މިފަހަރުވެސް މޮޅުވީ ހަމަ ލަންދޫ ޓީމް 

landhu-vs-Miladhu (2)

ފަހަކަށް އައިސް ނ. އަތޮޅުގެ ފުޓްބޯޅައިގެ ބޮޑު ދެބާރުންގެ ގޮތުގައި ބެލެވޭ ލަންދޫ އާއި މިލަދޫ މިއަދު ބައްދަލްކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ލަންދޫފުޓްބޯޅަ ޓީމް ( 5:30 )އިން ކާމިޔާބުކޮށްފިއެވެ.

ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅެވުނު މި މެޗް ލަންދޫ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ. ލަންދޫ 5:30 އިން ޖެހި 3 ލަނޑުގެ ތެރެއިން 2 ލަނޑު ޖަހައިދީފައިވަނީ ލަންދޫ ޓީމުގެ ހުނަރުވެރި ފޯޯވާޑް މުހައްމަދު ސަމާޙް ( ސަމައްޓޭ ) އެވެ. ލަންދޫ ޓީމުގެ އަނެއް ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ލަންދޫ ޓީީމުގެ ފަހަތަށް ކުޅެމުން އަންނަ ހުޝިޔާރު މޭންމާކަރ އަޙްމަދު ޝިމާލް ( ސިމައްޓޭ ) އެވެ.

landhu-vs-Miladhu (1)

ދެޓީމުގެ ފަރާތުންވެސް ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ މިއަދުގެ މެޗުގައި މިލަދޫ ޓީމުން ކާމިޔާބު ކުރިި ދެގޯލްގެ އިތުރުން ލަނޑު ޖަހާނެ ހުސް ފުރުޞަތުތަކެއް އެޓީމަށް ލިބިގެން ގޮސްފައި ވެއެވެ.

މިއަދުގެ މެޗުގައި ލަންދޫ ޓީމުގެ މިޑްފީލްޑަރ އަޙްމަދު އިނާޒް ( އަޕީ ) މިލަދޫ ޓިމުގެ ފޯވާޑަށް ކުޅުނު މާއްޓޭ އަށް ކުރި ނުރައްކާތެރި ފައުލްއަކާއި ގުޅިގެން މިއަދުގެ ރެފްރީ ހުސެއިން ޖަވާދު (ޖަވާ ) ވަނީ ސީދާ ރަތްކާޑެއް އަޕީއަށް ދަށްކާފައެވެ. އަޕީގެ މިފައުލާއި ގުޅިގެން ދެޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ހަމަ ނުޖެހުމެއް ހިނގިނަމަވެސް މާބޮޑުކަންތައް ގަޑަކަށް ނުވަނީސް އެކަންތައް ވަނީ ހައްލުކުރެވިއެވެ.

މިއަދުގެ މެޗަކީ ލަންދޫ ފަސްގަނޑުގައި މިލަދޫ ޓީމެއް ޖެހިޖެހިގެން ބަލިވި 3 ވަނަ ފަހަރެވެ. މިދިޔަ އަހަރު މިލަދޫ ޓީމަކާއި ދެކޮޅަށް މެޗެއް ކުޅެފައި ނުވާއިރު 2013 ވަނަ އަހަރު އެކުވެރި ކަމުގެ ދެމެޗް ކުޅެވި މިލަދޫ ޓީމްވަނީ ބޮޑު ތަފާތަކުން ބަލިވެއެވެ، އެ ދެމެޗާއި އަޅާބަލާއިރު މިއަދުގެ މެޗުގައި މިލަދޫ ޓިމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ޕްރެކްޓިސް ދެ ވަނަ މެޗް މާފަރާއި ދެކޮޅަށް

ޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމު ލަންދޫގެ ޕްރެކްޓިސް 2 ވަނަ މެޗް މާފަރު ފުޓްބޯޅަ ޓީމާއި …

ޚިޔާލެއްދެއްވާ

avatar
wpDiscuz