މިފަހަރު ބަބުކޭލަށް ޑިމާންޑެއްނެތް

މިދުވަސްވަރަކީ ބަބުކޭލުގެ މޫސުމެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ބަބުކެޔޮގަސްތައް ބަބުކޭލުން ފުރި ބަބުކެޔޮތައް ހަރުވެ ފައްކާވަމުން އަންނަ ދުވަސްވަރެވެ.

ވޭތުވެދިޔަ އަހަރުތަކާއި ޚިލާފަށް މިއަހަރު ފާހަގަ ކުރެވގެން މިދަނީ ބަބުކޭލަށް އޮތް ޑިމާންޑް ތަންކޮޅެއް ކުޑަ އަހަރެއްގެ ގޮތުގައެވެ. ޚާއްޞަކޮށް ރޯ ކޭލަށް ބަބުކިޔޮ ގަންނަ މީހުންގެ އަދަދު މިފަހަރު މިވަނީ އެތައްތަނަކުން ދަށްވެގެން ގޮސްފައެވެ. ފަހަރެއްގައި މިއީ ރާއްޖޭގެ އިޤްތިޞަދަށް އައިސްފައިވާ ހީނަރުކަމަކުން މެދުވެރިވެގެން އުޅޭކަމަކަށްވެސް ވެދާނެއެވެ. ނުވަތަ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ބަބުކެޔޮ ހައްދާފައިވާ މިންވަރު އިތުރުވެފައިވަނީ ކަމަށްވެސް ވެދާނެއެވެ.

ހަމަ ޔަޤީނުންވެސް އަޅުގަނޑުމެންގެ މިރަށުގައި މީގެ ދެތިން އަހަރާއި އަޅާބަލާއިރު މިއަދުމިވަނީ އެތައްއެތައް ބައިވަރު ބަބުކެޔޮގަސްތައް އިތުރުވެފައެވެ. ނިސްބަތުން މިއަދު ބަބުކެޔޮ ގަހެއް ނެތްގެއެއް ވަރަށް މަދުވާނެއެވެ.

މިފަހަރުގެ ބަބުކިޔޮ މޫސުމުގައި ރޮލާ ބަބުކެޔޮ ވިއްކައި ނުލެވުމުން ގިނަ ބަޔަކު މިހާރު ކުރަމުންގެންދާ އެއް މަސައްކަތަކަށް ވެފައި މިވަނީ ބަބުކެޔޮ ތެލުލުމުގެ މަސައްކަތެވެ. ބައެއް ފަރާތްތަކުން ވިޔަފާރިއަށް ވިއްކުމަށް ބަބުކެޔޮ ތެއްލަމުން ދާއިރު އަނެއްބަޔަކު ބަބުކެޔޮ ތެލުލަމުން ދަނީ ކާލުމަށާއި ގާތް ރައްޓެހި ރަޙްމަތްތެރިންނަށް ހަނދިޔާއަކަށް ފޮނުވުމުގެ ބޭނުމުގައެވެ.

ބަބުކޭލުން ނަފާ ހޯދުމަށް ބޭނުންވާފަރާތްތަކުން އިންތިޒާރުކުރަމުންދަނީ ބަބުކޭލަށް ރަނގަޅު ޑިމާންޑެއް ލިބިގެންދާނެ ދުވަހަކަށެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
ކުޑަބެ
ކުޑަބެ

ދޮންބެ ތިހެން ބުންޏަކަށް ތިން ރުފިޔާ ދެރުފިޔާއަށް ބަނބުކޭލެއް ވިއްކައިގެން އެލިބޭ އެއްޗަކަށްވުރެ ތެލަށް އަޅާލާފަ ތިންސަތޭކައަށް ޑަބިޔަލެއް ހަދާލީމަ ފައިދާ ބޮޑެއް ނޫންތަ؟ މިހާ ތަކެތި އަގުބޮޑު އިރެއްގަ ލަންދޫ މީހުން ނޫނަކަށް ބޭނުންވާނީ ނަފާ ބޮޑު ގޮތް ދޯ!

ދޮންބެ
ދޮންބެ

ރޮލާވެސް ވިއްކޭނެ. ލަންދޫމީހުންނަށްވަނީ ބަނބުކޭލެއް ސަތޭކަރުފިޔާއަށްވިއްޔަ ވިއްކަން.

wpDiscuz