށް ގެންދެވޭ ވަރުނުވެގެން މެމްބަރުންތަކެއްގެ ނަންއިއްވައި މިދިޔަބުރާސްފަތި ދުވަހު މަޖްލީހުގެ ޗެމްބަރުން ނެރުނުމައްސަލައާއި ގުޅޭ ވީޑިއޯ ތަކެއް އިންޓަރނެޓްގައި ލީކްކޮށްލައިފިއެވެ.

މީގެ ތެރެއިން އެއްވީޑިއޯ އަކުން ފެންނަނީ ވައިކަރަދޫ ދާއިރާގެ މެމްބަރު ޢަލީ ޢާރިފް ނެރެން އުޅުނު އިރު އެބޭފުޅާގެ ގަމީސް ވީދާލަން ކޮންމެވެސް މެމްބަރަކު މަސައްކަތް ކުރައްވާ މަންޒަރެވެ. އަދި ވީޑިއޯގެ އަޑުންވެސް އިވެނީ ” މިއަދު ގަމީހެއް ވީދާލަން ޖެހޭނޭ ” ކޮންމެވެސް ބޭފުޅަކު ވިދާޅުވާ އަޑެވެ.

ޢަލީ ޢާރިފްގެ ގަމީސްކޮޅު ވީދާލީ ސިފައިންގެ ބޭކަލުންކަމަށް ދޭހަވާ ގޮތަކަށް ޕީޕީއެމްގެ ތަރުޖަމާނު އަޙްމަދު މަޚުލޫފު ދާދި ފަހަކުން މީޑިއާގައި ވާހަކަފުޅުދައްކަވާފައިވާއިރު މިވީޑިއޯތަކުން މިފެންނަ މަންޒަރުތަކާއި، އިވެމުންމިދާ އަޑުތަކާމެދު ސުވާލު އުފެދެއެވެ.

ވީޑިއޯތައް އެއްކޮށް ޕްލޭކޮށްލައިފިނަމަ މަޖްލިސްގެމެމްބަރުން ރައްޔިތުންނާއިމެދު އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވާ މިންވަރު ވަރަށްރަގަޅަށް ވަޒަންކުރެއްވޭނެއެވެ.

މިލިޔުމާއި، ގުޅޭ ވީޑިއޯ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

ލަންދުއަށް ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު ބަނދަރުކުރާނެ

ނ.ލަންދުއަށް ގެންނަ 250 ކިލޯވޯޓްގެ ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު 7 އާއި 8 ދެމެދު ލަންދުއަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz